ދެ އޮފިސަރުންގެ ވަޒީފާ ރުޖޫއަނުކުރި މައްސަލަ: ސުޕްރީމް ކޯޓުގައި ހޫނު ސުވާލުތަކެއް

ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމާފައިވާ އޮފިސަރުން --

ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމާފައިވާ އޮފިސަރުން --

ފުލުސް ބޯޑުން ވަކި ކުރުމަށް ނިންމައި ނޯޓިސްދީފައިވާ ފުލުހުންގެ ހަތް ސީނިއާ އޮފިސަރުންގެ ތެރެއިން ސިވިލް ކޯޓަށް މައްސަލަ ވައްދާފައިވަނިކޮށް، މަގާމުން ވަކި ކުރި ދެ އޮފިސަރުންގެ ވަޒީފާ އިއާދަ ނުކޮށްދިން މައްސަލާގައި ސުޕްރީމް ކޯޓުން ހޫނު ސުވާލުތަކެއް ކުރުމަށްފަހު އިސްތިއުނާފީ އަޑުއެހުންތައް ނިންމާލައިފި އެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް އެ މައްސަލައިގައި ހިމެނޭ އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދާއި، އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދު މަގާމުން ވަކިކޮށްފައިވާއިރު، ދެން ވަކިކުރަން ނިންމާފައި ވަނީ ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އެވެ.

ނަމަވެސް ކޯޓުގައި އެ މައްސަލަ ނިމުމުގެ ކުރިން އެ އޮފިސަރުން ވަޒީފާއިން ވަކިކޮށްފި ނަމަ އިއާދަނުކުރެވިދާާނެ ފަދަ ބޮޑެތި ގެއްލުންތަކެއް އެ މީހުންނަށް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ތިން އޮފިސަރެއްގެ ވަޒީފާ މައްސަލަ ނިމެންދެން ދެމެހެއްޓުމަށް ހައިކޯޓުން އަމުރު ކުރި އެވެ. އަނެއް ދެ އޮފިސަރުންގެ ވަޒީފާ އިޔާދަކުރުމާ މެދު ގޮތެއް ކަނޑައަޅާފައި ނުވާތީ ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން މިއަދު ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ބޭއްވި އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފަސް އޮފިސަރުން ތަމްސީލުކުރާ ދިވެހި ޗެމްބާސްގެ ގާނޫނީ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް މަރިޔަމް ނިހާޔަތު އިސްތިއުނާފް ކުރި ނުކުތާ މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ހުށަހަޅެމާ އެކު، އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަ ޑރ. އަޒްމިރަލްދާ ޒާހިރުގެ ގިނަ ސުވާލުތަކެއް އޭނާއާ އަމާޒު ކުރެއްވި އެވެ.

"ޕަވާސް އެބިއުސްކުރެވިގެން، ޕްރޮސެސް އެބިއުސް ކުރެވިގެން (އިޖްރާއަތްތައް ލަސްވުމުގެ ބޭނުން ދައުލަތުން ނަހަމަ ގޮތުގައި ބޭނުން ހިފާ) ހާލަތުގައި، ދެން ތިމަންނަމެންނަށް (ހައިކޯޓަށް) ކުރެވޭނެ ކަމެއް ނެތޭ، ކިއެއްހޭ ކުރާނީ، އެ މިންވަރަށް އަޅުގަނޑުމެން ގަބޫލުކޮށްފި ނަމަ އެ ޕްރޮސެސް އަނެއްކާވެސް އެބިއުސް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ،" އިސްތިއުނާފީ މައިގަނޑު ނުުކުތާއެއްގެ ގޮތުގައި ނިހާޔަތު ފާހަގަކުރެއްވި އެވެ.

މައްސަލަ ކުރިއަށް ދަނިކޮށް ހާލަތު ބަދަލުވި ކަމަށް ނިހާޔަތު ވިދާޅުވުމާ އެކު ފަނޑިޔާރު އަޒްމިރަލްދާ ވަނީ އެ މައްސަލަ ބެލުމުގެ އިހްތިސޯސް ސުޕްރީމް ކޯޓަށް ލިބޭތޯ ސުވާލުކުރައްވާފަ އެވެ. އަދި ދެވޭނެ ފަރުވާއަކީ ކޮބާތޯވެސް އެއްސެވި އެވެ. ނަމަވެސް އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި އެ މައްސަލަ އިސްތިއުނާފް ކުރެއްވި ސަބަބު ނިހާޔަތު ތަކުރާރު ކުރެއްވި އެވެ.

އެހެންވެ، އޭނާގެ ވާހަކަ މެދުކަނޑުލަމުން ފަނޑިޔާރު އަނެއްކާވެސް އިތުރު ސުވާލެއް ކުރެއްވި އެވެ. މިފަހަރު އެއްސެވީ އިޖްރާއަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމަށް ތުހުމަތުކުރާ މައްސަލަ ހައިކޯޓަށް ހުށަހެޅިތޯ އެވެ. އަދި އެކަމާ މެދު ގޮތެއް ކަނޑައަޅާފައި ވޭތޯ އެވެ. ފަނޑިޔާރު ވިދާޅުވި ގޮތުގައި ލިޔެކިޔުމުން އެކަން ފެންނާކަށް ނެތެވެ.

ޖަވާބުގައި ނިހާޔަތު ވަނީ އެ މައްސަލަ ހިނގައި ދިޔަ ގޮތުގެ ކުރު ހުލާސާއެއް ފަނޑިޔާރަށް ކިޔައިދެއްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޖަމްޝީދާއި މުހައްމަދު މިދިޔަ އަހަރުގެ އޮގަސްޓް 10، 2021 ވަނަ ދުވަހު ފުލުހުންގެ ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ސެޕްޓެމްބަރު 30، 2021 ގައި ދީފަ ވެއެވެ. އެ މައްސަލަ ކޯޓަށް ވެއްދީ އޮގަސްޓު މަހުގެ ހަވަނަ ދުވަހު އެވެ.

އިންޒާރު ދީފައިވާ ދުވަހުގެ ކުރިން އެ މައްސަލާގައި ގޮތެއް ކަނޑައަޅާ ދިނުމަށް ލިޔުމުން އެދުމުންވެސް ޝަރީއަތުގެ ކުރިން ބާއްވާ ޑިސްޕިއުޓް އަޑުއެހުމެއްވެސް ކޯޓުން ތާވަލްކުރީ 10 ވަނަ ދުވަހު ކަމަށް ނިހާޔަތު ވިދާޅުވި އެވެ. އަދި އެ އަޑުއެހުމުގައި އެ ވާހަކަތައް ދެއްކި ނަމަވެސް، ގޮތެއް ކަނޑައަޅާދީފައި ނުވާތީ ދައުލަތުން އެ ދެ އޮފިސަރުން މަގާމުން ވަކިކުރިކަން ފާހަގަކުރެއްވި އެވެ.

"އެހެން ނަމަވެސް ޑިސްޕިއުޓުންވެސް ވަގުތީ އަމުރު އެންޓަޓެއިންއެއް ނުކުރޭ، (އެ މަރުހަލާގައި ވަގުތީ އަމުރެއް ނުނެރެދިން)، ކޯޓުން ބުނީ އެއީ ތިމަންނަމެން ކުރާ ކަމެއް ނޫނޭ އުސޫލެއްގެ ގޮތުން، އެކަމަކު ބާރު އެބައޮތޭ،" ނިހާޔަތު ފަނޑިޔާރުގެ ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވި އެވެ.

އޭނާ ކިޔައިދެއްވި ގޮތުގައި އެންމެ ފުރަތަމަ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުނީ އެމަހުގެ 12 ވަނަ ދުވަހު އެވެ. އަދި އެކަމުގައި ޖެހިގެން އައި ދުވަހު ގޮތެއް ކަނޑައެޅީރު އެ ދެމީހުންގެ ވަޒީފާ ގެއްލިފައިވާތީ ނިމިފައިވާ ކަމެއްގައި ގޮތެއް ކަނޑަ ނޭޅުނެވެ.

ނިހާޔަތު ގަބޫލުކުރައްވާ ގޮތުގައި ކޯޓުގެ އަޑުއެހުން ލަސްވުމުގެ ބޭނުން ނަހަމަ ގޮތުގައި ދައުލަތުން ހިފުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ. ހައިކޯޓަށް އެ މައްސަލަ ލައިގެންވެސް އެ ކަމުގައި ގޮތެއް ކަނޑައަޅާފައި ނުވުމުން ސުޕްރީމް ކޯޓަށް އެ މައްސަލަ ވެއްދީ ގާނޫނު ތަތުބީރު ކުރާ ގޮތެއް ބެލުމަށެވެ.

"މައްސަލައިގެ އަސްލު މައުލޫވީ ދައުވާ ހިނގަމުންދާއިރު، މައްސަލާގެ މައުލޫގެ ތެރޭގައި މި ވާހަކަ ދެއްކުމުގެ ހުރަހަކީ ކޮބާތޯއޭ، ތި ތުހުމަތު ކުރައްވަނީ ދައުލަތުގެ ފަރާތުން ޕްރޮސެސް އެބިއުސްކޮށްފައި އޮތް ކަމަށް (އިޖްރާއަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމަށް)، އެހެންވެއްޖީއާ އެ ނުކުތާ ކިއެއްވެތޯއޭ މިހާރު ހިނގަމުންދާ މައުލޫވީ ދައުވާގެ ތެރެއިން ހުށަ ނޭޅުއްވެންވީ،" ފަނޑިޔާރު އަޒްމިރަލްދާ ސުވާލު ކުރެއްވި އެވެ.

ނިހާތު ވިދާޅުވީ އެ ވާހަކަތައް ސިވިލް ކޯޓުގެ މައްސަލައިގެ ތެރެއިން ފާހަގަކުރައްވާނެ ކަމަށެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އެ އޮފިސަރުންގެ ވަޒީފާ ވަކި ކުރި މައްސަލާގައި ގޮތެއް ނުނިމި އޮތީމާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު އާއި އެސިސްޓެންޓް ކޮމިޝަނާ އަހުމަދު މުހައްމަދު (ޓޫފޯ) މަގާމުން ވަކިކުރީ، ފުލުހުންގެ ލޯންޗުފަހަރު ރާއްޖޭން ބޭރުން މަރާމާތުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުކުރެވި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާތީ އެވެ.

މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު އިބްރާހިމް ރިޔާސަތުގައި އިންނަވައިގެން، ފަނޑިޔާރު އަޒްމިރަލްދާ އާއި، ފަނޑިޔާރު އައިޝަތު ޝުޖޫންއާ އެކު އެވެ. އަޑުއެހުންތައް ނިންމާލީ ވަރަށް އަވަހަށް އެ މައްސަލާގައި ގޮތެއް ކަނޑައެޅުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވެ އެވެ.

އިތުރަށް ކިޔާލުމަށް:

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox