ނޫ ގާނޫނުއަސާސީގެ ދަށުން ފުލުހުން ހިފެހެއްޓި ފައިސާތަކެއް ހޯދަން ކުރި މަސައްކަތް ނާކާމިޔާބު

ނޫ ގާނޫނުއަސާސީގެ ދަށުން ފުލުހުން ހިފެހެއްޓި ފައިސާތަކެއް ހޯދަން ކުރި މަސައްކަތް ނާކާމިޔާބު

ކުރީގައި އަމަލުކުރަމުން އައި ނޫ ގާނޫނުއަސާސީގެ ދަށުން ފުލުހުން ހިފެހެއްޓި ފައިސާތަކެއް ހޯދުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި ވެސް ނާކާމިޔާބުވެއްޖެ އެވެ.

މި ދައުވާއަކީ ނޮވެމްބަރު 8، 1999، ގައި ކޫލް މޯލްޑިވްސް އާއި އޭއޭއޭ ކިޔާ ކުންފުންޏަކާ ދެމެދު ވީ އެއްބައްވުމެއް ހައްލު ކުރުމަށް ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހަޅައިގެން އުޅުމުގެ ތެރޭގައި އުފަންވި މައްސަލައެކެެވެ. ޑިފެންސް މިނިސްޓްރީގެ ދަށުގައި އޮތް ފުލުހަށް އޭރު މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސޯސްވެސް ލިބިގެންވެ އެވެ.

އެގޮތުން ކޫލް މޯލްޑިވްސްއިން އޭއޭއޭއަށް ބާޖެއް ކުއްޔަށް ދޫކޮށްގެން ލިބެން ޖެހޭ ފައިސާ ހޯދުމަށް ފުލުހަށް ދިއުމުން އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށް އޭއޭއޭ އަތުން ދެލައްކަ އަށްޑިހަ ފަސްހާސް ރުފިޔާގެ ސެކިއުރިޓީ ޑިޕޮސިޓެއް ފުލުހުން ނެގި އެވެ.

އޭރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން ފުލުހުން ނެގި ފައިސާ ހޯދުމަށް އޭއޭއޭއިން 2015 ވަނަ އަހަރު ސިވިލް ކޯޓަށް ދިޔައީ އެދެމެދުގައި ހޭދަވި 13 އަހަރަށްވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ ހަލައްކަ ހަތްދިހަ ދެ ހާސް ރުފިޔާ ނަގައިދިނުމަށް އެދި އެވެ. ނަމަވެސް ސިވިލް ކޯޓުން އެ ބަދަލު ނަގައި ނުދެވޭނެ ކަމަށް ކަނޑައެޅީ އެ ފައިސާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ނުވާތީ އެވެ.

މެއި 25، 2000 ވަނަ އަހަރު ކޫލް މޯލްޑިވްސްއިން، އޭއޭއޭ ކުންފުންޏަށް ދޫކުރި ބާޖަށްވާ ހަތްލައްކަ ފަންސާސް ހަތް ހާސް ރުފިޔާ ހޯދުމަށް ސިވިލް ކޯޓުގައި އެދުމުން، އެ ކޯޓުން ކުރި ހުކުމުގައި އޮތީ އޭއޭއޭއިން ފުލުހުންގެ އިދާރާގައި ބެހެއްޓި ސެކިއުރިޓީ ޑިޕޮސިޓްގެ އަދަދު އުނި ކުރުމަށްފަހު ހަތަރުލައްކަ ހަތްދިހަ ދެ ހާސް ރުފިޔާ އެ ކުންފުންޏަށް ދައްކާ ހަލާސްކުރުމަށެވެ. ފުލުހުންގެ އިދާރާއިން އެ ފައިސާ އޭއޭއޭ ކުންފުންޏަށް ދެއްކުމަށްޓަަކައި ހަވާލުކުރީ ކޫލްމޯލްޑިވްސް ކުންފުންޏާ އެވެ.

އެހެންވެ އޭއޭއޭއިން ފުލުހުންނާ ދެކޮޅަށް ކުރި ދައުވާގައި ހޯދަން އެދުނު ފައިސާ، ޑިފެެންސް މިނިސްޓްރީ މެދުވެރިކޮށް ކޫލް މޯލްޑިވްސްއާ ހަވާލުކުރެވިފައިވާތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން އޭރު ނިންމި އެވެ. އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ސިވިލް ކޯޓުގައި ކުރި އެ ދައުވާ ފުލުހުންނާ ދެކޮޅަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ހައިކޯޓުން ވެސް ނިންމި އެވެ. ހައިކޯޓުން ބުނެފައި ވަނީ އެ ފައިސާ ހޯދުމަށް ދައުވާ ކުރަން ޖެހޭނީ ކޫލް މޯލްޑިވްސް ކުންފުނީގެ މައްޗަށް ކަމަށެވެ.

އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން އޭއޭއޭއިން ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރީ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓި ފައިސާއިން ދައުލަތަށް ނުހައްގު މުއްސަނދިކަމެއް ލިބިފައިވާ ކަމަށް ބުނެ އެވެ.

އަދި ހައިކޯޓުގެ ނިންމުމުން ފުލުހުންނާއި، އޭއޭއޭއާ ދެމެދު ވީ އެއްބަސްވުމުގެ ދަށުން އުފަންވި ދެބަސްވުމަށް ހައްލެއް ނުލިބުނު ކަމަށް ބުނެ އެވެ.

ނަމަވެސް ސުޕްރީމް ކޯޓުން، ބެންޗުގައި ހިމެނިވަޑައިގަންނަވާ އެހެން ފަނޑިޔާރުންގެ ތާއީދާ އެކު، ޑރ. މުހައްމަދު އިބްރާހިމް އިއްވެވި ހުކުމްގައި ވަނީ ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ކަނޑައަޅުއްވާ އެ މައްސަލަ ނިންމަވާފަ އެވެ.

"...ދައުލަތުގެ ބެލުމުގެ ދަށުގައި ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ 08 ނޮވެންބަރު 1999 އިން 01 ސެޕްޓެންބަރު 2014 އަށް ބަހައްޓާފައިވާ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނި ކަމުގައިވިޔަސް އެއީ ހަގީގަތެއް ނޫން ކަމާއި، އެ ފައިސާ ދައުލަތުގެ ބެލުމުގެ ދަށުގައި ނެތްކަން މަދަނީ ކޯޓުގެ ނަންބަރު 2000/MC/1026 ގަޒިއްޔާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ބޭލުމުން އެނގެ އެވެ." ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމްގެ ރައުޔުގައި ވިދާޅުވި އެވެ.

އެެހެންވެ ސުޕްރީމް ކޯޓުން ނިންމީ އެ މައްސަލާގައި ދައުލަތުގެ މައްޗަށް ދައުވާ ކުރުމުގެ ހައިސިއްޔަތެއް އެ ކުންފުންޏަށް ލިބިގެން ނުވާ ކަމަށެވެ. އަދި 13 އަހަރަށްފަހު އެ ފައިސާ ހޯދުމަށް ވަކާލާތު ކުރުމުގެ ޖާގައެއް އޮތް ކަމުގައި ގަބޫލުނުކުރައްވާ ކަމަށް ވެސް ފަނޑިޔާރު ހުކުމުގައި ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox