ގައުމީ ބާސްކެޓްބޯޅަ ލީގު: ސްޓިންގާސް އަތުން ޗެމްޕިއަން ކިންގްސް އަށް ފަސޭހަ މޮޅެއް

ސްޓިންގާސް އާއި ކިންގްސް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން

ސްޓިންގާސް އާއި ކިންގްސް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ޑިވިޝަންގައި ސްޓިންގާސް ބީސީ އަތުން ޗެމްޕިއަން ކިންގްސް ފަސޭހަ މޮޅެއް ހޯދައި މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ޑިވިޝަންގައި މިފަހަރު ހަ ޓީމް ވާދަކުރެ އެވެ. އެއީ ރެޕްޓާސް، ރެޑްވިންގްސް، ޓީރެކްސް، ބައުސްގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން ކިންގްސް ބާސްކެޓްބޯލް ކްލަބް އާއި ސްޓިންގާސް ބާސްކެޓްބޯލް ކްލަބް އެވެ.

ސްޓިންގާސް ބީސީ އާއި ކިންގްސްގެ ކުރިމަތިލުން ކިންގްސް އިން ކާމިޔާބުކުރީ 106-51 ޕޮއިންޓުންނެވެ. މެޗުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް ކުރީގައި އޮތީ ސްޓިންގާސް އެވެ. އެ ގޮތުން 18-20 އިން ސްޓިންގާސް ކުރީގައި އޮވެ ދެ ވަނަ ކުއާޓާ އާއި ކުރިމަތިލިއިރު، ކިންގްސް އިން މި ކުއާޓާ އަށް ނިކުތީ ބަދަލުތަކަކާ އެކު އެވެ. މި ކުއާޓާގައި ރަނގަޅު ޑިފެންސްތަކެއް ކުރިއިރު ބިދޭސީ ކުޅުންތެރިޔާ ޑެކޯރޭ ޖޯންސްގެ މޮޅު ކުޅުމާ އެކު 39 ޕޮއިންޓް ކިންގްސް އިން ސްކޯކުރި އެވެ. ސްޓިންގާސް އަށް މި ކުއާޓާގައި ހޯދުނީ އެންމެ ހަ ޕޮއިންޓެވެ.

ދެ ވަނަ ކުއާޓާ ނިމުނުއިރު، މުޅި މެޗު އެއްކޮށް އެނބުރިއްޖެ އެވެ. ކިންގްސް ކުރީގައި އޮތީ 57 ޕޮއިންޓް 26 ޕޮއިންޓުންނެވެ. ލީޑް ދަމަހައްޓައި ކިންގްސް އިން ވަނީ ފަހު ދެ ކުއާޓާ ނިންމާލިއިރު، 106 ޕޮއިންޓް ހޯދައި އަހަރުގައި ލީގުގެ ދެ ޑިވިޝަން އެއްކޮށް ފިރިހެން ބައިގައި 100 ޕޮއިންޓް ހަމަކުރި ފުރަތަމަ ޓީމުގެ ޝަރަފް ހޯދައިފަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކިންގްސްއަށް 20 ޕޮއިންޓް ހޯދައިދީ ހަތް ރިބައުންޑް ނަގައި ދެ އެސިސްޓް ކޮށްދިން ޑެކޯރޭ ޖޯންސް އެވެ. ޑެކޯރޭ އަކީ އެންމެ ފަހުން 2019 ވަނަ އަހަރު އޮތް ގައުމީ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. މެޗުގައި ސްޓިންގާސް ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ 16 ޕޮއިންޓް ހޯދައިދީ ތިން ރީބައުންޑް ނަގައިދިން އިބްރާހިމް ނަސީމް އެވެ.

މުބާރާތުގައި ރޭ ވަނީ ދެވަނަ ޑިވިޝަންގެ ދެ މެޗެއް ކުޅެފަ އެވެ. ފުރަތަމަ މެޗު ޔޫއެން ފްރެންޑްސް އާއި ވާދަކޮށް 86-64 އިން ކާމިޔާބުކުރީ ސްޕާޓަންސް ބާސްކެޓްބޯލް ކްލަބް އެވެ. މިއީ މި ދެ ޓީމް ވެސް ލީގުގައި ކުޅުނު ދެވަނަ މެޗެވެ. ސްޕާޓަންސް އަދި ޔޫއެން ފްރެންޑްސް ވެސް ވަނީ މިމެޗުގެ ކުރިން ކުޅުނު މެޗުން މޮޅުވެފަ އެވެ.

ޔޫއެން ފްރެންޑްސް އާއި ވާދަކުރި މެޗުގެ މައިގަނޑު ތަފާތަކަށްވީ މެޗުގެ ފުރަތަމަ ހާފެވެ. ފުރަތަމަ ދެ ކުއާޓާގައި ދެއްކި ތަފާތު މޮޅު ކުޅުމާ އެކު ސްޕާޓަންސް އޮތީ 53 ޕޮއިންޓް 18 ޕޮއިންޓުން ކުރީގައެވެ. ތިން ވަނަ އަދި ހަތަރު ވަަނަ ކުއާޓަގައި ޔޫއެން ފްރެންޑްސް އިން ކުޅުން ރަނގަޅުކުރި ކަމުގައި ވިޔަސް ބޮޑު ލީޑު ކުޑަކޮށްލެވޭ ގޮތްނުވި އެވެ. ފަހު ދެ ކުއާޓާގެ ކުޅުމަށް ބަލާއިރު ޔޫއެން އަށް ސްޕާޓަންސް އަށް ވުރެ ގިނައިން ހޯދުނީ އެންމެ ތިން ޕޮއިންޓެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސްޕާޓަންސް އަށް 19 ޕޮއިންޓް ހޯދައިދީ ހަތް ރިބައުންޑް ނަގައިދިން ޔޫސުފް ނަސީމެވެ. ޔޫއެން ފްރެންޑްސް ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ އެ ޓީމަށް 21 ޕޮއިންޓް ހޯދައިދީ ހަތަރު ރީބައުންޑް ނަގައިދިން ސުއާދު ސައީދެވެ.

ދެވަނަ ޑިވިޝަންގައި ރޭ ކުޅުނު ދެވަނަ މެޗު ވުލްވްސް ބީސީ އާއި ވާދަކޮށް ކާމިޔާބުކުރީ ރޯޔަލްސް އެވެ. އެއީ 80 ޕޮއިންޓް 67 ޕޮއިންޓުންނެވެ. މެޗުގެ ފުރަތަމަ ތިން ކުއާޓާ ނިމުނުއިރު 51-59 އިން ކުރީގައި އޮތީ ވުލްވްސް އެވެ. ރޯޔަލްސް އިން ވަނީ ފަހު ކުއާޓާގައި އެކަނި ވުލްވްސް އަށް ވުރެ 21 ޕޮއިންޓް އިތުރަށް ހޯދައި މެޗު އެ ޓީމް ކޮޅަށް އަނބުރާލައިފަ އެވެ.

މެޗުގައި ރޯޔަލްސް އަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ އެޓީމަށް 20 ޕޮއިންޓް ހޯދައިދީ ނުވަ ރީބައުންޑް ނަގައިދިން މުހައްމަދު އިސްހާގު އަހުމަދު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ އިސްހާގު އެވެ. މި މެޗުގައި ވުލްވްސް އަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ 16 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދިން އިބްރާހިމް އަހުޒަމް އެވެ.

މުބާރާތުގައި މިއަދު ވެސް ތިން މެޗެއް ކުޅޭނެ އެވެ. މިއަދު ހަވީރު ކުޅޭނީ އަންހެން ޑިވިޝަންގެ މެޗެކެވެ. ވާދަކުރާނީ ސައިކްލޯން ބާސްކެޓްބޯލް ކްލަބާއި ބެންޗް ސްޕޯޓްސް ކުލަބެވެ. މިރޭ ކުޅޭ ފުރަތަމަ މެޗުގައި ރެޑްވިންގްސް ނުކުންނާނީ ބައުސްއާ ދެކޮޅަށެވެ. ފަހު މެޗުގައި ވާދަކުރާނީ ޓީރެކްސް ބާސްކެޓްބޯލް ކްލަބާއި ސްޓިންގާސް ބާސްކެޓްބޯލް ކްލަބް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox