ްހުލާސާކޮށް އިއްޔެ: ޔޫކްރެއިންގެ ހާލަތު ގޯސްވެ ދިވެހިން ގެންނަން މަސައްކަތް ފެށުން

ޔޫކްރެއިންގެ ވެރިރަށް ކިއޭވްގެ ސިޓީ ސެންޓަރުގެ މަތިން ނަގާފައިވާ ފޮޓޯއެެއް. އެ ގައުމުގައި 50 އަށްވުރެ ގިނަ ދިވެހި ރައްޔިތުން އެބަތިބި -- ފޮޓޯ: އަގޯޑާ

ޔޫކްރެއިންގެ ވެރިރަށް ކިއޭވްގެ ސިޓީ ސެންޓަރުގެ މަތިން ނަގާފައިވާ ފޮޓޯއެެއް. އެ ގައުމުގައި 50 އަށްވުރެ ގިނަ ދިވެހި ރައްޔިތުން އެބަތިބި -- ފޮޓޯ: އަގޯޑާ

ހަނގުރާމައެއް ފެށުމަށް ތައްޔާރުވެ ހާލަތު ގޯސްވަމުންދާ ޔޫކްރޭނުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން, ރާއްޖެ ގެނައުމުގެ މަސައްކަތްތައް ސަރުކާރުން ފެށީ އިއްޔެ އެވެ.

ޔޫކްރެއިން ސަރުކާރާ ވަކިވެގަނެގެން އުޅޭ ގްރޫޕްތަކުން ކޮންޓްރޯލް ކުރާ އެ ގައުމުގެ އިރުމަތީ ސަރަހައްދަށް ރަޝިއާ ސިފައިން އަރަން ރައީސް ލެޑިމިއަ ޕުޓިން އިއްޔެ އަމުރު ކުރެއްވުމާއެކު ހަނގުރާމަ ފެށިދާނެ ކަމުގެ އިންޒާރު އެކި ފަރާތްތަކުން ވަނީ ދީފަ އެވެ. އެގޮތަށް ޕުޓިން އަމަރުކުރެއްވީ އިރުމަތީ ޔޫކްރެއިންގެ ޑޮނެސްކް އަދި ލުހާންސްކް މިނިވަން ދައުލަތްތަކެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމަވަމުންނެވެ.

އެއާއެކު، އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ގައުމުގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމަށް އަންގަވާފަ އެވެ. އަދި، ފޮރިން މިނިސްޓްރީން އިއްޔެ ވަނީ އެ މަސައްކަތްތައް ފަށާފަ އެވެ.

ޔޫކްރެއިންގައި ތިބި ދަރިވަރުން އެ ގައުމުން އަނބުރާ ގެނައުމުގެ އޮޕަރޭޝަނެއް ކުރިއަށް ނުގެންދިޔަ ނަމަވެސް ރައީސްގެ މި އެންގެވެމާއެކު ދަރިވަރުން އެނބުރި ރާއްޖެ އައުމަށްޓަކައި މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފޮރިން މިނިސްޓްރީން އިއްޔެ ބުންޏެވެ.

"ޔޫކްރެރިން ބޯޑަރު އަދި ބަންދުކޮށްފައިނުވާއިރު، ކޮމާޝަލް ފްލައިޓުތައް އޮޕަރޭޓް ކުރަމުންދާތީ، ދިވެހި ދަރިވަރުންނަށް ވައިގެ މަގުން އެނބުރި އާދެވޭނެ ފުރުސަތު އެބައޮތް،" އިއްޔެ ނެރުނު ބަޔާނުގައި އޮތެވެ.

ޔޫކްރެއިންގައި މިވަގުތު 50 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުންދެ އެވެ. އޭގެ ތެރެއިން، ބައެއް ދިވެހިން ދިރިއުޅެމުން އަންނަނީ ރަޝިއާގެ ބޯޑަރާ އެންމެ ކައިރީގައި އޮންނަ ސިޓީގަ އެވެ.

މިވަގުތު އެ ގައުމުގައި ތިބި ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީ އާއި އެ ގައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަން ކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓްރީވުމަށް ފޮރިން މިނިސްޓްރީން ވަނީ އަންގާފަ އެވެ. އަދި އެ ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

titledesc

ބައެއް މުހިންމު ހަބަރުތައް

  • ބުރާސްފަތި ދުވަހުން ފެށިގެން މަންޓާ އެއާ އިން އައްޑޫއަށް ޝެޑިއުލް ދަތުރުތައް ފަށާނެ ކަން އިއުލާންކުރީ އިއްޔެ އެވެ.
  • މަސްތުވާތަކެތީގެ މައްސަލަތަކުގައި ރާވައިގެން ގަސްދުގައި ގޯސްހަދާ މީހުން ދައުލަތުގެ އެތެރޭގައި ތިބިކަމަށް ބަންޑާރަ ނައިބު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ކުރެއްވި ތުހުމަތު ސާފުކޮށް ދެއްވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަރިހުން އެދިފައިވަނީ އިއްޔެ އެވެ.
  • ޓާމިނަލް ކެފޭ ތެރޭގައި އިންދައި ހއ. ތަކަންދޫ އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަހީމް (ނަޑޭ) ގެ ބޮލަށް ވަޅި ހަރައި މަރާލި މައްސަލާގައި ދައުލަތާއި، ދިފާއުގެ ހެކިތަކުގައި ހުރި އެތައް ފުށުއެރުމެއް ފާހަގަކޮށް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އެ މައްސަލައިގެ އަޑުއެހުންތައް ހަތަރު އަހަރަށްފަހު، ނިންމާލީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތަކެއް އެބަހުރި ކަމަށާއި އެކަމަށް އެހެން ޕާޓީތަކުގެ ހިޔާލު ވެސް ހޯދަންޖެހޭ ކަމަށް ފާހަގަކުރައްވަމުން އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ:

"އަޅުގަނޑު ހަނދާންވާ ގޮތުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ގާނޫނު އަސާސީ އިސްލާހުކުރުމާ ގުޅޭ ގޮތުން އެބޭފުޅުން މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލާފަައި. އެހެންވީމާ އެ ތާވަލަށް ވެސް ބަލައި އެހެން ޕާޓީތައް އެދޭ ގޮތަކީ ކޮބައިތޯ ވެސް ބެލުން ބުއްދިވެރި،"

ދުވަހުގެ ފޮޓޯ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު 1-0 އިން ކާމިޔާބުކުރީ ޔުނައިޓެޑް ވިކްޓްރީ. އެ ޓީމުގެ ލަނޑު ޖަހައިދިނީ ކިރްގިސްތާން މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފް (ޓޯނީ). -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު 1-0 އިން ކާމިޔާބުކުރީ ޔުނައިޓެޑް ވިކްޓްރީ. އެ ޓީމުގެ ލަނޑު ޖަހައިދިނީ ކިރްގިސްތާން މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފް (ޓޯނީ). -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު 1-0 އިން ކާމިޔާބުކުރީ ޔުނައިޓެޑް ވިކްޓްރީ. އެ ޓީމުގެ ލަނޑު ޖަހައިދިނީ ކިރްގިސްތާން މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފް (ޓޯނީ). -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

ނޭޝަނަލް މަލްޓިޑައިމެންޝަނަލް ޕޮވަޓީ އިން ދަ މޯލްޑިވްސް 2020

މިއީ 2020 ވަނަ އަހަރު ރާއްޖޭގައި ފަގީރުކަން މީހުން ތަހައްމަލު ކުރަމުންދިޔަ ނިސްބަތް ދެނެގަތުމަށް ޔުނިސެފުން ކޮށްފައިވާ ދިރާސާއެކެވެ. އެގޮތުން ފަގީރު މީހުންނަށް ސިއްހީ ހިދުމަތާއި ތައުލީމު ހޯދުމުގައި ހުރި ދަތިތައް ދެނެގަނެ އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ވަނީ މި ދިރާސާގައި ވަޒަންކޮށްފަ އެވެ. މިއީ ސިޔާސަތުތައް ހަދަން ތިބޭ މީހުންނަށް އެ މީހުންގެ ސިޔާސަތުތައް ބައްޓަން ކުރުމަށް ފަސޭހަކޮށްދޭނެ ދިރާސާއެއްގެ ގޮތުގައި ޔުނިސެފުން ސިފަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox