މެދުކެނޑުމަކަށް ފަހު ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި އުރީދޫގެ ސީއީއޯ ހާލިދު ހަސަން އަލް ހަމަދީ: ފޮޓޯ/ އެފްއޭއެމް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި އުރީދޫގެ ސީއީއޯ ހާލިދު ހަސަން އަލް ހަމަދީ: ފޮޓޯ/ އެފްއޭއެމް

ދިވެހި ޕްރިމިއާ ލީގު 2022ގެ މައި ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފި އެވެ.

އެންމެ ފަހުން އުރީދޫ މޯލްޑިވްސް, އިން ރާއްޖޭގެ އެންމެ ބޮޑު ލީގު، ދިވެހި ޕްރިމިއާ ލީގުގެ މައި ސްޕޮންސަރުގެ ގޮތުގައި ހަރަކާތްތެރިވީ 2017 ވަނަ އަހަރުގަ އެވެ.

ދިވެހި ލީގުގެ ނަން ދިވެހި ޕްރިމިއާ ލީގަށް ރީބްރޭންޑްކޮށްފައިވަނީ 2015 ވަނަ އަހަރުގަ އެވެ. އުރީދޫ އަކީ ޕްރިމިއާ ލީގުގެ ފުރަތަމަ ސްޕޮންސަރެވެ. ފުރަތަމަ އަހަރުގެ ފަހުން 2017 ވަނަ އަހަރާ ހަމައަށް ލީގުގެ މައި ސްޕޮންސަރަކީ އުރީދޫ އެވެ.

Advertisement

އޭގެ ފަހުން މިދިޔަ ތިން ސީޒަނުގައި ލީގުގެ ސްޕޮންސަރުކަން ކުރީ ދިރާގުންނެވެ.

މި އަހަރު ދިވެހި ޕްރިމިއާ ލީގު ފަށާނީ މިއަދު ހަވީރެވެ. ފުރަތަމަ މެޗުގައި ވާދަކުރާނީ ކުލަބު ގްރީން ސްޓްރީޓްސްއާއި ދަ ގްރާންޑޭއެވެ.

ދިވެހި ޕްރިމިއާ ލީގު 2022ގެ މައި ސްޕޮންސަރު އުރީދޫ ހަމަޖެއްސުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ގައުމީ ޓީމްގެ ޖާޒީއެއް އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު ހަސަން އަލް ހަމަދީ އަށް ވަނީ އަރުވައިފަ އެވެ. މި ޖާޒީ ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

އުރީދޫ މޯލްޑިވްސްއަކީ މިދިޔަ އަހަރު ނިމުނު ސާފް ޗެމްޕިއަންޝިޕް 2021ގެ ވެސް މައި ސްޕޮންސަރެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ކުރިއެރުމަށް އުރީދޫން އަންނަނީ މީގެ ކުރިންވެސް ގިނަ ހިދުމަތްތަކެއް ކުރަމުންނެވ

އެ ގޮތުން މުބާރާތްތައް ސްޕޮންސަަރު ކުރުމުގެ އިތުރުން ފުރަތަމަ ޑިވިޝަންގެ ބައެއް ކުލަބުތަކާ އެކު ވެސް އުރީދޫ އިން ވަނީ އެމްބަސަޑަރުންގެ އެއްބަސްވުންތަކެއްގައި މަސައްކަތްކޮށްފަ އެވެ.

އުރީދޫ އިން ސްޕޮންސަރެއްގެ ގޮތުގައި މީގެ ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެކު ފެނުނެވެ. މިހާރު އެމްބަސަޑަރެއްގެ ރޯލު ދީގެން މާޒިޔާ އަށް އުރީދޫ އިން ވަނީ ސްޕޮންސަރުކަން ދީފަ އެވެ.

ރާއްޖޭގެ އެންމެ ފުޅާދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ އުރީދޫ އިން އަންނަނީ ކުޅިވަރުގެ އެކި ލެވަލްގެ މުބާރާތްތަކުގައި ޕާޓްނަރުންގެ ގޮތުގައި މަސައްކަތްކުރަމުންނެވެ. އެ ގޮތުން ފުޓްސަލް މުބާރާތްތަކާއި އެހެނިހެން ގައުމީ ލެވަލްގެ މުބާރާތްތައް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox