މާލެ-ތިލަފުށި ބްރިޖު ނިމޭނީ މެއި 2024 އަށް

ބްރިޖުގެ ޖިއޯޓެކްނިކަލް ސާވޭއަށް ޖަހާފައިވާ ތަނބެއް: މިކަހަލަ ތިން ތަނބު މާލެ އާއި ވިލަމާލެއާ ދޭތެރޭ ޖަހާފައި އެބަހުރި. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ބްރިޖުގެ ޖިއޯޓެކްނިކަލް ސާވޭއަށް ޖަހާފައިވާ ތަނބެއް: މިކަހަލަ ތިން ތަނބު މާލެ އާއި ވިލަމާލެއާ ދޭތެރޭ ޖަހާފައި އެބަހުރި. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ގްރޭޓާ މާލޭ ސަރަހައްދުގައި ހިމެނޭ ހުރިހާ ރަށްތަކެއް ގުޅާލަން މި ސަރުކާރުން ފަށާފައިވާ "ގްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ދަށުން އަޅާ ބްރިޖުގެ މަސައްކަތް ނިމޭނީ 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ކަމަށް އެ ޕްރޮޖެކްޓުގެ މެނޭޖްމަންޓު ޔުނިޓުން ބުނެފި އެވެ.

މުޅި ޕްރޮޖެކްޓަށް 7.7 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ މި ބްރިޖުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި ދިގުލައިގެން ދިޔަ ބީލަން މަރުހަލާއަކަށް ފަހު، ޕްރޮޖެކްޓުގެ ކޮންޓްރެކްޓަރަކަށް އެފްކޮންސްއާއެކު ސޮއިކުރީ ނިމުނު އަހަރުގެ އޮގަސްޓު 26 ގަ އެވެ.

އޭގެ ފަހުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު، އަމަލީ މަސައްކަތްތައް ފެށީ މި އަހަރުގެ ކުރީކޮޅުގަ އެވެ.

އެގޮތުން މިހާރު އެފްކޮންސް އިން ކުރަމުން ދަނީ މާލެ-ތިލަފުށި ބްރިޖު މަސައްކަތް ފެށުމުގެ ކުރިން ނިންމަން ޖެހޭ ޖިއޯޓެކްނިކަލް ސާވޭ އެވެ. މި މަސައްކަތް އެފްކޮންސް އިން ފެށީ މި ޖެނުއަރީ މަހުގެ ފަހުކޮޅު އެވެ.

އެކަމަކު މި މަސައްކަތް ނިމޭނެ ސީދާ ތާރީހެއް ނޭނގެ އެވެ.

ބްރިޖު ޕްރޮޖެކްޓު މެނޭޖްމަންޓު ޔުނިޓުން މި ނޫހަށް މައުލޫމާތު ދިނީ ބްރިޖުގެ ޑީޓެއިލް ޑިޒައިނަށް ބޭނުންވާ ހުރިހާ މައުލޫމާތެއް އެއްކުރެވެންދެން އެ މަސައްކަތް ކުރިޔަށް ދާނެ ކަމަށެވެ.

"ޑީޓެއިލް ޑިޒައިނަށް ބޭނުންވާ ހުރިހާ މައުލޫމާތެއް އެއްކުރެވެންދެން ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަންތައް ކުރިޔަށް ދާނެ،" އެ ޔުނިޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.

މާލެ-ތިލަފުށި ބްރިޖުގެ މަސައްކަތް ކުރިޔަށް ދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެއީ މާލެއިން ގުޅީފަޅަށް ގުޅާލުމާއި ތިލަފުށިން ގުޅީފަޅަށް ގުޅާލުމެވެ. ދެ ފިޔަވައްސެއް ނަމަވެސް މަސައްކަތްތައް ފަށަނީ އެކުއެކީގަ އެވެ.

މި ބްރިޖު ނިމުމުން ގްރޭޓާ މާލޭ ސަރަހައްދުގައި ހިމެނޭ ތިލަފުއްޓާއި ގުޅީފަޅާއި ވިލިމާލެ މާލެއާ ގުޅާލެވޭނެ އެވެ. އެއާއެކު ތިލަފުށިން ހުޅުމާލެއާ ހަމައަށް އެއްގަމު މަގުން ދަތުރުކުރެވޭނެ މަގުފަހި ވާނެ އެވެ.

މި ރަށްތައް ގުޅާލަން އަޅާ ބްރިޖާއި ކޯސްވޭ އަދި މަގުތަކުގެ ނެޓްވާކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެ އެވެ. މި ލިންކުގެ ބައިތަކުގެ ތެރޭގައި ތިން ބްރިޖާއި، ދެ މަގާއި، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައް ގާއިމުކުރެވޭނެ އެވެ.

މާލެ-ތިލަފުށި ބްރިޖަކީ މި ސަރުކާރުގެ އިގުތިސޯދީ ތަސައްވުރާއި ސިޔާސަތުގެ މުހިންމު ބަޔެކެވެ. ނަމަވެސް މި ރިޔާސީ ދައުރު ނިމެންވާއިރަށް ބްރިޖުގެ މަސައްކަތް މުޅީން ނުނިމޭނެ އެވެ.

މި ބިޔަ ޕްރޮޖެކްޓަށް ހަރަދުކުރަނީ އިންޑިއާ އެގްޒިމް ބޭންކު މެދުވެރިކޮށް ހަމަޖައްސާފައިވާ 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިންނާއި އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox