މާލީ ބައިވެރިވުން ދެނެގަންނަން އެމްއެމްއޭއިން ދިރާސާއެއް ކުރަނީ

މާލީ ބައިވެރިވުން ދެނެގަންނަން އެމްއެމްއޭއިން ދިރާސާއެއް ކުރަނީ

ދިވެހިރާއްޖޭގައި މާލީ ބައިވެރިވުން (ފައިނޭންޝަލް އިންކްލޫޝަން) އޮތް މިންވަރު ދެނެގަތުމުގެ މަގުސަދުގައި މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދިރާސާއެއް ކުރަން ނިންމައިފި އެވެ.

މި މަސައްކަތަކީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރަން އެމްއެމްއޭއިން ފަށާފައިވާ މަސައްކަތުގެ ދަށުން ކުރެވޭ ކަމެކެވެ. އަދި މި ދިރާސާ ބޭނުންކުރެވިގެން ދާނީ "ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ" އެކުލަވާލުމަށެވެ.

އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި ފައިނޭންޝަލް އިންކްލޫޝަން ސާވޭއިން ލިބޭ މައުލޫމާތުން ރާއްޖޭގެ މާލީ ބައިވެރިވުން އޮތް މިންވަރު ދެނެގަތުމުގެ އިތުރުން، މާލީ ހިދުމަތްތަކަށް ހޭލުންތެރިކަން ހުރި މިންވަރު ދެނެގަނެވޭނެ އެވެ. ހަމައެހެންމެ މާލީ ބައިވެރިވުމަށް ހުރި ގޮންޖެހުންތައް ވެސް ދެނެގަނެވޭނެ އެވެ.

ފައިނޭންޝަލް އިންކްލޫޝަން ސާވޭ އޮންނާނީ މި މަހުގެ ފުރަތަމަ ހަފުތާއިން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށެވެ. މި ސާވޭ ކުރިޔަށް ގެންދާނީ ތަރުތީބެއް ނެތި ހޮވާލެވޭ 63 ރަށަކުން، 1500 މީހުން ބައިވެރިކޮށްގެނެވެ.

މި ދިރާސާ ކުރިޔަށް ގެންދާނީ އެފްޖޭއެސް ކޮންސަލްޓިން ޕްރިއިވެޓް ލިމިޓެޑުންނެވެ. އެފްޖޭއެސް އަކީ މިފަދަ ދިރާސާތައް ކުރުމުގެ ފަންނާއި ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ.

އެމްއެމްއޭއިން ބުނީ މި ދިރާސާގައި މާލީ ބައިވެރިވުން އޮތް މިންވަރު ދެނެގަންނާނީ ތިން ގޮތަކުން ކަމަށެވެ. އެއީ މާލީ ހިދުމަތްތަކަށް ހުރި "އެކްސެސް" ނުވަތަ މާލީ އިދާރާތަކުގެ ހިދުމަތްތައް ހޯދާ ގޮތާއި، "ޔޫސޭޖު" ނުވަތަ މާލީ ހިދުމަތްތައް ބޭނުންކުރާ މިންވަރާއި، "ކޮލިޓީ" ނުވަތަ ހިދުމަތް ހޯދާ މީހުންގެ ތަޖުރިބާ އެވެ.

މި ދިރާސާ ނިމުމުން މާލީ ހިދުމަތްތައް ހޯދަން ހުރި ގޮންޖެހުންތަކާ އެކު، މާލީ ހިދުމަތްތައް ނުހޯދާ މީހުން އެ ހިދުމަތް ނުހޯދާ ސަބަބު ދެނެގަނެވޭނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އެމްއެމްއޭން ވަނީ މި ދިރާސާގެ ހޯދުންތައް ކަށަވަރު ކުރަން ދިރާސާއަށް ހޮވޭ މީހުން މި މަސައްކަތަށް އެއްބާރުލުން ދޭން އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox