މޯލްޑިވްސް އިސްލާމިކް ބޭންކުން އަގުބޮޑު އިނާމުތަކާއެކު ރޯދަ މަހަށް ހާއްސަ "އުޖާލާ ޕްރޮމޯޝަން" ފަށައިފި އެވެ.
މި މަހުގެ 15 އިން ފެށިގެން މެއި އެކެއްގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އެމްއައިބީގެ އުޖާލާ ދިރިއުޅުން ސްކީމުގެ ދަށުން އެއް ފަހަރާ 25،000ރ. އަށް ވުރެ ގިނަ މުދާ ގަންނަ ފަރާތްތަކަށް ބައިވެރިވެވޭނެ އެވެ. އެމްއައިބީގެ ކޮންމެ ބްރާންޗަކަށް ކޯޓޭޝަން ހުށަހެޅި ނަމަވަސް މި ޕްރޮމޯޝަންގައި ބައިވެރިވެ އެވެ،
ޕްރޮމޯޝަންގެ އިނާމުތައް
1 ވަނަ - ހޮންޑާ ސްކޫޕީ ސައިކަލެއް
2 ވަނަ - އެޕަލް އައިފޯނު 13 ޕްރޯ މެކްސްއެއް
3 ވަނަ - އިންޗި ޓީވީއެއް
"އުޖާލާ ދިރިއުޅުން"
މިވަގުތު ބާޒާރުގައި ހުރި ކޮންސިއުމާ ފައިނޭންސް ޕްރޮޑަކްޓަކްޓުތަކުގެ ތެރެއިން އެންމެ މަގުބޫލު ޕްރޮޑަކްޓަކީ ވެސް އުޖާލާ ދިރިއުޅުމެވެ.
މި ފެސިލިޓީއަކީ ވަޒީފާއެއްގައި އުޅޭ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޭނުންކުރެވޭ ޕްރޮޑަކްޓެކެވެ. މި ސްކީމުގެ ދަށުން 400،000ރ. އާ ހަމައަށް މުދާ ގަނެވޭ އިރު، އެ މީހަކަށް މުދާ ނެގޭނެ ލިމިޓް ކަނޑައަޅަނީ މުސާރައިގެ އިތުރުން ކުއްޔާއި، އެހެނިހެން ގޮތްގޮތުން ލިބޭ އާމްދަނީ ވެސް ހިމަނައިގެންނެވެ.
އުޖާލާ ދިރިއުޅުން ސްކީމުގެ ދަށުން ރާއްޖޭގެ ގިނަ ފިހާރަތަކަކުން މުދާ ނެގޭނެ އެވެ. ފައިނޭންސިން އެހެން ސްކީމްތަކާ ހިލާފަށް މި ސްކީމުގައި ފައިސާ ދައްކަން ބޭނުންވާ މުއްދަތު 18 މަހާއި 48 މަހާ ދެމެދުގެ މުއްދަތެއްގެ ތެރެއިން ކަސްޓަމަރު ބޭނުންވާ މުއްދަތެއް ވެސް ހިޔާރުކުރެވެ އެވެ. މި ފެސިލިޓީގެ ދަށުން ލިބޭ ފައިސާގެ ލިމިޓް ހަ މަސް ވަންދެން ބޭނުންކުރެވެ އެވެ. އެ މުއްދަތުގައި ބޭންކަށް ހަމައެކަނި ކޯޓޝަން ހުށަހެޅުމުން ދުވަހުން ދުވަހަށް މުދާ ލިބޭނެ އެވެ.
ކޯޓޭޝަން ހުށަޅާނީ ކިހިނެއް؟
"އުޖާލާ ދިރިއުޅުން" ގަންނަން ބޭނުންވާ މުދަލުގެ ކޯޓޭޝަން އެމްއައިބީގެ އެޕްލައި ނައު ޕޯޓަލް މެދުވެރިކޮށް ބޭނުންވާ ބްރާންޗަކަށް ހުށަހެޅޭނެ އެވެ. ކޯޓޭޝަން ގަބޫލުކުރި ކަމުގެ އެސްއެމްއެސް ނުވަތަ އީމެއިލް ލިބުމުން، އޭންޓް ކިއު އެޕްލިކޭޝަންއިން ނަންބަރެއް ނެގުމަށް ފަހު ކޯޓޭޝަންގެ އަސްލާއިއެކު ބޭންކަށް ދުރުވެ އެގްރިމަންޓުގައި ސޮއި ކުރެއްވުމުން ފިހާރައިން މުދާ ދޫކުރާނެ އެވެ.









