ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ މެޗު ވުލްވްސް ކާމިޔާބުކޮށްފި

ގައުމީ ބާސްކެޓްބޯޅަ ލީގުގައި ވުލްވްސް އައި ވައިކިންސް ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ/ އެމްބީއޭ

ގައުމީ ބާސްކެޓްބޯޅަ ލީގުގައި ވުލްވްސް އައި ވައިކިންސް ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ/ އެމްބީއޭ

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެ ވަނަ ޑިވިޝަންގެ ކުޅުނު ފުރަތަމަ މެޗުގައި ވައިކިންސް ބާސްކެޓްބޯޅަ ކްލަބާ ވާދަކޮށް ފަސޭހަކަމާ އެކު ވުލްވްސް ބާސްކެޓްބޯޅަ ކްލަބުން ކާމިޔާބުކޮށްފި އެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ ގައުމީ ލެވެލްގެ ފުރަތަމަ ބާސްކެޓްބޯޅަ މުބާރާތް ކަމަށްވާ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ކުޅުން ފަށާފައިވަނީ ދެވަނަ ޑިވިޝަނުންނެވެ.

މީގެ ދެ އަހަރު ކުރިން މަހު ބޭއްވި ގައުމީ ބާސްކެޓްބޯޅަ ލީގާއި ގައުމީ ބަސްކެޓްބޯޅަ މުބާރާތަށްފަހު ބާސްކެޓްގެ އެއްވެސް މުބާރާތެއް ނުބޭއްވި ދިޔައީ ކޮވިޑް-19އާ ގުޅިގެން ޒުވާނުންގެ މަރުކަޒު ފްލޫ ކްލިނިކެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ވެކްސިން ދިނުމުގެ މައި ހަބެއްގެ ގޮތުގައި މި އަހަރާ ހަމައަށް ބޭނުން ކުރުމުންނެވެ.

ނުވަ ޓީމު ދެ ވަނަ ޑިވިޝަންގައި ވާދަކުރާއިރު ޓީމްތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ. ގްރޫޕް އޭގައި އޮތީ ވައިކިންސް ބާސްކެޓްބޯލް ކްލަބް، ރޯޔަލް ބާސްކެޓްބޯލް ކްލަބް، ނައިޓްސް ބާސްކެޓްބޯލް ކްލަބް، ވައިޕާސް ބާސްކެޓްބޯލް ކްލަބް، ވުލްވްސް ބާސްކެޓްބޯލް ކްލަބް އެވެ. ގްރޫޕް ބީގައި އޮތީ ޓެލަންސް ބާސްކެޓްބޯލް ކްލަބް، ސްޕާޓަންސް ބާސްކެޓްބޯލް ކްލަބް، ޔޫއެން ފްރެންޑްސް އަދި ހުޅުމާލެ ސްޕޯޓްސް ކްލަބް އެވެ.

ދެ ވަނަ ޑިވިޝަންގެ ގްރޫޕް އޭގައި ވައިކިންސް އާއި ވުލްވްސް ވާދަކޮށް މި މެޗު 96-48 ޕޮއިންޓްގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ވުލްވްސް އެވެ. ތަފާތު މޮޅު ކުޅުމެއް ދައްކައި މުޅި މެޗު ވުލްވްސް އިން ޑޮމިނޭޓްކުރިއިރު، އެ ޓީމުން މެޗު ފެށިގެން ގޮސް ނިމެންދެން އޮތީ ލީޑުގަ އެވެ.

ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނުނު ވައިކިންސް އިން ވެސް ވަނީ މެޗުގެ ބައެއް ދަނޑިވަޅުތަކުގައި ރަނގަޅު ފޯރިއެއްގައި ކުޅެފަ އެވެ. އެކަމަކު، މެޗުން މޮޅުވެވޭވަރުގެ ކުޅުމެއް ދެއްކޭގޮތެއްނުވި އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވުލްވްސްގެ ޝަހުދާން އާމިރެވެ.

ގައުމީ ލީގުގެ ކުޅުން މިރޭ ވެސް ކުރިއަށްދާނެ އެވެ. މިރޭ ކުޅޭނީ ވެސް ދެވަނަ ޑިވިޝަންގެ ދެ މެޗެކެވެ. ފުރަތަމަ މެޗުގައި ވާދަކުރާނީ ގްރޫޕް އޭގެ ރޯޔަލްސް ބީސީ އާއި ނައިޓްސް ބީސީ އެވެ. މިރޭ ކުޅޭ ދެ ވަނަ މެޗުގައި ގްރޫޕް ބީގެ ޔޫއެން ފްރެންޑްސް ނުކުންނާނީ ހުޅުމާލެ ބާސްކެޓްބޯޅަ ކުލަބާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox