ހުލާސާކޮށް އިއްޔެ: ސާލިމު މެރުމަށް ހުކުމް ކުރުން

މަހްމޫދުގެ ގާތިލު ސާލިމު: މަހްމޫދުގެ ފަސް ވާރިސުން ވެސް ބޭނުންވީ އޭނާ މަރަން -- ފޮޓޯ: ފައިލް

މަހްމޫދުގެ ގާތިލު ސާލިމު: މަހްމޫދުގެ ފަސް ވާރިސުން ވެސް ބޭނުންވީ އޭނާ މަރަން -- ފޮޓޯ: ފައިލް

އިންތިހާއަށް އަނިޔާވެރިކޮށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ތޫނުކޮށްފައި އޮތް ދަނގަޑަކުން ހަމަލާދީ މަރާލި ދަނގެތީ ވިޔަފާރިވެރިޔާ މަހްމޫދް އަބޫބަކުރުގެ ގާތިލު ޝާ އަލޮމް މިއާ (ސާލިމް) މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އިއްޔެ އެވެ.

މަހްމޫދް، 57، އަކީ ދަނގެތީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރި، ގިނަ އަދަދެއްގެ ނަގުދު ފައިސާ އަބަދުވެސް އަތުގައި ގެންގުޅުނު މީހެކެވެ. މަހްމޫދު ގެއްލިގެން ހޯދަނިކޮށް ފެނުނީ ފަޅު ގެއެއްގެ ފެންވަޅެއްގެ ތެރޭގައި، މަރާލާފައި އޮއްވަ އެވެ.

ފައިސާގެ ދަހިވެތިކަމުގައި މަހްމޫދު މަރާލިކަން ސާލިމު އެއްބަސްވެ އެވެ. ދަނގެތީގައި ދިރިއުޅޭ އުމުރުން ދުވަސްވެފައި ހުރި މީހަކު ބެލުމަށް ރާއްޖެ ގެނެސް ހުރި ސާލިމު، 29، މެރުމަށް ހުކުމް ކުރީ މަހްމޫދުގެ ހަތް ވާރިސުންގެ އެކަމަށް ބޭނުންވުމުންނެވެ.

މަހްމޫދުގެ ވާރިސުންނަކީ ދަރިން ކަމަށްވާ މަރިޔަމް ނައުމާ އާއި،މަރިޔަމް މިޒްނާ އާއި ފިޒާން އާއި އަހުމަދު ފިރުޝާން އާއި އިބްރާހިމް ފަރުޝާންގެ އިތުރުން މަހުމޫދުގެ އަނިބިމީހާ އަދި މަންމަ އެވެ. އޭނާގެ ބައްޕަ ދުނިޔެއަކު ނެތެވެ.

މަހުމޫދު މަރާލާފައި ވަނީ އޭނާގެ ބޮލަށާއި ކަރަށާއި މެޔަށް ވަޅިއަކާއި، ކޮޅު ތޫނުކޮށްފައިވާ ދަގަނޑެއް ހަރާލައިގެންނެވެ.

މަހްމޫދް ގެއްލިގެން ހޯދަން ނިކުތް ގްރޫޕުގައި ވެސް ސާލިމު ހިމެނެ އެވެ. ފަހުން މަހްމޫދު ފެނި، އޭނާގެ ކަށުނަމާދު ބޭއްވި އިރު ސާލިމަތީ އެ ޖަމާއަތުގެ ބައިވެރިއެކެވެ. އެއިރު ވެސް މީހަކު ސާލިމަށް ޝައްކެއް ނުކުރެ އެވެ.

ސާލިމަށް ފުރަތަމަ ޝައްކު ކުރެވުނީ މަހްމޫދު ގެއްލުނު ރޭ ސާލިމުގެ ގެއިން ޝައްކު ކުރެވޭ ކަހަލަ އަޑުތަކެއް އިވުނު މީހަކު ފަހުން އެވާހަކަ ބުނުމުންނެވެ. އަދި ފުލުހުންގެ ޓީމަށް ގޮސް ސީރިއަސްކޮށް ތަހުގީގު ފެށި ހިސާބުން ސާލިމު ބަދަލުވީ އެންމެ ބޮޑު ސަސްޕެކްޓަށެވެ.

ސާލިމު ދިރިއުޅުނު ގެއިން ހެކި ހޯދުމަށްފަހު އޭނާ ހައްޔަރު ކުރުމާއެކު ކުށަށް އިއުތިރާފްވި އެވެ. ކޯޓުގައި ވެސް ކުށަށް އިއުތިރާފްވެ، މައާފް ކުރުމަށް އެދި ވަރަށް ގަދަޔަށް ކަރުނަ އެޅި އެވެ. ސާލިމު ބުނީ މަހްމޫދު މަރާލީ ޝައިތާނޯގެ ވަސްވާހަށް ހެއްލި، ސިކުނޑިއަށް ވެރިވި އަނިޔާވެރި ވިސްނުމެއްގެ ދަށުން ކަމަށެވެ.

ބައެއް މުހިންމު ހަބަރުތައް

  • ޔޫންރެއިނުގައި 12 ދިވެހިން އަދިވެސް ތާށިވެފައި ތިބި ކަމަށް ދިވެހި ސަރުކާރުން ބުނީ އިއްޔެ އެވެ. އެ ދިވެހިން ތިބީ ކިޔެވް، ޑިނީޕްރޯ އަދި ހާރްކީވްގަ އެވެ. އެއީ ހަނގުރާމަ އެންމެ ގަދަޔަށް ކުރާ ސިޓީތަކުގެ ހިމެނޭ ތަންތަނެވެ.
  • ރިސޯޓުތަކުން ދައުލަތަށް ދައްކަންޖެހޭ 2.6 ބިލިއަން ރުފިޔާ ނުލިބިވާ ކަމަށް ހާމަވީ އިއްޔެ އެވެ. އޭގެ ތެރޭގައި 2012 ވަނަ އަހަރުން ފެށިގެން ދައްކަންޖެހޭ ފައިސާ އާއި ފަތުރުވެރިންގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި އަތުލި ފައިސާ ހިމެނެ އެވެ.
  • ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މުވައްޒަފުން ފޭކު ވެކްސިން ކާޑު ވިއްކި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނީ އިއްޔެ އެވެ. އެކަމާ ގުޅޭ ހޮތުން އެޗްޕީއޭއިން ސާފު ޖަވާބެއް ނުދެ އެވެ.

ދުވަހުގެ ކޯޓޭޝަން

މާލެއަށް ކަރަންޓުދޭ ދައުލަތުގެ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖަރުން ތަމްރީނު ކުރުމަށް ބާއްވާ "ޕަވާހައުސް މެނޭޖާސް ޑިވެލޮޕްމެންޓް ޕްރޮގްރާމް" އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ އިއްޔެ ވިދާޅުވީ:

ހަމައެކަނި ފްރިޖާއި ދޮންނަ މެޝިނާއި އޭސީއަށް އަޅުގަނޑުމެން ޓާގެޓްކޮށްގެން، ކުރިއަށް މިއޮތް ދެ އަހަރު ތެރޭގައި، އަޅުގަނޑުމެން ހަކަތެރި ޕްރޮގްރާމްގައި އަޅުގަނޑުމެން މި ބަޔާންކުރާ މިންގަނޑުތަކަށް، އަޅުގަޑުމެންނަށް މި ތިން ޕްރޮޑަކްޓް ބަދަލުކުރެވިއްޖެ ނަމަ 2023 ވަނަ އަހަރު އަންނަ އިރު، ކަރަންޓް ބޭނުންކުރާ ވަރު އަޅުގަނޑުމެނަށް އެބަ ދަށް ކުރެވޭ 10 މެގަވޮޓް

ދުވަހުގެ ފޮޓޯ

އުރީދޫ ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު މެޗުގައި ކްލަބް އީގަލްސްގެ އަހުމަދު ހަަސަން (އައްމަޑޭ) އާއި މުހައްމަދު އައްޒާމް ބޯޅަ ހޯދުމަށް ވާދަ ކުރަނީ: އެ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ އީގަލްސް -- ފޮޓޯ: އެފްއޭއެމް

ދިރާސާތަކުން ކިޔާލުމަށް

"އެތުނޯމެތަމެޓިކްސް އިން ދި މޯލްޑިވިއަން ކަރިކިއުލެމް: ޓެރެއިލިން އެން އިމްޕްލިމެންޓޭޝަން"

މިއީ، އެތުނޯމެތަމެޓިކްސް ނުވަތަ ހިސާބާއި ސަގާފަތާ ގުޅުންހުރި މިންވަރު ބެލުމަށް ރާއްޖޭގައި ހެދި ދިރާސާއެކެވެ. މި ދިރާސާ ކުރެއްވީ އައިޝަތު ޝެހެނާޒް އާދަމް، މެތެމެޓިކްސް އިން އެޑިއުކޭޝަނުން 2004 ވަނަ އަހަރު ނިއުޒިލެންޑުގައި ހުންނަ ޔުނިވާސިޓީ އޮފް އޮކްލެންޑުން ޕީއެޗްޑީ ހާސިލް ކުރެއްވިއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox