ގެވެށި އަނިޔާ ރިޕޯޓުކުރުމުން ލިބޭ ތަކުލީފުތަކާ ހެދި މައްސަލަތައް އަނބުރާ ނަގަނީ

އަނިޔާ ލިބޭކަން ދައްކުވައިދޭ ފޮޓޯއެއް: މިދިޔަ ހަތަރު އަހަރުތެރޭ 193 ފިރިހެނުންނަށް ގެވެށި އަނިޔާ ލިބިގެން ޖެންޑާއަށް ރިޕޯޓުކޮށްފައިވޭ

އަނިޔާ ލިބޭކަން ދައްކުވައިދޭ ފޮޓޯއެއް: މިދިޔަ ހަތަރު އަހަރުތެރޭ 193 ފިރިހެނުންނަށް ގެވެށި އަނިޔާ ލިބިގެން ޖެންޑާއަށް ރިޕޯޓުކޮށްފައިވޭ

ގެވެށި އަނިޔާ ލިބިގެން ޖެންޑާ މިނިސްޓްރީއަށް މައްސަލަ ރިޕޯޓު ކުރި ނަމަވެސް މައްސަލަ ކުރިއަށް ނުގެންދެވެނީ މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ އަނބުރާ ނަގާތީ ކަމަށް ޖެންޑާ މިނިސްޓަރުު އާއިޝަތު މުހައްމަދުދީދީ ވިދާޅުވެއްޖެ އެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެއް އަހަރުން އަނެއް އަހަރަށް ގެވެށި އަނިޔާ ލިބޭ މީހުންގެ އަދަދަ އިތުރުވަމުން އަންނަނީ ކަންބޮޑުވާ މިންވަރަށެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުން ނަމަވެސް ފިރިހެނުންނަށް އަނިޔާ ލިބޭ މިންވަރުވެސް ދަނީ އިތުރުވަމުންނެވެ.

އެގޮތުން 2018ވަނަ އަހަރު 383 ކޭސް ރިޕޯޓުކޮށްފައިވާއިރު 2019ވަނަ އަހަރު 433 ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި 2020 ވަނަ އަހަރު 419 ކޭސް ރިޕޯޓުކޮށްފައިވާއިރު މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ނިޔަލަށް ޖުމްލަ 446 ކޭސް ރިޕޯޓުކޮށްފައި ވެއެވެ.

"ސާސްތުރަ" މަޖައްލާ ނެރެދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު މިނިސްޓްރީއަށް ހުށަހެޅުނު މައްސަލަތަކަކީ މިދިޔަ ފަސް އަހަރުތެރޭ އެންމެ ގިނަ އަދަދަަކަށް މައްސަލަ ހުށަހެޅުނު އަހަަރު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ މައްސަލަތަކުގެ ތެރެއިން އިންސާފު ހޯދައިދެވެނީ 30 ޕަސެންޓް މައްސަލަތަކަށް ކަމަށެވެ.

"ގިނަ ފަހަރަށް ހުށަހަޅާ މައްސަލަތަކަކީ ވަކި ހިސާބަކަށް ދާއިރަށް ރިޕޯޓު ކުރާ ފަރާތް މައްސަލަ އަނބުރާ ނަގަނީ. މިއީ މައްސަލަ ކުރިއަށް ނުގެންދެވެން އެންމެ ބޮޑަށް ދިމާވާ މައްސަލަ. ގެވެށި އަނިޔާގެ މައްސަލަތަކުގައި ރިޕޯޓު ކުރަން ކެރުނު ނަމަވެސް މައްސަލަ ކުރިއަށް ދާއިރު ތަހަންމަލް ކުރަން ޖެހޭ އުނދަގޫތަކާއި ދަތިތަކާއި ތަކުލީފުތައް ބޮޑުކަމުން ރިޕޯޓު ކުރި ފަރާތް އަނބުރާ މައްސަލަ ގެންދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިއަދު މަސައްކަތް ކޮށްގެން ނޫނީ މިހާރު މި މުޖުތަމައު ތެރޭގައި ހިނގާ ނޭދެވޭ ކަންކަން މަދު ނުކުރެވޭނެ ކަމަށެވެ.

ހޭލުންތެރި ކުރުމަކީ ގެވެށިހުއްޓުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށައި އޭގެ ނަތީޖާ އަކަށް ވަނީ ގެވެށި އަނިޔާ ފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކާމެދު ކަންބޮޑުވާ މީހުން މުޖުތަމައުގައި އިތުރުވެ އެ ކަންކަން ތަކުރާރުވުމަށް ޖާގަ ދޭން ބޭނުން ނުވާ މީހުންގެ އަދަދު ގިނަވުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ހަމަ އެއާއެކު މުޖުތަމައުގައި އަނިޔާ ތަހަންމަލު ކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ މީހުންގެ އަދަދު އިތުރުވެގެންދާނެކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އެކަމާމެެދު އަޅުގަނޑުމެން ވިސްނަން ޖެހޭ. ކީއްވެގެންކަން ގެވެށި އަނިޔާގެ މައްސަލަތަކަށް އިންސާފު ހޯދުމަށް މި ކުރާ މަސައްކަތުގައި އިންސާފަކާ ހަމައަށް މިހާ މަދު އަދަދެއް މި ދަނީ ކީއްވެކަން އަޅުގަނޑުމެން ވިސްނާ ފިކުރުކޮށް ބަދަލުތަކެއް ގެންނަންވެސް މި ޖެހެނީ މިކަމަށް ހޭލުންތެރިކޮށްގެން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މައްސަލަ އަބުރާ ނަގަނީ ކީއްވެ ކަމާމެދު ފުންކޮށް ވިސްނައި އެ މަސައްކަތް ކުރާ ހުރިހާ ފަރާތްތަކެއް ގުޅިގެން އިތުރު ހިތްވަރެއް ލާން އެބަ ޖެހޭ ކަމަށެވެ. އެގޮތުން ރިޕޯޓު ކުރާ މީހުން އެ ކުރި ކުރުމުން އިންސާފު ލިބެން ޖެހޭނެކަން ގަބޫލު ކޮށްގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox