އޭސީސީއަށް މެމްބަރުން އައްޔަނުކުރަން ނަންތައް ފޮނުވޭނެ ދުވަހެއް ނޭނގޭ

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ. -ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ. -ފޮޓޯ: ރައީސް އޮފީސް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މެމްބަރުން އައްޔަނުކުރަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހަޅުއްވާ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވޭނެ ދުވަހެއް ނޭނގޭކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ޖުމްލަ ފަސް މެމްބަރުން ތިބެންޖެހޭ އޭސީސީގައި މިހާރު އެއްވެސް މެމްބަރަކު ނެތެވެ.

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތަހުގީގުތައް ދިގުލައިގެންދާ ކަމުގެ ޝަކުވާއާއެކު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެ ކޮމިޝަނުގެ ހުރިހާ މެމްބަރުން ވެސް އިސްތިއުފާ ދެއްވީ މެމްބަރުން ވަކިކުރަން މަޖިލީހުން މަސައްކަތް ކުރަމުންދަނިކޮށެވެ.

އޭސީސީގެ މެމްބަރުންގެ ތެރެއިން އަލީ އަޝްރަފް އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލުގައި މެމްބަރަކު އައްޔަނު ކުރުމަށް ގާނޫނުން ދީފައި އޮތް 60 ދުވަހުގެ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.

އޭސީސީގެ ގާނޫނުގެ 11 ވަނަ މާއްދާގެ ށ. ގައި ބުނެފައި އޮތީ އެ ކޮމިޝަނުގެ މެމްބަރަކު މަގާމުން އިސްތިއުފާ ދީފި ނަމަ އެ މަގާމަށް 60 ދުވަހުގެ ތެރޭގައި އަލުން މީހަކު އައްޔަނުކުރަންޖެހޭނެ ކަމަށެވެ.

އަޝްރަފަށް ފަހު ޑިސެމްބަރު 15، ގަ އިސްތިއުފާ ދެއްވީ މެމްބަރު އިބްރާހިމް ޝަކީލެވެ. ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެމްބަރު އައިޝަތު އަބްދުﷲ އިސްތިއުފާ ދެއްވީ ޑިސެމްބަރު 27، ގަ އެވެ.

އޭނާގެ އިސްތިއުފާ އާއެކު މިދިޔަ ޑިސެމްބަރު 5، ގައި އެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި އެވެ. އަދި އޭގެ ފަހުން ދެން ތިބި މެމްބަރުންގެ އިސްތިއުފާއާއެކު ވެސް ދެ ފަހަރެއްގެ މަތިން އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލި އެވެ.

މިހާތަނަށް ސަރުކާރުން ބުނަމުން އައީ އޭސީސީއަށް މެމްބަރުން އައްޔަނުނުކުރެވިއޮތީ މަޖިލިސް ޗުއްޓީގައި އޮތުމުން ކަމަށެވެ.

މިގޮތުން، މިއަހަރަށް މަޖިލިސް ހުޅުވަން ރައީސް ސޯލިހު އިއްވެވި ރިޔާސީ ބަޔާނުގައި އޭސީސީއަށް އައްޔަނުކުރަން ނަންތައް ފޮނުވުމުން އެކަން މަޖިލީހުން އަވަސްކޮށް ދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ނަމަވެސް، މިދިޔަ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފެށިގެން ކުރިއަށްދާއިރު، އޭސީސީއަށް އައްޔަނުކުރަން ރައީސް ސޯލިހު ހުށަހަޅުއްވަންޖެހޭ ނަންތައް އަދި މިހާތަނަށް ފޮނުއްވާފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން "އަދަދު"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން މަޖިލީހަށް ފޮނުވާ ނަންތައް ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް، އެކަން ނިންމައި، މަޖިލީހާ ހަމައަށް ނަންތައް ފޮނުވޭނެ ސީދާ ދުވަހެއް އެނގިވަޑައިނުގަންނަވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"ސީދާ ދުވަހެއް ނޭނގޭ. އެކަމަކު ވަރަށް އަވަހަށް އެކަން ކުރެވޭނެ ކަމަށް މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.

މައްސަލަތައް ފުނިޖެހިފައި

އޭސީސީގައި މެމްބަރަކު ނެތި މިދިޔަ ދުވަަސްތަކުގައި 60 މައްސަލައެއް ހުށަހަޅާފައިވާކަމަށް އެ ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން، މެމްބަރުން އިސްތިއުފާ ދިން އިރު ވެސް ބަލަން ކަނޑައަޅާފައި ހުރި މައްސަލަތަކެއް ހުއްޓެވެ.

ނަމަވެސް، މިވަގުތު ކޮމިޝަނަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ މައްސަލަތައް ދިރާސާ ކުރުމެވެ. އިތުރު އެއްވެސް ފިޔަވަޅެއް އަދި ނިންމުމެއް ވެސް ނިންމެން ނެތުމުން، މައްސަލަތައް ބެލޭނެ ގޮތެއް ނެތި ކޮމިޝަން އޮތީ ހުއްޓިފަ އެވެ.

އޭސީސީގައި މެމްބަރުން ނެތުމުން އެކަމުގެ ކަންބޮޑުވުން ވަރަށް ގިނަ ބަޔަކު ފާޅުކޮށްފައިވެ އެވެ. އެގޮތުން އޭސީސީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތް ކަމަށް ބުނެ މަދަނީ ޖަމިއްޔާތަކުން އެކަމުގެ ކަންބޮޑުވުން ފާޅު ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox