ޓްރީޓް ނުކޮށް މޫދަށް ނަޖިސް ބޭރުކުރުމުން ވާނެ ގޮތް މިހާރު އެނގެންވާނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ޓްރީޓްނުކޮށް މޫދަށް ނަޖިސް ބޭރުކުރުމާ އެމަނިކުފާނު ދެކޮޅު. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ޓްރީޓްނުކޮށް މޫދަށް ނަޖިސް ބޭރުކުރުމާ އެމަނިކުފާނު ދެކޮޅު. ފޮޓޯ: މަޖިލީހުގެ އިދާރާ

ކުރިއަށް އޮތް ތިން ހަތަރު އަހަރެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކުން ކަނޑަށް ނަޖިސް ބޭރުވާނެ ކަމަށާއި އެއީ ޓްރީޓްނުކުރާ ނަޖިހަށް ވެއްޖެ ނަމަ އެކަމުން ނުކުންނާނެ ނަތީޖާ (ސަރުކާރަށް) މިހާރު އެނގެންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފެނާއި ނަރުދަމާގެ ގާނޫނަށް ބަދަލުތަކެއް ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި މެމްބަރުންނަށް ފުރުސަތު ދެއްވުމުގެ ކުރިން އެމަނިކުފާނު ވިދާޅުވީ ކަނޑަށް ބޭރުކުރާ ނަޖިސް ޓްރީޓްކުރުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށެވެ. އެގޮތަށް ކަންތައް ނުކުރާ ނަމަ މަސްވެރިކަމަށް ބަދަލުތައް އަންނާނެ ކަަމަަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމުން ފަރުތަކަށް އަންނާނެ ބަދަލަކީ ވެސް މިހާރު އެނގެންވާނެ ކަމެއް ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއީ މާލެއަށް ދިމާވެފައި މިއޮތް ގޮތުން، އަޅުގަނޑުމެނަށް މިހާރު އެކަން ތަސައްވަރުކުރެވި، އެކަމާ ގުޅޭ ގޮތުން ވިސްނުން ގެންގުޅެން އެނގެންވާނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

Advertisement

ފެނާއި ނަރުދަމާގެ ނިޒާމުގެ ގާނޫނަށް ބަދަލުގެންނަން ސަރުކާރުގެ ފަރާތުން މަތިވެެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ހުށަހެޅުއްވި ބިލުގައިވާ މުހިންމު އެއް ކަމަކީ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރަން ބޭނުންކުރާ ސާމާނު ޓެސްޓްކޮށް ސެޓިފައިކުރާނެ ގަވައިދެއް ހަދަން ކަމާ ބެހޭ އިދާރާތަކަށް ލާޒިމުކުރުމެވެ. ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކުރުމާއި އެނިޒާމުތަކުން ހިދުމަތްދޭނެ މިންގަނޑުތަކެއް އެކުލަވައިލަން ވެސް އެބިލުގައި އެބަ އޮތެވެ.

އެ ބިލުގައި ހުރި ގިނަ ކަންތައްތަކަކީ އެހެން ނަމަވެސް، މައިގަނޑު ގޮތެއްގައި އިދާރީ ބަދަލުތަކެކެވެ.

މިހާތަނަށް ކޮށްފައިވާ ތިމާވެށީގެ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ޓްރީޓްނުކުރާ ނަަޖިސް ކޯރުތަކާއި ކަނޑުތަކަށް ބޭރުކުރުމުން ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ ފެނުގެ ފިނިހޫމުނިން މައްޗަށް ދިއުމެވެ. އެއީ ކޯރެއްގައި ނުވަތަ މޫދުގައިވާ ދިރުންތަކަށް އޭގެ ނުބައި އަސަރުކުރާނެ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox