އުރީދޫ ދިވެހި ޕްރިމިއާ ލީގު: އާކިބްގެ ގޯލުން ގްރީން އަތުން ދަ ގްރާންޑޭ ޕޮއިންޓެއް ހޯދައިފި

ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ކުޅުނު މެޗުގެ ތެރެއިން.--:

ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ކުޅުނު މެޗުގެ ތެރެއިން.--:

ސްރީ ލަންކާގެ ފޯވާޑް މުހައްމަދު އާކިބްގެ ގޯލުން 1-1 އިން އެއްވަރުކޮށް، އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުން ގްރީން ސްޓްރީޓްސް އަތުން ޕޮއިންޓެއް ހޯދައިފި އެވެ.

ޕްރިމިއާ ލީގުގެ ފުރަތަމަ މެޗަށް ދެ ޓީމުން ނުކުތީ މިދިޔަ މަހު ނިމުނު ޕްރެޒިޑެންޓްސް ކަޕާއި އަޅާ ބަލާއިރު ބަދަލުތަކާ އެކުގަ އެވެ. އެ ގޮތުން ދަ ގްރާންޑޭ އިން ވަނީ ލީގަށް ލަންކާގެ ގައުމީ ޓީމްގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު އާކިބާއި ޗަމޯދް ދިލްޝަން ގެނެސްފަ އެވެ. ގްރީނުން މި މެޗަށް ނުކުތްއިރު ސްޕެއިނުގެ މިޑްފީލްޑަރު އެންހެލް ކަރަސްކޯސާ މުނޯޒް ހުރީ އަނިޔާގަ އެވެ. އެޓީމުން ވަނީ ބިދޭސީ ދެ ފޯވާޑުން ކަމަށްވާ ކުރިން އެ ޓީމަށް ކުޅުނު އެލެކްސަންޑާ އަވީލާގެ އިތުރުން ޖޯޑީ ބާޓް ލީގަށް ގެނެސްފަ އެވެ.

މެޗު ފަށައިގެން ގްރީނުން ދިޔައީ ދަ ގްރާންޑޭގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެޓީމުން ފުރަތަމަ ހަމަލާ އުފެއްދީ މެޗުގެ ފަސް ވަނަ މިނިޓްގަ އެވެ. ބިދޭސީ ފޯވާޑް ޖޯޑީ ބާޓް ނަގައިދިން ހުރަހުން އަލީ ޝާމިއު (ތޮއްޕޭ) ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

Advertisement

ގްރީނުން ފުރަތަމަ ގޯލް ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. ހަތް ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) އަށް އޭރިއާ ތެރެއިން ދަ ގްރާންޑޭ އަށް ކުޅޭ އާކިބް ފައުލް ކުރުމުން ރެފްރީ ވަނީ ޕެނަލްޓީ އެއް ދީފަ އެވެ. ގްރީން ސްޓްރީޓްސް މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އެވެ. ރިލޭ ފޮނުވާލި ބޯޅަ ވަނީ ގޯލްގެ އަރިމަތީ ކަނަށެވެ.

އޭގެ ފަހުން ޗޯޓަށް އޭރިއާ ބޭރުން ލިބުނު ބޯޅަ ހިފައިން އެރިއާ ތެރެއަށް ވަދެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ޗޯޓު ފޮނުވާލުމުން ދިޔައީ އަރިމަތިން ބޭރަށެވެ. އޭގެ ދެ މިނެޓު ފަހުން ފޯވާޑް އަވީލާ ފޮނުވާލި ބޯޅަ ލިބުނީ އުނދަގޫކަމެއް ނެތިއެވެ.

މެޗުގައި ދަ ގްރާންޑޭ އިން ފުރަތަމަ ހަމަލާއެއް އުފެއްދީ 29 ވަނަ މިނިޓްގަ އެވެ. އާކިބް އަރިމަތިން ބޯޅަ ހިފައިންގެ ގޮސް ގްރީންގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާފައި އޭރިއާ ތެރެއަށް ވަދެ ނަގައިދިން ހުރަސް ލިބުނީ އިސްމާއިލް ނަޒީހު އަށެވެ. ނަޒީހު އެއް ފަހަރުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އޭގެ މިނެޓެއް ފަހުން ގްރީންގެ ޗޯޓުއަށް ގޯލެއް ޖަހަން ފުރުސަތެއް ލިބުނެވެ. ކައުންޓަ އެޓޭކެއްގައި ޗޯޓު ބޯޅަ ހިފައިން ގޮސް އޭރިއާ ތެރެއަށް ވަދެ ފޮނުވާލުމުގެ ކުރިން ގާސިމް ސަމާމް އެ ބޯޅަ ދިފާއުކުރި އެވެ. އޭގެ ފަހުން ބޯޅަ ލިބުނީ އަވީލާ އަށެވެ. ކީޕަރު ކުރިއަށް ނުކުމެ ހުރުމާ އެކު އަވީލާ މަސައްކަތް ކުރީ ގޯލްގެ މަތީ ކަނަށް ބޯޅަ ފޮނުވާލާށެވެ. ނަމަވެސް އެ ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ދް ގްރާންޑޭ އިން ވަނީ ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފުގެ ފަހު 15 މިނިޓްގައި ގްރީންގެ ގޯލަށް ނުރައްކާކުރަން ފަށައިފަ އެވެ. އެ ގޮތުން މެޗުގެ 33 ވަނަ މިނިޓްގައި އާކިބް ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު ޕާކިސްތާންގެ ހަނީފް ސާގިބް ދިފާއުކުރިއިރު، އޭގެ ތިން މިނެޓު ފަހުން އިސްމާއިލް މަފާޒް ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ދަ ގްރާންޑޭ އިން ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. އަރިމަތިން ލަންކާގެ ޗަމޯދް ނަގައިދިން ހުރަސް އާކިބް ބޮލުން ފޮނުވާލުމުން އަމާޒުވީ ގޯލްގެ ކަނަށެވެ. ކީޕަރު ސާގިބަށް ބޯޅަ ދިފާއުކުރަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ދެ ވަނަ ހާފުގެ ފެށުން ވެސް ދަ ގްރާންޑޭ އަށް ދިޔައީ ރަނގަޅަށެވެ. މި ހާފު ފަށައިގެން ފަސް ވަނަ މިނިޓްގައި މަފާޒަށް ލިބުނު ބޯޅަ އޭނާ ތިރިތިރިން ގޯލްގެ ކަނަށް ފޮނުވާލުމުން ކީޕަރު ސާގިބް ވަނީ އެ ބޯޅަ ދިފާއުކޮށްފަ އެވެ.

ޖުމްލަކޮށް ބަލާއިރު ދެ ވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ދަށް ކުޅުމެކެވެ. މާ ރަނގަޅު ހަމަލާތަކެއް ދެ ޓީމަށް ވެސް އުފެއްދިފައެއް ނުވެ އެވެ. އަދި ފަހުކޮޅަށް ދިޔައިރު ދެ ޓީމުންގެ ކުޅުންތެރިންގެ ފަރާތުން ވެސް ވަރުބަލިކަން ފާހަގަ ކުރެވުނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ގްރީން ސްޓްރީޓްސްގެ މިޑްފިލްޑް ލައިނުގައި ރަނގަޅު ކުޅުމެއް ދެއްކި ކެޕްޓަން ރިލޭ އަށެވެ. ރިލޭވަނީ ދަ ގްރާންޑޭގެ ބޯޅަތައް ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކުރުމުގެ އިތުރުން ގްރީނުން އުފެއްދި ހަމަލާތަކުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން ކްލަބް ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox