ޔޫކްރެއިންގެ ވައިގެ ސަރަހައްދު ބަންދު، ރަޝިއާގެ ދެކުނުން ކުރާ ފްލައިޓްތައް ކެންސަލް

ރަޝިއާގެ އެއިރޯފްލޮޓްގެ ބޯޓެއް: ޔޫކްރެއިނުގެ ވައިގެ ސަރަހައްދު އެއްކޮށް ވަނީ ބަންދުކޮށްފައި -- ފޮޓޯ: ފައިލް

ރަޝިއާގެ އެއިރޯފްލޮޓްގެ ބޯޓެއް: ޔޫކްރެއިނުގެ ވައިގެ ސަރަހައްދު އެއްކޮށް ވަނީ ބަންދުކޮށްފައި -- ފޮޓޯ: ފައިލް

ރަޝިއާއިން ޔޫކްރެއިނަށް ހަމަލާ ދޭން ފެށުމާ އެކު ޔޫކްރެއިންގެ ވައިގެ ސަރަހައްދު އާއްމު ދަތުރުތަކަށް ބަންދުކޮށް، ރަޝިއާގެ ދެކުނުގެ ސިޓީތަކުން ކުރާ ފްލައިޓް ދަތުރުތައް ވެސް ކެންސަލްކޮށްފި އެވެ.

ޔޫކްރެއިންގައި އަސްކަރީ އޮޕަރޭޝަނެއް ފެށިކަން ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން އިއުލާނު ކުރެއްވުމާ އެކު ބުރާސްފަތި ދުވަހުގެ ފަތިހުން ފެށިގެން ދަނީ ހުރިހާ ބޮޑެތި ސިޓީތަކަށް އެއް ވަގުތެއްގައި ހަމަލާ ދެމުންނެވެ.

ދެކުނު ރަޝިއާގެ 11 އެއާޕޯޓަކުން ކުރާ ދަތުރާއި ރަޝިއާއިން ހިފައިގެން އުޅޭ ކްރައިމިއާގެ އެއާޕޯޓަކުން ކުރާ ދަތުރުތައް މިހާރު ވަނީ ކެންސަލްކޮށްފައި ކަމަށް ރަޝިއާގެ އޭވިއޭޝަން އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ފްލައިޓްތައް ކެންސަލް ކުރި ބައެއް ބޮޑެތި ސިޓީތަކުގެ ތެރޭގައި ސޯޗީ، ކްރަސްނޮޑާރް އަދި އަނަޕާ ފާހަގަކުރެވެ އެވެ. އޭވިއޭޝަން އޮތޯރިޓީން ބުނީ މާޗް ދެ ވަނަ ދުވަހާ ހަމައަށް އެ ތަންތަނުން އެއްވެސް ފްލައިޓް ދަތުރެއް ނުކުރާނެ ކަމަށެވެ.

"ރަޝިއާގެ އޭވިއޭޝަން އޮތޯރިޓީން ލަފާދެނީ ކުރިއަށް އޮތް ފްލައިޓްތަކުގެ ޕަސެންޖަރުން އެއާޕޯޓަށް ނުދިޔުމަށް،" ރޮސެވިއެޓްސިއާއިން ނެރުނު ބަޔާނުގައި ބުންޏެވެ.

ޔޫކްރެއިންގެ މަޝްރަހު ގޯސްވެ، ހަނގުރާމައެއް ފަށައިފި ނަމަ ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ އަސަރާ މެދު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ތެރޭގައި ޔޫކްރެއިނާއި ރަޝިއާގެ ރައްޔިތުން ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރަޝިއާ އަކީ މިއަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ފޮނުވި ގައުމެވެ. އަހަރުގެ މިހާތަނަށް އެގައުމުން 28،468 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އަދި ޔޫކްރެއިން އޮތީ 6،503 ޓޫރިސްޓުންނާއެކު މި ލިސްޓުގެ ހަތްވަނައިގަ އެވެ.

މިދިޔަ އަހަރު ޝާއިއުކުރި ފަތުރުވެރިކަމާ ބެހޭ އަހަރާ ރިޕޯޓުގައިވާ ގޮތުން ފާއިތުވި 10 އަހަރު ވެސް ރާއްޖެ ޒިޔާރަތް ކުރާ ރަޝިއާ ފަތުރުވެރިންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ. އެގޮތުން ފާއިތުވި ފަސް އަހަރު ވެސް ރަޝިއާއިން ރާއްޖެ އަންނަ މީހުންގެ އަދަދު އުޅުނީ 60،000 އިން މަތީގަ އެވެ.

"ރަޝިއާގެ މާކެޓަކީ ރާއްޖެއަށް އަންނަ ބަދަލުތަކަށް ނުގުޑާ ފަދަ މާކެޓެއް. 2020 ވަނަ އަހަރު ފަދަ ގޮންޖެހުންތައް ގިނަ އަހަރެއްގައި ވެސް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާ ހަމައަށް ވެސް ރަޝިއާގެ ފަތުރުވެރިން ހުއްޓުމެއް ނެތި ޒިޔާރަތް ކުރި. އަލުން ބޯޑަރުތައް ހުޅުވުމާ އެކު ފަތުރުވެރިކަން ރިކަވާ ކުރުމަށް ވެސް ރަޝިއާއިން ބޮޑު ދައުރެއް އަދާކުރި،" އެ ރިޕޯޓުގައިވެ އެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ 10 ގައުމުގެ ލިސްޓަށް ޔޫކްރެއިން ފުރަތަމަ ފަހަރަށް އެރީ 2020 ވަނަ އަހަރު އެވެ. ކޮވިޑާ ގުޅިގެން ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުމާ އެކު ޔޫކްރެއިން ފާހަގަވީ މުޅިން އަލަށް ފުޅާވަމުން ދިޔަ މާކެޓެއްގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox