އައްޑޫސިޓީ މަރަދޫފޭދޫ ފަޅުގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ މިއަދު ހެނދުނު ފެނުނު މީގާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
މަރުވެފައި އޮއްވާ ފެނުނީ ވަނީ ޏ. ފުވައްމުލަކު، ހިތައްފިނިވާގޭ، އަލީ އިބްރާހިމް، 40، އެވެ.
ފުލުހުން ބުނީ މަރަދޫފޭދޫ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމުގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހެނދުނު ކަމަށެވެ.
އެ ގެ އަށް ފުލުހުން ގޮސް ބެލިބެލުމުން އެ މީހާގެ ބޭރުފުށުން އަނިޔގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، މި ނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި އޭނާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެކެވެ.

މީގެ ކުރިން ވެސް އެކި ރަށްރަށުން ފަޅުގެ ތަކުގައި މީހުން މަރުވެފައި އޮއްވާ ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ޑްރަގް އޯވަޑޯޒް ވެގެން މަރުވާ މީހުން ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.












