ގައުމީ ބާސްކެޓްބޯޅަ ލީގު: ވާދަވެރި ކުޅުމަކަށްފަހު ރެޑްވިންގްސް އާއި ޓީރެކްސް މޮޅުވެއްޖެ

Feb 16, 2022, 12:44 PM
ގައުމީ ބާސްކެޓްބޯޅަ ލީގު: ވާދަވެރި ކުޅުމަކަށްފަހު ރެޑްވިންގްސް އާއި ޓީރެކްސް މޮޅުވެއްޖެ

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ބައިގައި އިއްޔެ ރެޕްޓާސް ބާސްކެޓްބޯޅަ ކުލަބް އަތުން ރެޑްވިންގްސް ބާސްކެޓްބޯޅަ ކްލަބް މޮޅުވިއިރު، ބައުސް ސްޕޯޓްސް ކްލަބާ ކުޅެގެން ޓީރެކްސް ބާސްކެޓްބޯޅަ ކްލަބް މޮޅުވެއްޖެ އެވެ.

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ޑިވިޝަންގައި މިފަހަރު ހަ ޓީމް ވާދަކުރެ އެވެ. އެއީ ރެޕްޓާސް، ރެޑްވިންގްސް، ޓީރެކްސް، ބައުސްގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން ކިންގްސް ބާސްކެޓްބޯލް ކްލަބް އާއި ސްޓިންގާސް ބާސްކެޓްބޯލް ކްލަބް އެވެ.

ފުރަތަމަ ޑިވިޝަންގެ ފިރިހެން ބައިގެ ފުރަތަމަ މެޗުގައި ވާދަކުރީ ޓީރެކްސް އާއި ބައުސް އެވެ. މި މެޗު ޓީރެކްސްއިން ކާމިޔާބުކުރީ 80-71 އިންނެވެ. މެޗު ފަށައިގެން ފުރަތަމަ ކުއާޓާ ޓީރެކްސްއިން ނިންމާލީ ލީޑްގައި އޮވެ އެވެ. ފުރަތަމަ ކުއާޓާގައި އެޓީމުން ހަ ޕޮއިންޓްގެ ލީޑެއް ނެގިއިރު، ދެ ވަނަ ކުއާޓާގައި ލީޑް 12 ޕޮއިންޓަސް ފުޅާކުރި އެވެ. ބައުސް އިން ވަނީ ނިސްބަތުން ރަނގަޅު ކުޅުމެއް ފަހު ދެ ކުއާޓާގައި ދައްކައިފަ އެވެ. ތިން ވަނަ ކުއާޓާ ނިމުނުއިރު ޓީރެކްސްގެ ލީޑް އޮތީ 13 ޕޮއިންޓަށް ފުޅާވެފަ އެވެ. ނަމަވެސް ފަހު ކުއާޓާގައި ރަނގަޅު ކުޅުމެއް ދައްކައި ލީޑް ނުވަ ޕޮއިންޓަށް ކުޑަކުރިއެވެ.

Advertisement

މެޗުގައި ޓީޜެކްސް އަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސާބިއާ ކުޅުންތެރިޔާ ފްލިޕް ވުކޮސަލްޔެވިޗް އެވެ. ބައުސް އަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ މުހައްމަދު ސަމޫހު އެވެ.

ފުރަތަމަ ޑިވިޝަންގެ ދެވަނަ މެޗުގައި ރެޕްޓާސް އަތުން ރެޑްވިންގްސް މޮޅުވީ 94-82 އިންނެވެ. މި މެޗުގެ އެންމެ ބޮޑު ތަފާތަކަށްވީ ދެ ޓީމްގެވެސް ބިދޭސީ ކުޅުންތެރިންނެވެ. ފުރަތަމަ ކުއާޓާ ނިމުނުއިރުު ބިދޭސީ ކުޅުންތެރިޔާ ތޯމަސް މަލިކްގެ މޮޅު ކުޅުމުން ރެޑްވިންގްސް ލީޑް ނެގިއިރު، ދެވަނަ ކުއާޓާގައި ރެޕްޓާސް ފެނުނީ ތަންކޮޅެއް ދަށްކޮށެވެ.

މި ކުއާޓާ ނިމުނުއިރު ރެޑްވިންގްސް އޮތީ 63-42 ޕޮއިންޓުން ކުރީގަ އެވެ. ތިން ވަނަ ކުއާޓާގައި ނިކުމެ ރެޕްޓާސް އިން 21 ޕޮއިންޓްގެ ލީޑް އަށް ޕޮއިންޓަށް ހަނިކުރި އެވެ. ނަމަވެސް ފަހު ކުއާޓާގައި ރެޑްވިންގްސް އިން ކުޅުން ރަނގަޅުކޮށް 12 ޕޮއިންޓްގެ ތަފާތަކާ އެކު މެޗު ކާމިޔާބުކުރި އެވެ.

ގައުމީ ބާސްކެޓްބޯޅަ ލީގުގައި ރެޕްޓާސް ބީސީ އާއި ރެޑްވިންގްސް ބީސީ ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ/ އެމްބީއޭ
ގައުމީ ބާސްކެޓްބޯޅަ ލީގުގައި ރެޕްޓާސް ބީސީ އާއި ރެޑްވިންގްސް ބީސީ ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ/ އެމްބީއޭ

ގައުމީ ބާސްކެޓްބޯޅަ ލީގުގައި ރެޕްޓާސް ބީސީ އާއި ރެޑްވިންގްސް ބީސީ ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ/ އެމްބީއޭ

މެޗުގައި ރެޑްވިންގްސް އަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ މަލިކް އެވެ. ރެޕްޓާސް އަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ކޯބީ އެވެ.

މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ އަންހެން ބައިގެ ކުޅުންވެސްވަނީ އިއްޔެ ފަށައިފަ އެެވެ. ފުރަތަމަ މެޗުގައި ކުއީންސް ބީސީން ވަނީ ލަޔަނެސް ސްޕޯޓްސް އަތުން 113-28 ޕޮއިންޓުން މޮޅުވެފަ އެވެ. މެޗުގެ ކޮންމެ ކުއާޓާއެއްގައި ވެސް ސީނިއާ ގައުމީ ޓީމްގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ކުއީންސް އިން މަދުވެގެން 25 ޕޮއިންޓް ސްކޯ ކުރި އެވެ. ޒުވާން ގިނަ ކުޅުންތެރިން ހިމެނޭ ލަޔަނެސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދުނީ ތިން ވަނަ ކުއާޓާގަ އެވެ. އެއީ 11 ޕޮއިންޓެވެ.

މެޗުގައި ކުއީންސް އަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި ރައިފާ އިބްރާހިމް އެވެ. ލަޔަނެސް އަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ ރުވެއިޝަމް ރިޔާޒް އެވެ.

މުބާރާތުގައި މިއަދުވެސް ތިން މެޗެއް ކުޅޭނެ އެވެ. މިއަދު ހަވީރު ކުޅޭ ފުރަތަމަ ޑިވިޝަންގެ ފިރިހެން ބައިގެ މެޗުގައި ވާދަކުރާނީ ކިންގްސް ބާސްކެޓްބޯލް ކްލަބާއި ސްޓިންގާސް ބާސްކެޓްބޯލް ކްލަބް އެވެ.

މިރޭ ކުޅޭނީ ދެވަނަ ޑިވިޝަންގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި ގްރޫޕް ބީގެ ސްޕާޓަންސް ނިކުންނާނީ ޔޫއެން ފްރެންޑްސް އާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި ރޯޔަލްސް ބީސީ ނިކުންނާނީ ވުލްވްސް ބީސީ އާއި ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox