އުރީދޫ ދިވެހި ޕްރިމިއާ ލީގު: ޔުނައިޓެޑް ވިކްޓްރީ އަތުން ވެލެންސިއާ އަށް އުނދަގޫ މޮޅެއް

ވެލެންސިއާގެ ޔާނު ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވެލެންސިއާގެ ޔާނު ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން 2-1 އިން ކްލަބް ވެލެންސިއާ އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

ސީޒަނުގެ ފުރަތަމަ މުބާރާތް، ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި ވެލެންސިއާ އިން ލީގުގެ ފުރަތަމަ މެޗަށް ނުކުތީ ބަދަލުތަކަކާ އެކު އެވެ. އެ ގޮތުން ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ވެލެންސިއާގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އާއި ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ކުޅުމާ ދުރުގައި ހުރިއިރު، މިރޭގެ މެޗުގައި ގޯލްކީީޕަރު މުހައްމަދު ފައިސަލް އާއި މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ވެސް ނެތެވެ. އަޑުބަރޭ އަށް ކޯޓު ހުކުމެއް އައިސްފައިވާއިރު، އޭނާ ގައުމުގައި ނެތެވެ. ފައިސަލް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލަން އުޅޭ ކަމަށް ބުނެފަ އެވެ.

ވެލެންސިއާގެ ފުރަތަމަ އެގާރައަށް ބަލާލާއިރު، ޕްރެޒިޑެންްސް ކަޕަށް ފަހު ގްރީން ސްޓްރީޓްސް ދޫކޮށް ވެލެންސިއާއާ ގުޅުނު ތަރި އަބްދުﷲ ޔާމީން (ޔާން) ވަނީ ހިމަނައިފަ އެވެ. ޔޫވީއަށް ބަލާއިރު ޖުމްލަ ގޮތެއްގައި އެޓީމުގެ ސްކޮޑުގައި ތިބީ އެންމެ ފަހުގެ ޕްރެޒިޑެންޓްސް ކަޕްގައި ކުޅުނު ކުޅުންތެރިންނެވެ.

މެޗުގެ ފުރަތަމަ މިނެޓުގައި ވެލެންސިއާގެ މިސްރު މިޑްފިލްޑަރު ހަލީލް ޖަމާލް އޭރިއާ ތެރެއަށް ނަގައިދިން ނުރައްކާތެރި ހުރަސް ފިޔަވައި އިތުރު އެއްވެސް ފުރުސަތެއް ފުރަތަމަ 15 މިނެޓަށް ބަލާއިރު ދެ ޓީމަށް ވެސް ތަނަވަހެއް ނުކުރެވުނެވެ.

މެޗުގެ 19 ވަނަ މިނެޓުގައި ޔޫވީގެ އެންޓޯނިއޯ ވްލަޝީޗޭފް (ޓޯނީ) ނުރައްކާތެރި ހުރަހެއް އޭރިއާ ތެރެއަށް ނަގައިދިނެވެ. އެ ހުރަހުގައި އަހުމަދު ބައްސާމް (ބައްކު) ބޯޅަ ފޮނުވާލުމުގެ ކުރިން ޑިފެންޑަރު ސަމްދޫހު މުހައްމަދު ވަނީ އެ ބޯޅަ ސަލާމަތްކޮށްފަ އެވެ.

އޭގެ ފަހުން ވެލެންސިއާ އިން މެޗުގެ ތެރެއަށް ވަދެ، ކުޅުން ރަނގަޅުކޮށް، ގޯލެއް ޖެހުމަށް ކުރިއަށް ޖެހިލައިގެން ކުޅެން ފެށި އެވެ. ވެލެންސިއާ އިން ލީޑުނެގީ 29 ވަނަ މިނިޓްގަ އެވެ. ހަލީލް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޔާން އެވެ. ޑިފެންޑަރުންގެ ފަހަތުން ޔާނު އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ގޯލަށް ވަނީ އަރިމަތީ ދަނޑީގަ ޖެހިފަ އެވެ. މިއީ ވެލެންސިއާގެ ޖޯޒީގައި ކެރިއަރު އަނެއް ހަރުފަތަށް ގެންދަން ބަލާއިރު، ޔާންގެ ކޮންފިޑެންސަށް މުހިންމު ގޯލެކެވެ.

ލަނޑު ޖެހުމަށް ފަހު ބޯހާސް އާއި ޔާނު އުފާފާޅުކުރަނީ.- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޔާނު ގޯލް ޖަހަން ތަނަވަސްކޮށްދޭން ހަލީލް ޕާސް ކުރަން އުޅުމުގެ ތެރޭގައި އޭނާގެ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ބަދަލުކުރަން ޖެހުނެވެ. ހަލީލްގެ ބަދަލުގައި ކުޅެން އެރީ އަހުމަދު ރިލްވާން އެވެ.

ވެލެންސިއާއިން ގޯލް ޖެހިތާ ތިން މިނެޓު ފަހުން އެޓީމަށް ލީޑް ފުޅާކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. ޔާނު ޖައްސާލި ބޯޅަ ބޯހަސް ފޮނުވާލީ ގޯލްކީޕަރު ބޯމަތިން ގޯލަށެވެ. އެ ބޯޅަ ގޯލަށް ވަދެވަދެ އޮއްވާ ޔޫވީގެ ޑިފެންޑަރ މޫސާ އަޒީމް ވަނީ ރޮނގުމަތިން ސަލާމަތްކޮށްފަ އެވެ. އަޒީމް ޖެއްސި ބޯޅަ ލިބުނީ ދެ ވަނަ ފަހަރަށް ބޯހަސް އަށެވެ. އެ ބޯޅައަށް އޭނާ މަސައްކަތް ކުރަނިކޮށް ކީޕަރު އަހުމަދު އަނަފް އަތުން ބޯހަސް އަށް ފައުލްކުރެވުނު ކަމަށް ވެލެެންސިއާ އިން އެޕީލް ވެސް ކުރި އެވެ. ނަމަވެސް ރެފްރީ ޖާވިޒް މުހައްމަދު ނިންމީ އެއީ ފައުލެއް ނޫން ކަމަށެވެ.

ވެލެންސިއާގެ ދެ ވަނަ ގޯލް ޖެހީ ބޯހަސް އެވެ. މިއީ ޔާނު ތަނަވަސްކޮށްދިން ފުރުސަތަކުން ބޯހަސް ޖެހި ގޯލެކެވެ. ޔާން އޭރިއާ ތެރެއަށް ޖައްސާލި ބޯޅަ އަޒީމް އަށް ދިފާއު ނުކުރެވި ލިބުނީ ބޯހަސް އަށެވެ. ބޯހަސްވަނީ ހަމަޖެހިލާފައި އެއް ފަހަރުން ގޯލްގެ އަރިމަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޔޫވީން ފުރަތަމަ ހާފުގައި ގޯލަށް ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ އުފެއްދީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނިޓްގަ އެވެ. ޔޫވީގެ ޓޯނީ އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ ގޯލްގެ މަތީ ކަނަށް ވަންނަން ދަނިކޮށް ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ވަނީ އެ ބޯޅަ ދިފާއުކޮށްފަ އެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެ ވަނަ ހާފުގެ ފުރަތަމަ 15 މިނިޓްގައި ވެސް ދެ ޓީމަށް މާ ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައިނުވެ އެެވެ.

ޔޫވީން ދެ ވަނަ ހާފުގައި ލިބުނު ފުރަތަމަ ހުސް ފުރުސަތުން ގޯލު ޖަހައި ފަރަގު ކުޑަކުރި އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޔުނައިޓެޑް ވިކްޓްރީގެ މުހައްމަދު ރީހާން ނަގައިދިން ހުރަސް ވެލެންސިއާގެ ފަހަތަށް ކުޅޭ އަމްދާން އަލީ (އެންޑީ) އަށް ދިފާއު ނުކުރެވުމުން ލިބުނީ ޔޫވީގެ ބެލޫސް ފޯވާޑް އިވާން ވެރާސް އަށެވެ. އިވާން ވަނީ ކީޕަރު ތޮލާލް އަށް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

މި ގޯލާ އެކު ޔޫވީން ވަނީ އެޓޭކުގެ ކުޅުންތެރިން ބަދަލުކޮށް އިތުރު ހަމަލާތައް އުދައްދަން މަސައްކަތް ފަށައިފަ އެވެ. އިތުރު ގޯލެއް ޖެހުމާ ގާތަށް ޔޫވީން އެންމެ ބޮޑަށް ޖެހިލީ ކޯނަރެއްގަ އެވެ. މެޗުގެ 77 ވަނަ މިނިޓްގައި ލިބުނު ކޯނަރު ޓޯނީ ގޯލް އޭރިއާ ތެރެއަށް ފޮނުވާލި ބޯޅަ ޖަހަން އެރި އެ ޓީމުގެ ސާބިއާ ފުލްބެކް މިލޯސް ކޮވަސެވިޗްގެ ބޮލުގައި ލައްވާލާގޮތެއްނުވި އެވެ.

ތިން ވަނަ ގޯލެއް ޖަހަން ވެލެންސިއާގެ ހުސައިން ހާނާން އަށް ރަނގަޅު ފުރުސަތެއް މެޗުގެ 80 ވަނަ މިނިޓްގައި ލިބުނެވެ. އޭރިއާގެ ތެރެއިން ހަނާނަށް ލިބުނު ބޯޅަ ކޮންްޓްރޯލް ކޮށްލުމަށް ފަހު އޭނާ ފޮނުވާލުމުން ދިޔައީ ގޯލާ ސީދާނުވެ ބޭރުންނެވެ.

މެޗުގެ ނިމެން ދެ މިނިޓަށް ވެފައި ހުއްޓައި ޔޫވީގެ ޓޯނީ ނަގައިދިން ކޯނަރުން އިވާން ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ކީޕަރު ތޮލާލް އަތަށެވެ. އޭގެ ފަހުން ލިބުނު ހީލެޖެހުމަކުން ޓޯނީ ފޮނުވާލި ބޯޅަވެސް ކީޕަރު ތޮތާލް ވަނީ ސަލާމަތްކޮށްފަ އެވެ. ކުރިން ޔޫވީ އަށް ކުޅުނު ތޮލާލް ވަނީ ވެލެންސިއާގެ ލީޑުހިފެހެއްޓުމުގައި މޮޅަށް ކުޅެފަ އެވެ.

އުރީދޫ ދިވެހި ޕްރިިމިއާ ލީގުގައި މާދަމާ ދެ މެޗެއް ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ނުކުންނާނީ ފުރަތަމަ ޑިވިޝަނުގައި މާޒިޔާ އަށް އެންމެ ގިނަ ދުވަސްތަކެއް ވަންދެން ކޯޗުކޮށްދިން އިސްމާއިލް މަހުފޫޒް (އިންމަ) މިހާރު ކޯޗުކޮށްދޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށެވެ. މާދަމާރޭ ކްލަބް އީގަލްސް ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ޓީސީން ވަނީ މިދިޔަ ފަހަރު ލީގުގެ ފުރަތަމަ މެޗާއި މި ފަަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުން އީގަލްސް ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދީ އާއި އެމެެރިކާގެ އޮފާތައް ދޫކޮށް އަލަބާ އިޓާލިއަން ލީގަށް

ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން، ސައުދީ އަރަބިއްޔާ އާއި އެމެރިކާގެ ކްލަބްތަކުން ލިބުނު ބޮޑެތި ހުށަހެޅުންތައް ދޫކޮށްލުމަށްފަހު އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލަބާ އިޓަލީގެ އުދިނޭޒީއަށް ބަދަލުވާން ނިންމައިފި. އަލަބާ އެ ޓީމާ ގުޅެނީ އެއް އަހަރުގެ ކޮންޓްރެކްޓެއްގައި.

ދޮޅު އަހަރަށް ފަހު ރޭސިން އެސޯސިއޭޝަންގެ ކާމިޔާބު އިވެންޓެއް

އެއް އަހަރާއި އަށް މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު، ރޭސިން އެސޯސިއޭޝަނުން ބާއްވާ "ރާސް ޗެންޕިއަންޝިޕް" ލ. ގަމުގައި ކާމިޔާބުކަމާއެކު ބާއްވައިފި. މިއީ ލާމު އަތޮޅުގައި ބޭއްވި ފުރަތަމަ މޮޓޯސްޕޯޓްސް އިވެންޓް ކަމަށްވާއިރު، ރާއްޖޭގެ އެކި ސިޓީތަކުން 45 އެތުލީޓުން މި މުބާރާތުގައި ބައިވެރިވެފައިވެފައި

އޭޝިއަން ގޭމްސްގެ ސިންގަލްސް އިވެންޓުގައި ރަފާ އަށް މޮޅެއް

އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ސިންގަލްސްގައި ރަފާ ވަނީ ބަނގްލަދޭޝްގެ ކުޅުންތެރިއަކު ބަލިކޮށް މޮޅެއް ހޯދާފައި. އަދި މިކްސް ޑަބަލްސްގައި ރަފާ އާއި މުންސިފްގެ ޕެއާ އިން މޮންގޯލިއާގެ ޕެއާ އެއް ބަލިކޮށް ގަދަ 16 އަށް ދަތުރުކުރިއިރު، ދީމާ އާއި ފިރިހެން ޑަބަލްސް ޓީމު ވަނީ މެޗުތަކުން ބަލިވެފައި

އޭޝިއަން ގޭމްސްގައި ރާއްޖޭގެ މެރާލް ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ މެރާލް އައިން ލަތީފް 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުން އާ ގައުމީ ރެކޯޑެއް ގާއިމުކޮށްފި. މެރާލް މި ރެކޯޑް އާކުރީ 01:22.06 އިން ރޭސް ފުރިހަމަކޮށްގެން ކަމަށްވާއިރު، މީގެ ކުރިން މި ރެކޯޑް އޮތީ ހަމްނާ އަހުމަދު އަތުގައި

ރެފްރީން ބަދުނާމު ކުރަން ރެއާލުން އުޅެނީ އަމިއްލަ ދުނިޔެ އެއްގައި

ސްޕެނިޝް ލީގުގެ ރެފްރީންނަށް ފާޑުކިޔައި ބަދުނާމުކުރުމުގައި ރެއާލް މެޑްރިޑުން އަމިއްލަ ދުނިޔެއެއްގައި އުޅޭ ކަމަށް ބުނެ ލަލީގާގެ ރައީސް ހަވިއޭ ޓެބާސް އެ ކްލަބަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ.

ވަރުގަދަ ޓީމުތަކާ ކުޅެގެން ރާއްޖެ އަށް ފައިދާކުރާނެ: ސަމުއްޓެ

ރާއްޖެއަށްވުރެ ރޭންކިން މަތީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅުމަކީ ކުޅުންތެރިންގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން މެޗުގަކުގައި މިސްޓޭކް ރަނގަޅުކުރަން ލިބޭ ފުރުސަތެއް ކަމަށް ގައުމީ ކެޕްޓަން ސަމޫހު (ސަމުއްޓެ) ބުނެފި. މި މެޗުތަކަކީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކެއް

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

Newsletter

Get the latest news delivered straight to your inbox