މުޅި ރާއްޖެ އަށް ބާއްވާ ދިވެހި ޕްރިމިއާ ލީގުގެ ލޯގޯ ދައްކާލައިފި

Feb 25, 2022, 8:05 PM
ދިވެހި ޕްރިމިއާ ލީގުގެ 2023/24 ވަނަ އަހަރުގެ ސީޒަނުގެ ލޯގޯ ދައްކާލުމަށް މިރޭ ބޭއްވި އިވެންޓްގެ ތެރެއިން: (ކ.ވ) ލީގުގެ ކޮންސަލްޓަންޓް މުހައްމަދު، އިވެންޓްގެ ހޯސްޓް ހަމީޝް، މިނިސްޓަރު މަހުލޫފް، އެފްއޭއެމްގެ ރައީސް ބައްސާމް، ޖެނެރަލް ސެކްރެޓަރީ ޖަވާޒް އަދި ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދިވެހި ޕްރިމިއާ ލީގުގެ 2023/24 ވަނަ އަހަރުގެ ސީޒަނުގެ ލޯގޯ ދައްކާލުމަށް މިރޭ ބޭއްވި އިވެންޓްގެ ތެރެއިން: (ކ.ވ) ލީގުގެ ކޮންސަލްޓަންޓް މުހައްމަދު، އިވެންޓްގެ ހޯސްޓް ހަމީޝް، މިނިސްޓަރު މަހުލޫފް، އެފްއޭއެމްގެ ރައީސް ބައްސާމް، ޖެނެރަލް ސެކްރެޓަރީ ޖަވާޒް އަދި ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މުޅި ރާއްޖެ އަށް ހުޅުވާލައިގެން 2023/2024 ވަނަ އަހަރު ފަށަން ނިންމާފައިވާ ދިވެހި ޕްރިމިއާ ލީގުގެ ރަސްމީ ލޯގޯ މިރޭ އިފްތިތާހުކޮށްފި އެވެ.

ގަލޮޅު ދަނޑުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ލޯގޯ ލޯންޗްކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް އެވެ. މި އިވެންޓްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް އާއި އެފްއޭއެމްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެފްއޭއެމުން 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ފުޅާކުރާއިރު، ރާއްޖެ ބެހިގެންދާނީ ހަަތަރު ޒޯން ލީގަކަށެވެ. ޒޯން އެކެއް ނުވަތަ ނޯތު ޒޯން ލީގުގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އެވެ. ޒޯން ދޭއް ނޫނީ ސެންޓްރަލް ޒޯން ލީގުގައި އޮތީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ޒޯން ތިނެއް ނޫނީ ސައުތު ޒޯން ލީގުގައި އޮތީ ތ، ލ، ގއ، ގދ، ޏ، ސ އެވެ. އަދި ޒޯން ހަތަރަކީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަން ނޫނީ މާލޭ ލީގަށެވެ. މި ލީގުގައި ހިމެނޭނީ މާލެ، ހުޅުމާލެ، ވިލިމާލޭގެ ޓީމުތަކެވެ.

މި މަހު ހަތް ވަނަ ދުވަހުގެ ނިޔަލަށް 2023/24 ލީގުގެ ކޮލިފިކޭޝަނުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު، އެކަށީގެންވާ ތަރުހީބެއް ލިބިގެންދިޔަ އެވެ.

53 ރަށް، 61 ޓީމު ވަނީ މި ފަހަރުގެ ކޮލިފިކޭޝަންގައި ބައިވެރިވެފައި

ނޯތު ލީގު: 16 ރަށް، 17 ޓީމު (ށ. ނަރުދޫ ދެ ޓީމު)

ސެންޓްރަލް ލީގު: 18 ރަށް، 19 ޓީމު (ބ. އޭދަފުށީ ދެ ޓީމު)

ސައުތު ލީގު: 19 ރަށް، 25 ޓީމު (ލ. ގަން ހަތަރު ޓީމު، ލ. ކުނަހަންދޫ ދެ ޓީމު، ސ. ފޭދޫ ދެ ޓީމު، ސ، ހިތަދޫ ދެ ޓީމު)

ފޯމެޓަށް އަންނަ އެންމެ ބޮޑު ބަދަލަކީ މީގެއިން ކޮންމެ ޒޯނެއްގައި (އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ޑިވިޝަން) ތިން ޑިވިޝަނެއް ކުރިއަށް ގެންދިއުމެވެ. ތިން ޑިވިޝަނަށް ޓީމުތައް ހޮވުމުގައި އެންމެ ފުރަތަމަ ބޭއްވިގެންދާނީ ރަށު ފެންވަރުގައި ބޭއްވޭ "އޯޕަން ޑިވިޝަން" އެކެވެ. އޯޕަން ޑިވިޝަނުގެ ބޭނުމަކީ ކޮންމެ ރަށެއްގައި ވެސް އޮންނަ ކޮންމެ ޓީމަކަށް (ކޮންމެ ޖަމިއްޔާ އަކަށް) ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. ފުރަތަމަ މުބާރާތުގައި ރަށަކުން ޒޯން ޑިވިޝަނަށް ދާނީ އޯޕަން ޑިވިޝަނަށް ފަހު ރަށަކުން އެއް ޓީމެވެ.

ލީގުތަކުގައި ކުޅޭ ޓީމުތަކަކީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ ދަށުން ރަޖިސްޓްރީ ކުރެވި ގާނޫނީ ގޮތުން ވެސް ބަލައިގަނެފައިވާ ޓީމުތަކެކެވެ.

ދިވެހި ޕްރިމިއާ ލީގު 2023/2024 ވަނަ އަހަރު ފަށާއިރު އޮންނާނީ މި ވަގުތު ވެސް ޕްރިމިއާ ލީގުގައި އޮތް އަށް ޓީމުގެ އިތުރުން ހަތަރު ޒޯން ލީގުގެ ޗެމްޕިއަނުންނެވެ. މީގެ ތެރެއިން މާލެ ލީގުގެ ޗެމްޕިއަން ގޮތުގައި 2023/2024 ވަނަ އަހަރުގެ ލީގަށް ކަނޑައަޅާނީ 2022 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނުން ކަމަށް ވަނީ ނިންމައިފަ އެވެ. ދެން އޮތް ތިން ޖާގަ ލިބޭނީ ޒޯން ލީގު ޗެމްޕިއަނުންނަށެވެ.

މިއީ ފުޓްބޯޅަ އަށް "ހާއްސަ" ރެޔެއް: ބައްސާމް

މިރޭގެ އިވެންޓްގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ މިއީ ދިވެހި ފުޓްބޯޅައިގެ ވަރަށް ހާއްސަ ވަރަށް އުފާވެރި ރެޔެއް ކަމަށެވެ. އެއީ މިދިޔަ ފަސް ވަރަކަށް އަަހަރު އެކި ގޮތްގޮތަށް ދިވެހި ފުޓްބޯޅަ ބައްޓަން ކުރުމަށްޓަކައި، އެކި ތަޖުރިބާތަކެއް ކުރަމުންދިޔަ ކަންތައް މިރޭ ހާސިލްވާން ފަށާނެތީ ކަމަށެވެ.

"ފަސް އަހަރު ނިމުމަށް ފަހު އޭގެ މޭވާ ލިބެން ގާތްވާކަމުގެ ހެކި ފެނިގެންދާ ރޭ މިއީ. 2015 ވަނަ އަހަރުން ފެށިގެން އަޅުގަނޑުމެން އަތޮޅު މުބާރާތް އެކި ގޮތްގޮތަށް ހޯމް އެންޑް އަވޭ އުސޫލުން ސެންޓްރަލައިޒް އުސޫލުން އަދި އެކި ގޮތްގޮތަށް މި މުބާރާތް ގެންގޮސް އޭގެއިން ދިމާވާ ދަތިތަކާ އަަޅުގަނޑުމެން އުފުލަން ޖެހޭ ތަކުލީފުތަކާ އެކަންކަން ރަނގަޅުކުރުމަށްޓަކައި ގެނެވޭނެ ބަދަލުތައް މި ހުރިހާ ކަމެއްގެ ތަޖުރިބާގެ އަލީގައި އަޅުގަނޑުމެން މިހާރު މި ވަނީ 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެ އަށް ފުޅާކުރުމަށް ނިންމާފައި،" ބައްސާމް ވިދާޅުވި އެވެ.

ދެ ވަނަ ދައުރަަކަށް އެފްއޭއެމްގެ ރައީސްގެ މަގާމު ފުރުއްވަމުން އަންނަ ބައްސާމް ވިދާޅުވީ ލީގުގެ ފޯމެޓަށް މި ގެނައި ބަދަލާ އެކު މިއީ އަތޮޅު ތެރޭގެ ކްލަބްތަކަށް އެންމެ މަތީ ފަންތީގައި ވާދަކުރުމަށް ފުރުސަތު ސިސްޓަމެއްގެ ތެރެއިން ލިބިގެންދިއުން ކަަމަށެވެ.

ފުރަތަމަ ޑިވިޝަނުގެ މެޗުތައް އަތޮޅުތަކަށް ގެންގޮސްގެން ކުރެވުނު ތަޖުރިބާތަކުގައި ރަށްރަށުގައި މެޗުތައް ބޭއްވިއިރު ދިމާވި އެކި ދަތިތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން ބައްސާމް ފާހަގަކުރެއްވި ކަންކަމަކީ ރަނގަޅު ދަނޑުތަކެއް ނެތުމާއި ޓީމުތައް ރަށްތަކަށް ދިއުމުން ތިބޭނެ އެކޮމަޑޭޝަން ނެތުމާއި ޓީމުތައް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ދަތިތައް ކަމަށެވެ.

"މީގެ ދެ އަހަރު ކުރިން ޗެރިޓީ ޝީލްޑް މެޗު އަތޮޅުތެރޭ އެއް ލެގު ކުޅެފައި މާލޭގައި އަނެއް ލެގު ކުޅުނުއިރު، ދިމާވި ތަކުލީފުތައް އެނގޭ، ކަނޑުގަދަވުމުން ތަޖުރިބާ ކުރެވުނު ކަންކަން ވެސް ހަނދާނުގައި އެބަހުރި،" ބައްސާމް ވިދާޅުވި އެވެ.

"ފަހަރުގައި މި ކަންކަން ގޭތަކުގައި ތިއްބަވައިގެން ނުވަތަ ފިނި ކޮޓަރީގައި ތިއްބަވައިގެން ހަމަ ވަގުތު ހުސްކުރުމަށްޓަކައި އެކި ކުރު ވާހަކަ ލިޔުއްވަމުންގެންދަވާ ބޭފުޅުންނަށް މިކަން ނޭނގިދާނެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި މިކަންކަން ކުރާ ބޭފުޅުން މި ތަޖުރިބާގެ އަލީގައި މި އޮތީ ވަރަށް ފުރިހަމަ އަށް މި ލީގު ބައްޓަން ކޮށްދެއްވާފައި،"

ލީގު މުޅި ރާއްޖެ އަށް ފުޅާކުރަން ކުރާ މަސައްކަތުގައި ކުޅިވަރާބެހޭ ވަޒީރު މަހުލޫފާއި މިއަދުގެ ސަރުކާރުގެ ސިޔާސަތުގެ ސަަބަބުން ފަސޭހަތަކެއް ލިބިގެންދާކަން ބައްސާމް ވަނީ ފާހަގަކުރައްވައިފަ އެވެ. އެ ގޮތުން ސަރުކާރުން 100 އެއްހާ ޓާފް ދަނޑު އެކި ރަށްރަށުގައި އެޅުމަކީ މެޗުތައް ހޯސްޓްކުރަން ބަލާއިރު ފަސޭހައެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ދަތުރު ފަތުރާއި އެކޮމަޑޭޝަންގެ ކަންކަމަށް ވެސް ހައްލެއް ގެނެސްދޭނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ދެއްވާތީ އެއީ ވެސް ލިބޭ ހިތްހަމަޖެހުމެއް ކަމަށް ބައްސާމް ވިދާޅުވި އެވެ.

މުޅި ރާއްޖެ އަށް ބާއްވާ 2023/2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ލޯގޯ ފަރުމާ ކުރުން މުބާރާތެއް ގޮތަށް މީގެ ތިން މަސް ކުރިން އިއުލާނުކުރި އެވެ. ދިވެހި ޕްރިމިއާ ލީގުގެ ލޯގޯ ޑިޒައިން ކުރީ އަބްދުﷲ ނަޝާތު އެވެ. ޒޯން ލީގުތަކުގެ ލޯގޯ ފަރުމާކުރީ އަލީ މަމްދޫހު އެވެ.

ދިވެހި ލީގުގެ އާ ފޯމެޓް އެކުލަވާލުމުގައި އެފްއޭއެމަށް ކޮންސަލްޓަންޓެއްގެ ގޮތުގައި އެހީތެރިވަނީ ކުރިން އަތޮޅު މުބާރާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ކޯޗު، މުހައްމަދު އާދަމް އެވެ. ދިވެހި ޕްރިމިއާ ލީގުގެ އާ ފޯމެޓްގެ ފައިދާ ފެންނަން ފަށާނީ މުހައްމަދު ދެކޭގޮތުގައި ދެ އަހަރެއް ވަރު މުބާރާތް ބާއްވަން ފެށުމުންނެެވެ. އޭރުން އޮންނާނީ ކޮންމެ ޒޯން ލީގެއްގައި ވެސް ތިން ވަނަ ދެ ވަނަ އަދި އެއް ވަނަ ޑިވިޝަނެއް އެކުލަވާލެވޭ ވަރަށް ޓީމު ހަމަކޮށް ކަމަށާއި އޭރުން މި ފޯމެޓަށް ވެސް އެންމެން ހޭލުންތެރިވާނެ ކަމަށެވެ. މި ވަގުތު ފޯމެޓް އޮތްގޮތަށް ކުރިއަށް އޮތްތަނުގައި އިތުރު ރަނގަޅު ބަދަލުތަކެއް އަންނާނެ އެވެ.

މިހާރު އާންމުކޮށްފައިވާ ޝެޑިއުލްގައިވާ ގޮތުން އަންނަ މަހު 7-14 އަށް ލ. ގަމުގެ އޯޕަން ރައުންޑް އޮންނާނެ އެވެ. ކުނަހަންދޫގެ އޯޕަން ރައުންޑް 18-22 އަށް ތާވަލުކޮށްފައިވާއިރު، ސ. ހިތަދޫ އާއި ސ.ފޭދޫގެ އޯޕަން ރައުންޑް އަންނަ މަހު ފަހު ހަފްތާ ތެރޭ ކުރިއަށްދާނެ އެވެ. ރޯދަ މަސް ނިންމާފައި އަންނަ މެއި މަހު 13-17 އަށް ށ، ނަރުދޫގެ އޯޕަން ރައުންޑް މެޗުތައް އޮންނާނެ އެވެ. އަދި އެ އަށް ފަހު 20-24 އަށް ބ. އެދަފުށީގެ އޯޕަން ރައުންޑް މެޗުތައް ކުރިއަށްދާނެ އެވެ. އޯޕަން ރައުންޑް ކުޅެން ނުޖެހޭ ރަށްތަކުގެ ޝެޑިއުލް ކުރިއަށް އޮތް ހަފްތާ ތެރޭ ފައިނަލް ވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދީ އާއި އެމެެރިކާގެ އޮފާތައް ދޫކޮށް އަލަބާ އިޓާލިއަން ލީގަށް

ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން، ސައުދީ އަރަބިއްޔާ އާއި އެމެރިކާގެ ކްލަބްތަކުން ލިބުނު ބޮޑެތި ހުށަހެޅުންތައް ދޫކޮށްލުމަށްފަހު އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލަބާ އިޓަލީގެ އުދިނޭޒީއަށް ބަދަލުވާން ނިންމައިފި. އަލަބާ އެ ޓީމާ ގުޅެނީ އެއް އަހަރުގެ ކޮންޓްރެކްޓެއްގައި.

ދޮޅު އަހަރަށް ފަހު ރޭސިން އެސޯސިއޭޝަންގެ ކާމިޔާބު އިވެންޓެއް

އެއް އަހަރާއި އަށް މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު، ރޭސިން އެސޯސިއޭޝަނުން ބާއްވާ "ރާސް ޗެންޕިއަންޝިޕް" ލ. ގަމުގައި ކާމިޔާބުކަމާއެކު ބާއްވައިފި. މިއީ ލާމު އަތޮޅުގައި ބޭއްވި ފުރަތަމަ މޮޓޯސްޕޯޓްސް އިވެންޓް ކަމަށްވާއިރު، ރާއްޖޭގެ އެކި ސިޓީތަކުން 45 އެތުލީޓުން މި މުބާރާތުގައި ބައިވެރިވެފައިވެފައި

އޭޝިއަން ގޭމްސްގެ ސިންގަލްސް އިވެންޓުގައި ރަފާ އަށް މޮޅެއް

އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ސިންގަލްސްގައި ރަފާ ވަނީ ބަނގްލަދޭޝްގެ ކުޅުންތެރިއަކު ބަލިކޮށް މޮޅެއް ހޯދާފައި. އަދި މިކްސް ޑަބަލްސްގައި ރަފާ އާއި މުންސިފްގެ ޕެއާ އިން މޮންގޯލިއާގެ ޕެއާ އެއް ބަލިކޮށް ގަދަ 16 އަށް ދަތުރުކުރިއިރު، ދީމާ އާއި ފިރިހެން ޑަބަލްސް ޓީމު ވަނީ މެޗުތަކުން ބަލިވެފައި

އޭޝިއަން ގޭމްސްގައި ރާއްޖޭގެ މެރާލް ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ މެރާލް އައިން ލަތީފް 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުން އާ ގައުމީ ރެކޯޑެއް ގާއިމުކޮށްފި. މެރާލް މި ރެކޯޑް އާކުރީ 01:22.06 އިން ރޭސް ފުރިހަމަކޮށްގެން ކަމަށްވާއިރު، މީގެ ކުރިން މި ރެކޯޑް އޮތީ ހަމްނާ އަހުމަދު އަތުގައި

ރެފްރީން ބަދުނާމު ކުރަން ރެއާލުން އުޅެނީ އަމިއްލަ ދުނިޔެ އެއްގައި

ސްޕެނިޝް ލީގުގެ ރެފްރީންނަށް ފާޑުކިޔައި ބަދުނާމުކުރުމުގައި ރެއާލް މެޑްރިޑުން އަމިއްލަ ދުނިޔެއެއްގައި އުޅޭ ކަމަށް ބުނެ ލަލީގާގެ ރައީސް ހަވިއޭ ޓެބާސް އެ ކްލަބަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ.

ވަރުގަދަ ޓީމުތަކާ ކުޅެގެން ރާއްޖެ އަށް ފައިދާކުރާނެ: ސަމުއްޓެ

ރާއްޖެއަށްވުރެ ރޭންކިން މަތީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅުމަކީ ކުޅުންތެރިންގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން މެޗުގަކުގައި މިސްޓޭކް ރަނގަޅުކުރަން ލިބޭ ފުރުސަތެއް ކަމަށް ގައުމީ ކެޕްޓަން ސަމޫހު (ސަމުއްޓެ) ބުނެފި. މި މެޗުތަކަކީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކެއް

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

Newsletter

Get the latest news delivered straight to your inbox