ހުލާސާކޮށް އިއްޔެ: ވެންޓިލޭޓަރަށްވާ ފައިސާ ހޯދަން އާބިޓްރޭޝަނަށް ނުދިޔުން

ހެލްތު މިނިސްޓަރު (ވ) އަދި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު (ކ) ޕްރެސްއެއް ދެއްވަނިކޮށް: ހަ މަސް ވެގެން ދިޔައިރުވެސް ވެންޓިލޭޓަރު މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައި ނުވޭ -- ފޮޓޯ: ރައީސް އޮފީސް

ހެލްތު މިނިސްޓަރު (ވ) އަދި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު (ކ) ޕްރެސްއެއް ދެއްވަނިކޮށް: ހަ މަސް ވެގެން ދިޔައިރުވެސް ވެންޓިލޭޓަރު މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައި ނުވޭ -- ފޮޓޯ: ރައީސް އޮފީސް

ކޮވިޑާ ގުޅިގެން ސަރުކާރުން ގެންނަން ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބުމުން، އެ ފައިސާ އަނބުރާ ހޯދުމަށްޓަކައި އެ މައްސަލަ ބައިނަލްއަގުވާމީ އާބިޓްރޭޝަނަށް ހުށަހެޅުމަށް ހެލްތު މިނިސްޓްރީން އަދިވެސް ހުށަހަޅާފައި ނުވާ ކަމަށް އެޓާނީ ޖެނެރަލް އޮފީސް (އޭޖީ) އިން ބުނީ އިއްޔެ އެވެ.

ގާތްގަނޑަކަށް މީގެ ދެ އަހަރު ކުރިން އެޕްރީލް 2، 2020 ގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ 30.91 މިލިއަން ރުފިޔާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. ނަމަވެސް، މިހާތަނަށް ރާއްޖެ ފޮނުވީ ޖުމްލަ 15 ވެންޓިލޭޓަރެވެ. އެކަމާއި ގުޅިގެން އެތައް މުއާމަލާތްތަކެއް ކުރުމަށް ފަހު ވެސް ބާކީ 60 ވެންޓިލޭޓަރު އެ ކުންފުނިން ނުފޮނުވަ އެވެ.

އެހެންވެ، މިދިޔަ އަހަރުގެ އޭޕްރީލް މަހު ސަރުކާރުން ނިންމީ އެ ފައިސާ އަނބުރާ ހޯދުމުގެ އިތުރުން އެ މައްސަލާގައި ޖިނާއީ ކުށެއް ވާނަމަ އެކަން ބަލައި ފިޔަވަޅު އެޅުމަށް ވަކާލާތު ކުރުމަށެވެ. އެއީ މައްސަލަ ދިވެހި ސަރުކާރާ އެއްކޮޅަށް ނިމިއްޖެނަމަ ބައިނަލްއަގުވާމީ ޓްރީޓީތަކުން މަސައްކަތްތަކެއް ކުރެވޭނެތީ އެވެ.

އެގޮތުގެ މަތިން މިދިޔަ އަހަރުގެ އެ ކުންފުންޏާއެކު ވީ އެއްބަސްވުން ބާތިލްކުރަން، ސަރުކާރުން ވަނީ ނޯޓިސް ފޮނުވައިފަ އެވެ. ނަމަވެސް، ހެލްތު މިނިސްޓްރީން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު، އެ މައްސަލާގައި އާބިޓްރޭޝަނަށް ދާން އެ މިނިސްޓްރީން އޭޖީ އޮފީހަށް ހުށަހަޅާފައި ނުވާ ކަމަށް އޭޖީ އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު، ހުސެއިން ހަސަން "އަދަދު" އަށް ވިދާޅުވީ އިއްޔެ އެވެ.

"ވެންޓިލޭޓަރު މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމުގެ ކުރިން ފައިސާ ހޯދުމަށް މަސައްކަތްކޮށް، އާބިޓްރޭޝަނަށް ހުށަހެޅުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން ނިންމައި، މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ހެލްތު މިނިސްޓްރީން މި އޮފީހަށް އަދި ހުށަހަޅާފައެއް ނުވޭ،" ހުސެއިން އިއްޔެ ވިދާޅުވި އެވެ.

އެ މައްސަލާގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން ވާހަކަ ދައްކަވަން ބޭނުން ނުވި އެވެ. ވެންޓިލޭޓަރު މައްސަލަ ކުރިއަށްދަނީ އޭނާގެ ބެއްލެވުމުގެ ދަށުންނެވެ.

މައްސަލާގައި ދައުވާ ނުކުރޭ

ވެންޓިލޭޓަރުތައް ނުލިބި އެއްބަސްވުން ބާތިލްކުރަން ޖެހުނުއިރު، މިކަމުގައި ހިޔާނާތް ހިންގި ކަމުގެ ތުހުމަތުގައި އޭސީސީން ދައުވާކުރަން ފޮނުވީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާ ގޮތުން އެ މިނިސްޓްރީގެ 10 މީހެއްގެ މައްޗަށެވެ.

އޭސީސީން މީގެކުރިން ބުނެފައިވާ ގޮތުގައި، ދައުވާ ކުރަން ފޮނުވީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފުވެ، ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ތަހުގީގަށް ސާބިތުވާތީ އެވެ.

އެކަމަކު އެ މައްސަލައަކީ ކަންހިނގާފައިވާ ގޮތަށް ބަލާއިރު ޖިނާއީ ކުށެއްގެ އުންސުރުތައް ހަމަވާ މައްސަލައެއް ކަމަށް ނުފެންނާތީ އެ މައްސަލައިގައި ޕީޖީ އޮފީހުން ފުރަތަމަ ނިންމީ ދައުވާ ނުކުރުމަށެވެ. ނަމަވެސް, އޭސީސީން އެ މައްސަލަ އިތުރަށް ތަހުގީގުކޮށް ބައެއް ކަންކަން އިތުރު ކުރުމަށްފަހު ދައުވާކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމުން ބައެއް ކަންކަން އިސްލާހު ކުރުމަށް އަނެއްކާވެސް ފޮނުވާލި އެވެ.

އެގޮތަށް އެ މައްސަލަ އަނބުރާ އޭސީސީއަށް ތަފާތު ތިން ފަހަރެއްގެ މަތިން ފޮނުވާލި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުމާލެ ފޭސް 2 އިން ވިއްކަން އިއުލާންކުރި 26 ބިމަށް އަކަ ފޫޓެއްގެ ނިސްބަތުން 10 މިލިއަނާއި 6،759 ރުފިޔާ އާ ދެމެދުގެ އަގުތަކެއް ބީލަންވެރިން ހުށަހެޅީ އިއްޔެ އެވެ.
  • ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް، "އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅުން ކުރިއަށް ގެންދާ ކެމްޕޭނާއި ފަހުން ވެސް ހިންގައިފާނެ އެފަދަ އެހެން ކެމްޕޭންތައް ވެސް ގާނޫނީ ކުށަކަށް ހެދޭ ފަދަ ބިލު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ފާސްކުރީ އިއްޔެ އެވެ.
  • މާލެއިން 1000 ޕާކިން ސްލޮޓް އަމިއްލަ ފަރާތްތަކަށް އުމުރު ދުވަހަށް ވިއްކުމަށް ސިޓީ ކައުންސިލުން ނިންމި ނިންމުން ފަސްކުރަން ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން އެންގީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

"އިންޑިއާ އައުޓް" ކެމްޕޭންގެ ސަބަބުން ނަފުރަތު އުފެދިގެން ބައެއް ކަހަލަ ކަންތައްތައް ހިނގާފައި އެބަހުރި ކަމަށާއި އިންޑިއާގެ ޑިޕްލޮމެޓުންނަށް ގޯނާ ކުރިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަން ހާމަކުރައްވަމުން އިއްޔެގެ 241 ކޮމިޓީގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ:

"ނަފުރަތުގެ ކަންކަން ފަތުރަމުން އައިސް އަޅުގަނޑުމެނަށް އެބަހުރި އޭގެ ނަތީޖާ ވަރަށް ހިތިކޮށް ފެނިފައި. އެ ހެޔޮ އައިޑިއޮލޮޖީއާ ގުޅުވައިގެން ކަމަށް ވިޔަސް. އެކި ވިސްނުމެއް ކުރިއަށް ނެރުން ކަމަށް ވިޔަސް އޭގެ ސަބަބުން އަޅުގަނޑުމެންނަށް ކޮޮންޓްރޯލް ނުކުރެވޭ ވަރަށް މިކަންކަން ފުޅާވެ، މުޖުތަމައުގެ ތެރެއަށް ފެތުރިގެން ދިޔައިމާ އޭގެ ނުރައްކާ އެއީ ވަރަށް ބޮޑުތަނުން ބޮޑުވެގެން އައުން އެކަށީގެންވާ ކަންތައްތައް،"

ދުވަހުގެ ފޮޓޯ

ހުޅުމާލޭ ފޭސް 2 ފެންނަ ގޮތަށް މަތިން ނަގާފައިވާ ފޮޓޯއެއް. އެޗްޑީސީން އިއްޔެ ވަނީ ފޭސް 2 ގެ ބީޗްފްރޮންޓުން 26 ބިމެއް ބީލަމުގައި ވިއްކާލާފައި. މި ބިންތައް ގަންނަން 211 މީހުން ބިޑު ހުށަހެޅި. އެންމެ ބޮޑު އަގެއްގެ ގޮތުގައި ހުށަހެޅީ އަކަފޫޓަކަށް 10 މިލިއަން ރުފިޔާ. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު
ހުޅުމާލޭ ފޭސް 2 ފެންނަ ގޮތަށް މަތިން ނަގާފައިވާ ފޮޓޯއެއް. އެޗްޑީސީން އިއްޔެ ވަނީ ފޭސް 2 ގެ ބީޗްފްރޮންޓުން 26 ބިމެއް ބީލަމުގައި ވިއްކާލާފައި. މި ބިންތައް ގަންނަން 211 މީހުން ބިޑު ހުށަހެޅި. އެންމެ ބޮޑު އަގެއްގެ ގޮތުގައި ހުށަހެޅީ އަކަފޫޓަކަށް 10 މިލިއަން ރުފިޔާ. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ހުޅުމާލޭ ފޭސް 2 ފެންނަ ގޮތަށް މަތިން ނަގާފައިވާ ފޮޓޯއެއް. އެޗްޑީސީން އިއްޔެ ވަނީ ފޭސް 2 ގެ ބީޗްފްރޮންޓުން 26 ބިމެއް ބީލަމުގައި ވިއްކާލާފައި. މި ބިންތައް ގަންނަން 211 މީހުން ބިޑު ހުށަހެޅި. އެންމެ ބޮޑު އަގެއްގެ ގޮތުގައި ހުށަހެޅީ އަކަފޫޓަކަށް 10 މިލިއަން ރުފިޔާ. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގައި އޮތްދުވަސްވަރު ސިޔާސީ އަދި އެހެނިހެން ގޮތް ގޮތުން އެބައިމީހުންގެ ނުފޫޒު ފޯރާފައިފާ ގޮތްތައް"

އެއީ 2006 ގައި ގައުމީ ޔުނިވާސިޓީން ދިވެހިބަހުގެ ޑިގްރީ ކޯހުގައި ކިޔަވަމުން ދިޔަ އަބްދުއްރަހްމާން ޔޫސުފް ލިޔުއްވާފައިވާ ތާރީހީ ދިރާސާއެކެވެ. އެގޮތުން އިނގިރޭސީންގެ އަތްދަށުގައި 78 އަހަރު ދިވެހިން ވޭތުކުރިއިރު، އެދުވަސްތަކުގައި އިނގިރޭސީންގެ ނުފޫޒާއި ބާރު ސިޔާސީ ގޮތުންނާ އެހެނިހެންވެސް ގޮތްގޮތުން ދިވެހިންގެ މައްޗަށް ފޯރުވާފައިވާ ގޮތް މި ދިރާސާގައި ބަލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox