ދެ ވަނަ ޑިވިޝަންގެ ލީގު ބުރުގެ ކުޅުން މިރޭ ފަށަނީ

Feb 26, 2022, 4:16 AM
ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ދެ ވަނަ ޑިވިޝަނުގެ މެޗެއްގެ ތެެރެއިން.-- ފޮޓޯ: މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން

ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ދެ ވަނަ ޑިވިޝަނުގެ މެޗެއްގެ ތެެރެއިން.-- ފޮޓޯ: މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން

މިހާރު ކުރިއަށްދާ 15 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެ ވަނަ ޑިވިޝަންގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި ގަދަ ހަ ޓީމާ އެކު ލީގުގެ ބުރުގެ ކުޅުން މިރޭ ފަށާނެ އެވެ.

ދެ ވަނަ ޑިވިޝަންގައި ވާދަކުރި ނުވަ ޓިމު ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ލީގު ބުރުން ފުރުސަތު ލިބުނީ ކޮންމެ ގްރޫޕެއްގެ ގަދަ ތިން ޓީމެވެ. އެއްވެސް މެޗަކުން ބަލިނުވެ، ގްރޫޕް އޭގެ އެއް ވަނަ ހޯދީ ވައިޕާސް ބީސީ އެވެ. ދެ ވަނަ ރޯޔަލްސް ހޯދިއިރު ތިން ވަނަ ހޯދީ ވުލްވްސް އެވެ. ހަތަރު ވަނަ އަދި ފަސް ވަނަ އަށް ދިޔަ ދެ ޓީމު ކަމަށްވާ ނައިޓްސް ބީސީ އާއި ވައިކިންސް ބީސީ ވަނީ މުބާރާތުން ކަޓައިފަ އެވެ.

ގްރޫޕް ބީގެ އެއް ވަނަ ހޯދީ ސްޕާޓަންސް ބީސީ އެވެ. ދެ ވަނަ ޓަލަންސް ބީސީ ހޯދިއިރު ޔޫއެން ފްރެންޑްސް ދިޔައީ ތިން ވަނަ އަށެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ ހުޅުމާލެ ސްޕޯޓްސް ކުލަބު ވަނީ މުބާރާތުން ކަޓައިފަ އެވެ.

Advertisement

ލީގު ބުރުގެ ކުޅުން ފަށަނީ ޓަލަންސް އާއި ޔޫއެން ފްރެންޑްސް ވާދަކުރާ މެޗުންނެވެ. ދެ ވަނަ ޑިވިޝަންގައި މިރޭ ކުޅޭނީ އެ މެޗު އެކަންޏެވެ.

ފަނަރަ ވަނަ ގައުމީ ބާސްކެޓްބޯލަ ލީގުގައި މިއަދު ދެން ކުޅެން ހަމަޖެހިފައި އޮތީ ފުރަތަމަ ޑިވިޝަންގެ ފުރަތަމަ ބުރުގެ ފަހު ދެ މެޗެވެ. ހަވީރު ބައުސް ނުކުންނާނީ ސްޓިންގާސްއާ ދެކޮޅަށެވެ. މިރޭ ހަތެއް ޖަހާއިރު ރެޕްޓާސް ނުކުންނާނީ ޓީރެކްސް ބީސީއާ ދެކޮޅަށެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ނަތީޖާތަކަށް ބަލާއިރު، ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ސައިކްލޯން މިވަގުތު އޮތީ އެއްވަނައިގައެވެ. ސައިކްލޯން އެންމެ ފަހުން ކުޅުނު މެޗު ކާމިޔާބުކުރީ ކީންސް ސްޕޯޓްސް ކުލަބާއި ވާދަކޮށްގެންނެވެ. މި މެޗު ސައިކްލޯނުން ކާމިޔާބުކުރީ 126 ޕޮއިންޓް 12 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޝައިލާން އަފްޒަލް މެޗުގައި 35 ޕޮއިންޓް ސައިކްލޯނަށް ހޯދައިދިނެވެ.

މުބާރާތުގައި އިއްޔެ ކުއީންސް ބީސީ އިންވަނީ އެލީޓް ބަލިކޮށް ދެވަނަ މޮޅު ހޯދާފައެވެ. އެލީޓާއި ކުއީންސް ވާދަކުރި މެޗު ކުއީންސް ކާމިޔާބުކުރީ 89 ޕޮއިންޓް 64 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޝިއުރާ އަބްދުލްބާރީ ވަނީ ކުއީންސްއަށް 29 ޕޮއިންޓް ސްކޯ ކޮށްދީފައެވެ.

އިއްޔެގެ ފަހު މެޗުގައި ބެންޗުންވަނީ ޒުވާން ކުޅުންތެރިން ހިމެނޭ ލަޔަނެސްގެ މައްޗަށް ބޮޑު މޮޅެއް ހޯދާފައެވެ. މި މެޗު ބެންޗުން ކާމިޔާބުކުރީ 103 ޕޮއިންޓް 36 ޕޮއިންޓުންނެވެ. މެޗުގައި ބެންޗުގެ އިސްރާއު 58 ޕޮއިންޓް އެޓީމަށް ސްކޯ ކޮށްދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox