ދިވެހި ޕްރިމިއާ ލީގުގެ އާ ފޯމެޓް ފުރިހަމަވާން ވަގުތު ނަގާނެ

ދިވެހި ޕްރިމިއާ ލީގުގެ ލޯގޯ ލޯންޗްކުރަން ބޭއްވި އިވެންޓްގައި ލީގުގެ ކޮންސަލްޓަންޓް މުހައްމަދު (ކ) އާއި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޖަވާ މީޑިއާ އަށް ސެޝަނެއް ބާއްވަނީ.-- ފޮޓޯ: އަބްުދުﷲ އިޔާން/ އަދަދު

ދިވެހި ޕްރިމިއާ ލީގުގެ ލޯގޯ ލޯންޗްކުރަން ބޭއްވި އިވެންޓްގައި ލީގުގެ ކޮންސަލްޓަންޓް މުހައްމަދު (ކ) އާއި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޖަވާ މީޑިއާ އަށް ސެޝަނެއް ބާއްވަނީ.-- ފޮޓޯ: އަބްުދުﷲ އިޔާން/ އަދަދު

މުޅި ރާއްޖެ އަށް ހުޅުވާލައިގެން 2023/2024 ވަނަ އަހަރު ފަށަން ނިންމާފައިވާ ދިވެހި ޕްރިމިއާ ލީގުގެ ފޯމެޓްގައި ހުރި ހުރިހާ ކަމެއް ފުރިހަމަވާން ދެ ތިން ސީޒަނެއް ނަގާނެ ކަމަށް ލީގުގެ ކޮންސަލްޓަންޓް މުހައްމަދު އާދަމް ބުނެފި އެވެ.

އެފްއޭއެމުން 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ފުޅާކުރާއިރު، ރާއްޖެ ބެހިގެންދާނީ ހަަތަރު ޒޯން ލީގަކަށެވެ. ޒޯން އެކެއް ނުވަތަ ނޯތު ޒޯން ލީގުގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އެވެ. ޒޯން ދޭއް ނޫނީ ސެންޓްރަލް ޒޯން ލީގުގައި އޮތީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ޒޯން ތިނެއް ނޫނީ ސައުތު ޒޯން ލީގުގައި އޮތީ ތ، ލ، ގއ، ގދ، ޏ، ސ އެވެ. އަދި ޒޯން ހަތަރަކީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަން ނޫނީ މާލޭ ލީގަށެވެ. މި ލީގުގައި ހިމެނޭނީ މާލެ، ހުޅުމާލެ، ވިލިމާލޭގެ ޓީމުތަކެވެ.

މި މަހު ހަތް ވަނަ ދުވަހުގެ ނިޔަލަށް 2023/24 ލީގުގެ ކޮލިފިކޭޝަނުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު، އެކަށީގެންވާ ތަރުހީބެއް ލިބިގެންދިޔަ އެވެ. އެ ގޮތުން 53 ރަށުން 61 ޓީމު ވަނީ ބައިވެރިވެފަ އެވެ. ދިވެހި ޕްރިމިއާ ލީގުގެ 2023/24 ގައި ފަށާއިރު، އޮންނާނީ މިހާރު ފުރަތަމަ ޑިވިޝަނުގެ އަށް ޓީމާއި ހުރިހާ ޒޯން ލީގުގެ ޗެމްޕިއަނުންނެވެ. މާލެ ޒޯންގެ ޗެމްޕިއަނެއްގެ ގޮތުގައި ކަނޑައަޅާނީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ދިވެހި ޕްރިމިއާ ލީގުގެ 2023/24 ވަނަ އަހަރުގެ މުބާރާތުގެ ލޯގޯ ލޯންޗް ކުރުމަށް ފަހު މީޑިއާ އަށް ބޭއްވި އިންޓަވިއު ސެޝަނެއްގައި މުހައްމަދު ބުނީ ލީގުގެ ފޯމެޓާ ބެހޭގޮތުން އެކިއެކި ވާހަކަ ދައްކާ މީހުންނަށް ތަފާތު ގޮތްގޮތަށް ވާހަކަ ދެއްކިދާނެ ކަމަށެވެ. ފޯމެޓެއް ހަދާފައި ދޫކޮށްލަން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާ އެކުގައިކަން ފާހަގަކޮށް، މުހައްމަދު ބުނީ މިހާރު އެކުލަވާލާފައި އޮތް ފޯމެޓް ފުރިހަމަވާން ދެ ސީޒަނެއް ނޫނީ ތިން ސީޒަނެއް ވަރު ނަގާނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ރީތިކޮށް މިކަން ކުރެވޭނެ ގޮތެއް. ރީތިކޮށް ކުރުމޭ މި ބުނަނީ. މިހާރު މި އޮތް އަށް ޓީމަކީ މިވީހާ ދުވަހު ފުޓްބޯޅަ އަށް ހަރަދުކޮށްގެން ކުރިއަރުވަން މަސައްކަތް ކުރި ބައެއް. މިއަދު ހުރިހާ ޒޯންތަކުން ހަމަހަމަ އަށް ޓީމުތައް ގެންނަން އަޅުގަނޑުމެން ވިސްނާފައި އެ މީހުން ބޭރުކޮށްލުމަކީ އިންސާފެއްތޯއޭ. އެއީ ފޯމެޓް ރޭވިިއިރު ފުރަތަމަ ސުވާލު،" މީގެ ކުރިން އެފްއޭއެމްގެ އަތޮޅު މުބާރާތް ހިންގުމުގައި ވެސް އިސް ދައުރެއް އަދާކުރި މުހައްމަދު ބުންޏެވެ.

"ދެ ވަނަ ކަމަކީ ހަމަހަމަ އަށް (ޒޯން ލީގުތަކުން) ޓީމު ގެނެސްފިއްޔާ ލީގުގެ ފެންވަރަށް ވާނީ ކިހިނެއްތޯއޭ. މީތި ފުރިހަމަ ކުރަން ދެ ސީޒަނެއް ތިން ސީޒަނެއް ނަގާނެ. މި ފޯމެޓަކީ (ރަނގަޅު ކަންކަން ބަލާފައި) ބަދަލު ނުކުރާނެ އެއްޗެއް ނޫން. މި ބަދަލުކުރާނީ ކުރިއަށް ގެންދާ ވަރަކަށް ލިބޭ ތަޖުރިބާ އަށް ބަލާފައި،"

ދިވެހި ޕްރިމިއާ ލީގުގެ ލޯގޯ ލޯންްޗްކުރަން ބޭއްވި އިވެންޓަށް ފަހު ބޭއްވި އިންޓަވިއު ސެޝަންގެ ތެރެއިން މުހައްމަދު ވާހަކަ ދައްކަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މުހައްމަދު ބުނީ 2023/24 ގައި ދިވެހި ޕްރިމިއާ ލީގު ފަށާއިރު، ހަތަރު ޒޯނުގައި ކުޅެމުންދާނީ އެއް ސިސްޓަމަކަށް ކަމަށެެވެ. ލީގު ފޯމެޓް ހަދައިގެން މި އުޅެނީ "ނިދާހޭލާއިރަށް އެންމެ ފުރިހަމަކޮށް އޮތް ސިސްޓަމެއް ރާވައިގެން" ނޫން ކަމަށާއި މިއީ ވަރަށް ދުރާލާ ވިސްނައިގެން ޓީމުތަކަށް ދިމާވާ ދަތިތަކަކަށް ވެސް ނަޒަރު ހިންގައިގެން ހަދާފައިވާ ފޯމެޓެއް ކަމަށް މުހައްމަދު ވަނީ ބުނެފަ އެވެ.

"އަޅުގަނޑުމެންނަށް މިހާރު ކުރެވޭނީ އެސްޓިމޭޓެއް ކަންނޭނގެ އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި މިދިޔަ ޕްރިމިއާ ލީގުގައި ކަންތައްތައް ހިނގާފައި އިންގޮތުން އަޅުގަނޑުމެންގެ ކުރިއަށް އޮތް ދެތިން ލީގެއް ނިމޭއިރު އަޅުގަނޑަށް ޝައްކު ޕްރިމިއާ ލީގަށް މިލާ (މިހާރު އޮތް) އަށް ޓީމު އޮތުން،" މުހައްމަދު ބުންޏެވެ.

މީގެ ތިން ލީގު ހަތަރު ލީގު ނިމޭއިރު، އޮވެދާނެ ނޯތު ލީގުގެ ތިން ޓީމު ވެސް. ސެންޓްރަލް ލީގުގެ ދެ ޓީމު، ނޫނީ ސައުތު ލީގުގެ ހަތަރު ޓީމު ވެސް. ލީގު މިހެން ފެށިޔަސް މީގެ ހަގީގީ ރީތިކަމާއި ފޮނިކަން ފެންނާނީ ހަތަރު ވަރަކަށް ލީގު ނިމުނީމަ - މުހައްމަދު

ދިވެހި ޕްރިމިއާ ލީގުގެ ފޯމެޓް އެކުލަވާލި ކޮމިޓީގައި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ)، ކްލަބް ލައިސަންސިން ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ އަބްދުﷲ ޝިބާއު (ޝިބާ)، ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން، ޔުނައިޓެޑް ވިކްޓްރީގެ ކޯޗު އަދި އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލް ގަނީ (ސާންތީ)، ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)، ރެފްރީސް ޑިޕާޓްމަންޓްގެ އިސް ފަރާތް، މުހައްމަދު އަމީޒް ހިމެނެ އެވެ.

ރަށަކުން އެއް ޓީމު ހެދީ ފޯރި އަށް ބަލާފައި

ދިވެހި ޕްރިމިއާ ލީގުގެ އާ ފޯމެޓްގައިވާ ގޮތުން ރަށެއް ތަމްސީލްކުރަން ފަހަރަކު ފުރުސަތު ލިބެން އޮތީ އެއް ޓީމަކަށެވެ. އެއް ރަށުން އެއް ޓީމަށް ވުރެ ގިނަ ޓީމު ބައިވެެރިވެއްޖެނަމަ އެ ރަށެއްގެ މެދުގައި އޯޕަން ޑިވިޝަން ރައުންޑެއް ކުޅެފައި ރަށް ތަމްސީލްކުރުމުގެ ފުރުސަތު ލިބޭނީ އެއް ޓީމަކަށެވެ.

މުހައްމަދު ބުނީ އޯޕަން ޑިވިޝަން މިހާރު އޮތްގޮތަށް އެ އޮތީ ފޯރި އަށް ވިސްނާފައި ކަމަށެވެ.

"މިސާލަކަށް އާބާދީގައި 500 މީހުން ހުއްޓައި، އެއް ރަށުން ދެ ތިން ހަތަރު ޓީމުން އައިސް ކުޅެން ފަށައިފިއްޔާ އަސްލު ވެސް ރަށުގައި ބޭނުންވާ ފޯރި ކުޑަވެގެންދާނެ. އެއީ މިހާރު ރާއްޖޭގެ ފުޓްބޯޅައިގައި ވެސް ދިމާވާ އެއް މައްސަލަ،" މުހައްމަދު ބުންޏެވެ.

ފޯމެޓް އޮތްގޮތުން އެއް ރަށަކުން ތިން ޓީމަށް ވުރެ މަދުވެއްޖެނަމަ ކުޅެނީ ދެ ރައުންޑް (ދެ ލެގު) އެވެ. އެކަމަކު، ތިން ޓީމަށް ވުރެ ގިނަވެއްޖިއްޔާ ލީގު ބުރެއް ގޮތަށް އެއް ރައުންޑް ކުޅެން ޖެހޭނެ އެވެ.

"މި އަހަރު ރަށަކުން ޓީމެއް ގެނެސްގެން އެކަން މި ކުރަނީ. މިސާލަކަށް މި އަންނަ އަހަރު ސިޓީގެ ދަރަޖަ ދީފައި އިން ޓީމުތަކަށް އަވަށްތަކުގެ ނަމުގައި ބައިވެރިވެވޭ ގޮތް ވެސް ހެދިދާނެ. ދެން ހެދިދާނެ ރަށަކުން އެއް ޓީމަށް ވުރެ ގިނަ ޓީމު ބައިވެެރިވެގެން ވެސް އާދެވޭ ގޮތަށް،" ފޯމެޓަށް އަތުވެދާނެ ބަދަލަކަށް އިޝާރާތްކޮށް މުހައްމަދު ބުންޏެވެ.

ފޯމެޓުގައި ކޮންމެ ޒޯން ލީގެއްގައި ތިން ޑިވިޝަން ކުޅޭގޮތަށް އިން ކަމުގައި ވިޔަސް ޒޯނަކުން ބައިވެރިވާ ޓީމުތަކުގެ އަދަދަށް ބަލާފައި ބަދަލުތަކެއް އަންނާނެ އެވެ. މި ފަހަރު ބައިވެރިވެފައި ހުރި ޓީމުތަކަށް ބަލާއިރު މާލެ ނޫން ޒޯން ލީގުތަކުގައި ފަށަން ޖެހެނީ ދެ ވަނަ ޑިވިޝަނުންނެވެ.

މުހައްމަދު ބުނީ ޓޯނަމެންޓް ކޮމިޓީގައި މި ޓީމުތައް ޑިވިޝަނަށް ބެހުމުގެ ކަންކަމާއި ހަރަދު ކުޑަކުރުމުގެ ގޮތުން ސެންޓްރަލައިޒްކޮށް ކުޅެން ޖެހޭގޮތަށް ހެދުމަށް ވިސްނާފައިވާ ކަމަށެވެ. އެ ގޮތަށް ނިންމާއިރު ގްރޫޕް ބަހާނެ ގޮތެއް ނިންމުމުގެ މަޝްވަރާތައް މިހާރު އަންނަނީ ކުރެވެމުންނެވެ.

"ހަފްތާއެއްގެ ތެރޭގައި ފުރިހަމަ ކަލަންޑަރެއް ވެސް ނެރެދޭނަން. މާލޭ ޒޯންގައި އެއްވެސް މައްސަލައެއް ދިމާނުވާނެ. 2023/24 ވަނަ އަހަރުގެ ޕްރިމިއާ ލީގަށް ޓީމެއް ވަދެފިއްޔާ ދެން އެ ޓީމަކު ލީގުން ވަކިވާނެ އޮންނާނީ އެންމެ އުސޫލެއް އެއީ ރެލިގޭޝަން ކުޅެގެން. އެއީ ހުރިހާ ޓީމަކަށް ވެސް އޮންނާނެ އުސޫލު" މުހައްމަދު ބުންޏެވެ.

ސެންޓްރަލައިޒްކޮށް މެޗުތައް ހޯސްޓްކުރާނެ ރަށްތަށް ކަނޑައަޅާނީ ބިޑް އުސޫލުން ވަކި ކަންތައްތަކަކަށް ބެލުމަށް ފަހު އެވެ.

ލީގުގެ ލޯގޯ ލޯންޗްކުރަން ބޭއްވި އިވެންޓްގެ ތެރެއިން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޖަވާ ވާހަކަ ދައްކަަވަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ އާ ފޯމެޓާ އެކު އެ ހުޅުވިގެންދަނީ އަތޮޅުތަކުގެ ޓީމުތަކާއި މާލޭގައި މި ވަގުުތު މި އޮތް ފުރަތަމަ ޑިވިޝަން ޓީމުތައް "އެއް ހަމަޔަކުން ގުނޭނެ" ގޮތެއް ކަމަށެވެ.

"އަޅުގަނޑުމެން މި ހުޅުވާލަދެނީ ހަގީގަތުގައި އަތޮޅުތަކަށް ވެސް މާލެ އަށް ވެސް ހަމަހަމަ ފުރުސަތެއް. ކުއްލިއަކަށް ފޯމެޓެއް އައިސްފައި ލޯގޯއެއް އައީކީއެއް ނޫން. ފުޓްބޯޅައިގެ ތެރޭގައި ތިބި އެތައް ބަޔަކާ އެކީ މަޝްވަރާކުރެވިގެން އައި ފޯމެޓެއް. މި ފޯމެޓާ މެދު ވާހަކަ ދެކެވި، މި ފޯމެޓަށް ވެސް ބަދަލު އައުން އެކަށީގެންވޭ. ވިސްނުމަކީ ހަމަހަމަ ފުރުސަތުތަކެއް ލިބިގެންދިއުން،" ޖަވާ ވިދާޅުވި އެވެ.

ފުޓްބޯޅަ އަށް ބޭނުންވާ މުހިންމު ބަދަލުތައް ގެންނައިރު، ކުރިން ފުޓްބޯޅައިގެ އެކި މަގާމުތަކުގައި މަސައްކަތްކުރި މީހުން ކުރި ގޮތަށް މިހާރު ނުކޮށްފާނެ ކަމަށާއި ކަންކަން ކުރުމުގައި މަޝްވަރާގެ އުސޫލު އިސްކޮށް، ރަނގަޅު ގޮތް ހޯދުމުގެ ކަންކަން އަބަދުވެސް ކުރެވޭ ކަމަށް ޖަވާ ވިދާޅުވި އެވެ.

"މިހެން މަސައްކަތް ކުރާއިރު ހީވެދާނެ ތަންކޮޅެއް ކުރީގައި މަސައްކަތް ކުރި ގޮތަށް، ފެކްސް މެޝިން ކައިރީގައި އިންނައިރު ފެކްސް އައީމަ އެ ކިޔާފައި ގޮތެއް ނިންމަނީއޭ. އެހެނެއް ނޫން. އޭރުގައި އެ ކަމެއް ނުވެ އޮތަސް މިހާރު އަޅުގަނޑުމެން ނެތަސް ބައިވަރު ކަންކަން ކުރެވޭ ގޮތަށް މި އޮންނަނީ. ދުރުރާސްތާ ޕްލޭނެއްގެ ދަށުން ހަމަހަމަ ފުރުސަތެއް ދޭ ގޮތަށް ކުރިއަށް މިދަނީ،" ޖަވާ ވިދާޅުވި އެވެ.

މިހާރު އާންމުކޮށްފައިވާ ޝެޑިއުލްގައިވާ ގޮތުން އަންނަ މަހު 7-14 އަށް ލ. ގަމުގެ އޯޕަން ރައުންޑް އޮންނާނެ އެވެ. ކުނަހަންދޫގެ އޯޕަން ރައުންޑް 18-22 އަށް ތާވަލުކޮށްފައިވާއިރު، ސ. ހިތަދޫ އާއި ސ.ފޭދޫގެ އޯޕަން ރައުންޑް އަންނަ މަހު ފަހު ހަފްތާ ތެރޭ ކުރިއަށްދާނެ އެވެ. ރޯދަ މަސް ނިންމާފައި އަންނަ މެއި މަހު 13-17 އަށް ށ، ނަރުދޫގެ އޯޕަން ރައުންޑް މެޗުތައް އޮންނާނެ އެވެ. އަދި އެ އަށް ފަހު 20-24 އަށް ބ. އެދަފުށީގެ އޯޕަން ރައުންޑް މެޗުތައް ކުރިއަށްދާނެ އެވެ. އޯޕަން ރައުންޑް ކުޅެން ނުޖެހޭ ރަށްތަކުގެ ޝެޑިއުލް ކުރިއަށް އޮތް ހަފްތާ ތެރޭ ފައިނަލް ވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox