އެސްޓީއޯ ޕީޕަލްސް ޗޮއިސް އެޖެންޓުކަން 136 ވިޔަފާރިއަކަށް

އެސްޓީއޯ ޕީޕަލްސް ޗޮއިސް އެޖެންޓުކަމުގެ ލިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެސްޓީއޯއިން މިކަން ފެށީ 136 އެޖެންޓުންނާ އެކީ. -- ފޮޓޯ: އަބްދުﷲ އިޔާން

އެސްޓީއޯ ޕީޕަލްސް ޗޮއިސް އެޖެންޓުކަމުގެ ލިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެސްޓީއޯއިން މިކަން ފެށީ 136 އެޖެންޓުންނާ އެކީ. -- ފޮޓޯ: އަބްދުﷲ އިޔާން

އެސްޓީއޯއިން ރާއްޖެއަށް އެތެރެކުރާ މުދާ ރަށްރަށުގައި ވިއްކަން ޕީޕަލްސް ޗޮއިސް އެޖެންޓުން އެ ކުންފުނިން ތައާރަފުކޮށްފި އެވެ.

މިއީ އެ ކުންފުނީގެ ކާޑު އެޖެންޓުންނާއި ކޮންސްޓްރަކްޝަން އެޖެންޓުން މޮޑެލްއާ އެއްގޮތަށް ފަރުމާކުރެވިފައިވާ ވިޔަފާރި މޮޑެލްއެކެވެ. މި މޮޑެލްގެ ދަށުން އެޖެންޓުކަން ނަގާ ވިޔަފާރިތަކަށް އެސްޓީއޯއިން ވިއްކާ މުދާ ރަށްރަށުގައި ވިއްކުމުގެ މަގުފަހި ވެގެން ދާނެ އެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި 136 ވިޔަފާރިއަކަށް އެޖެންޓުކަމުގެ ލިޔުން ހަވާލުކޮށްފައިވާއިރު، އެސްޓީއޯއިން ބުނީ މިކަމަށް ވިޔަފާރިވެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އަދިވެސް އެޖެންޓުކަން ބޭނުންވާ ބަޔަކަށް އެ ފުރުސަތު އެބައޮތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެގޮތުން މިހާރު ވެސް އެސްޓީއޯގެ ކާޑު ނޫނީ ކޮންސްޓްރަކްޝަން އެޖެންޓުންގެ ގޮތުގައި ތިބި ވިޔަފާރިތަކަށް ވެސް އެ ފުރުސަތު އެބައޮތެވެ.

ދސަ
ދސަ

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާން ޕީޕަލްސް ޗޮއިސް އެޖެންޓުކަމުގެ ލިޔުން ހަވާލުކުރަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މިއީ އެސްޓީއޯއިން ވިޔަފާރިކުރާ ގޮތް ބަދަލުކޮށް، ހުރިހާ ރަށެއްގައި ގާއިމުވުމުގެ ބަދަލުގައި އެ ރަށްރަށުގެ ކުދި ވިޔަފާރިތަކާ ގުޅިގެން އެސްޓީއޯގެ މުދަލާއި ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި އެސްޓީއޯއިން ފެށި ކަމެކެވެ.

އަދި، ކާޑު އެޖެންޓުންނާއި ކޮންސްޓްރަކްޝަން އެޖެންޓުންގެ ކާމިޔާބީއަށް ބަލާއިރު، ޕީޕަލްސް ޗޮއިސް އެޖެންޓުކަން ވެސް ކާމިޔާބު ވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox