އެމްޑީޕީގެ ވެރިކަން އަބަދުމެއޮތުމަށް 30 ޕަސެންޓުން އިންތިހާބުވާ ގޮތް ބޭނުންތެރި: ނަޝީދު

ރައީސް ނަޝީދު: އެމްޑީޕީގެ ވެރިކަން އަބަދުމެއޮތުމަށް ގާނޫނުއަސާސީ ބަދަލުކުރުން މުހިންމު ކަމަށް ވިދާޅުވި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ރައީސް ނަޝީދު: އެމްޑީޕީގެ ވެރިކަން އަބަދުމެއޮތުމަށް ގާނޫނުއަސާސީ ބަދަލުކުރުން މުހިންމު ކަމަށް ވިދާޅުވި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

އެމްޑީޕީ ވެރިކަން އޮތުމަށް އެދޭ ރައްޔިތުންނަށްޓަކައި ގާނޫނުއަސާސީއަށް މުހިންމު ބަދަލުތައް ގެންނަން ކޮންމެހެން ވެސް ޖެހޭ ކަމަށާއި އެކަމަށް ތާއިދުކޮށް ދިނުމަށް އެދޭ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އިސްކަންދަރު ސްކޫލްގައި މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ގާނޫނުއަސާސީއަށް އެމަނިކުފާނު ގެންނަން ބޭނުންވާ ބަދަލުތަކާއި އޭގެ ސަބަބުތައް ހިއްސާކުރައްވާފަ އެވެ.

އެ ބަދަލުތަކުގެ ވާހަކަ ނަޝީދު އެންމެ ފުރަތަމަ މިއަދު ހިއްސާކުރެއްވީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގަ އެވެ. އެގޮތުން, ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކުރެވެނީ ރިޔާސީ އިންތިހާބުގައި 30 ޕަސެންޓަށްވުރެ އެންމެ ގިނައިން ވޯޓު ލިބޭ ކެންޑިޑޭޓް އިންތިހާބުން ކާމިޔާބުވީ ކަމުގައި ގާނޫނުއަސާސީގައި ލިޔުމެވެ.

Advertisement

މިހާރު ގާނޫނުއަސާސީގައި އޮންނަ ގޮތުން ވޯޓުގެ 51 ޕަސެންޓް ހޯދައިގެން މެނުވީ ރާއްޖޭގެ ރައީސް ކަމަށް އިންތިހާބެއް ނުވެވޭނެ އެވެ. އެހެންވެ, ދެވަނަ ބުރެއްގެ ވޯޓަށް މީގެކުރިން ބޭއްވި ދެ ރިޔާސީ އިންތިހާބެއްގައި ވެސް ދާން ޖެހުނެވެ.

ނަޝީދު މިރޭ ވިދާޅުވި ގޮތުގައި, އެކަމަށް ބަދަލު ގެނައުމަކީ އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ބޭނުންތެރިކަމެއްގެ ގޮތުގައި އެންމެން ވެސް އިއްތިފާގުވާނެ އެވެ.

"...އަދި ރާއްޖޭގެ ހުރިހާ ރައްޔިތުން ހަރު އަޑުން އެމްޑީޕީގެ ވެރިކަމެއް މި ރާއްޖޭގައި އަބަދުމެ އޮތުމަށް ކުރިއަށް އޮތް ފަސް އަހަރަށް އަދި އިތުރު ފަސް އަހަރަށް ވެސް އޮތުމަށް އެ ގޮވަމުންދާ ގޮވުން އަޅުގަނޑުމެން ކަނުލާ އަޑުއަހަން ޖެހޭނެ," ނަޝީދު ވިދާޅުވި އެވެ.

ދެން ނަޝީދުގެ އެންމެ މުހިންމު އެޖެންޑާއަކީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރުމެވެ. އެކަމަށް އަބަދުމެ ވަކާލާތު ކުރައްވާ ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރު ބޭއްވި އުކުޅަހު ކޮންގްރެސްއަކީ ވެރިކަމުގެ ނިޒާމް ބަދަލުކުރުން އެމްޑީޕީން ބަލައިގެންފައިވާ ކަމާއި އަދި އެކަމަކީ އެމްޑީޕީން އަބަދުމެ ވަކާލާތު ކުރާ ކަމެއް ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި, އެމްޑީޕީން ވަކާލާތު ކުރަނީ ވެރިކަމުގެ ހުރިހާ ކަމެއް ރައްޔިތުންގެ ކުރިމަތީގައި ދެފުށްފެންނަ ގޮތަށް ކުރިއަށް ގެންދިޔުމަށެވެ. އެ ނިޒާމަކީ ބަރުލަމާނީ ނިޒާމްކަން ނަޝީދު ފާހަގަކުރައްވަ އެވެ.

މިއަދު, ވަޓްސްއަޕް ގުރޫޕްގައި ނަޝީދު ފާހަގަކުރެއްވި ކަންކަމުގެ އިތުރަށް ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ނަޝީދު މިރޭ ފާހަގަކުރެއްވި އެވެ. އެގޮތުން, ކޮންމެ ފަސް އަހަރަކުން މެންބަރުންގެ އަދަދު އިތުރު ނުވާނެ ގޮތެއް ހެދުން މުހިންމު ކަމަށް ވިދާޅުވި އެވެ. އަދި, ބަރުލަމާނީ ވެރިކަމެއްގައި އެކުލަވިގެންވާ ފަދަ މަޖިލީހެއް ގެނައުމަށް ބަދަލުތައް ގެންނަން ޖެހޭކަން ވެސް ފާހަގަ ކުރެއްވި އެވެ.

އެ ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ހާއްސަ ކޮންގްރެސްއެއް ބޭއްވުމަށް މިރޭ ގައުމީ މަޖިލީހުން ވަނީ ނިންމާފަ އެވެ. ގައުމީ މަޖިލީހުން ފާސްކުރީ މި އަހަރުގެ އޯގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު ކޮންގްރެސް ބޭއްވުމަށެވެ.

ގާނޫނުއަސާސީއަށް ގެންނަން ނަޝީދު ބޭނުންވާ ބަދަލުތައް

1. މިނިވަން މުއައްސަސާތަކުގެ އަދަދާ އެކުލެވިގެން ވާގޮތަށް ގެންނާން ޖެހޭ އިސްލާހުތައް ކޮންގްރެސްއިން ފާސްކުރުން. (ހާއްސަ ގޮތެއްގައި ޖުޑިޝިއަލް ސާވިސަސް ކޮމިޝަން އެކުލެވިގެންވާ ގޮތަށް ގެނަން ޖެހޭ އިސްލާހުތައް.)

2. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނުއަސާސީގައި ކަނޑައެމަށް ނިންމާ ނިންމުން.

3. ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަކީ ޖުމްލަ ވޯޓްގެ 30% އަށް ވުރެން މަދު ނޫން އަދަދަކަށް ވޯޓް ހޯދާފައިވާ ކެންޑިޑޭޓެއްނަމަ، އެ ކެންޑިޑޭޓްއަކީ މޮޅުވި ކެންޑިޑޭޓްގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައެޅުމަށް ކޮންގްރެސްއިން ނިންމުން.

(މިފަދަ ކަނޑައެޅުމެއްގައި، އެއްވެސް ކެންޑިޑޭޓްއަކަށް 30% ގެ މިންވަރަށް ވޯޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓް ހޯދާ ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރަކަށް ވޯޓް ނަގާ އެންމެ ގިނަ ވޯޓް ހޯދި ކެންޑިޑޭޓް އެއީ މޮޅުވި ކެންޑިޑޭޓްގެ ގޮތުގައިވެސް ގާނޫނުއަސާސީގައި ކަންޑައެޅުން.)

4. ގާނޫންއަސާސީގައި ކަނޑައަޅާނެ ލާކާމަރުކަޒީ އިތުރު އުސޫލްތައް ކަނޑައެޅުން.

5. ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އަދި އެފެންނަ ނުފެންނަ ވޯޓް ނަގާނެ ތާރީހެއް، އަދި ނެގޭ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އާއި އެއްގޮތައް ގާނޫނުއަސާސީގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ކޮންގްރެސްއިން އެއްބަސްވުން.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox