ހުލާސާކޮށް އިއްޔެ: ސަރުކާރުގެ މައްސަލަތައް ބަލަން އިދިކޮޅު ގޮވާލުން

އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ބަލިވީ 240 ވޯޓުގެ ތަފާތުން -- ފޮޓޯ: އަދަދު

އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ބަލިވީ 240 ވޯޓުގެ ތަފާތުން -- ފޮޓޯ: އަދަދު

ސަރުކާރާއި ރައްޔިތުންގެ މަޖިލިހުން ލިބިފައިވާ ބާރުތައް ބޭނުންކޮށްގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުރިހާ ބާރެއް މުށު ތެރެއަށް ލައްވަން މަސައްކަތް ކުރަމުންދާ މައްސަލަ ބަލައިދޭން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލީ އިއްޔެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅިގެން އިނގިރޭސި ބަހުން އިދިކޮޅުން އިއްޔެ ނެރުނު ބަޔާނެއްގައި އިންތިހާބުގެ ކެމްޕެއިނާ ގުޅުވާ ސަރުކާރަށް ސީރިއަސް ތުހުމަތުތަކެއް ކުރި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ބާރުތައް ނިގުޅައިގަނެ ކޮމިޝަނުގެ މަސައްކަތްތައް ސަސްޕެންޑު ކުރުވީ ގަސްތުގައި ކަމަށާއި މީގެ ސަބަބުން މުޅި އިންތިހާބު ނިމިގެން ދިޔައިރު ވެސް އިންތިހާބުގެ ތެރޭގައި ހިނގައިދިޔަ ކޮރަޕްޝަނުގެ އަމަލުތައް ބަލާނެ ތަހުގީކުރާނެ މިނިވަން މުއައްސަސާއެއް ނެތް ކަމަށް އިއްޔެ ނެރުނު ބަޔާނުގައި އިދިކޮޅުން ބުންޏެވެ.

"ބައި-އިލެކްޝަންގެ ހުރިހާ ކަމެއް ނިމިގެން ދިޔައި އިންތިހާބުގެ ތެރޭގައި މި ސަރުކާރުން ކުރި ކަންކަަން ބަލާނެ ނޫނީ ތަހުގީގުކުރާނެ އެއްވެސް މިނިވަން މުއައްސަސާއެއް ނެތި،" އިދިކޮޅުގެ ބަޔާނުގައި ބުންޏެވެ.

ރައީސް ސޯލިހާއި މި ސަރުކާރުން އެދަނީ ހުދުމުހުތާރު ކަމާ ދިމާލަށް ކަމަށާއި، އެ މަނިކުފާނު ގެންދަވަނީ އިންތިހާބުވެޑައިގެންނެވި ޑިމޮކްރެޓިކް ނިޒާމަށް ހަމަލާދެމުން ކަމަށް ވެސް އިދިކޮޅުން އިއްޔެ ނެރުނު ބަޔާނުގައި ބުންޏެވެ.

ނުފޫޒު ފޯރުވިކަމަށް އެމްޑީޕީން ގަބޫލު ނުކުރޭ

އެމްޑީޕީން ދެކޭ ގޮތުގައި ކޮމަންޑޫ ދާއިރާގެ ގޮނޑި ރާޝިދަށް ކާމިޔާބު ވެގެންދިޔުމަކީ އެ ޕާޓީ އަދި އެ ޕާޓީގެ އެޖެންޑާ-19 ސިޔާސަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އެ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައީސް މުހައްމަދު ނަޝީދު ވެސް އެ ދާއިރާއަށް ވަޑައިގެންނެވި އެވެ.

އިންތިހާބާ ދިމާކޮށް ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ސަރުކާރުން އެ ދާއިރާގައި ފެށި އެވެ. ނަމަވެސް، އިންތިހާބަށް ނުރަނގަޅު ނުފޫޒެއް ސަރުކާރުގެ ފޯރުވާފައިވާ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ނުދެކެ އެވެ. އަދި، ވަނީ ސަރުކާރުން އެ ދާއިރާގައި ފެށި މަޝްރޫއުތައް ވެސް ދިފާއުކޮށް ވާހަކަ ދައްކާފަ އެވެ.

"އިންތިހާބާ ދިމާކޮށް އެ ދާއިރާއަށް ވަކި ހާއްސަ މަޝްރޫއުތަކެއް ކުރިއަށް ގެންދާކަމަށް ގަބާލުކުރަން ތަންކޮޅެއް ދަތި،" އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު މޮޅުވުމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ރާއްޖޭގައި ވެރިކަން ހިންގާ ނިޒާމް, ބަރުލަމާނީ ނިޒާމަށް ބަދަލުނުކޮށްފިނަމަ, އެމްޑީޕީއަށް ދެން ވެރިކަމުގައި ނުތިބެވޭނެކަން ޔަގީންވެފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިއްޔެ އެވެ.
  • ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހޯދުމަށް ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ކުރި ކެމްޕެއިނުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގެންނެވުމުން އޭނާ ނިސްބަތްވާ ޕާޓީގެ ތެރޭގައި އުފެދުނު މައްސަލަ އާންމުނާ ހަމައަށް ތިލަވީ އިއްޔެ އެވެ.
  • މަންޓާ އެއާއިން އައްޑޫ ސިޓީއަށް މި މަހު ދަތުރުތައް ފަށާނެކަން ހާމަކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރާއްޖޭގައި ވެރިކަން ހިންގާ ނިޒާމް, ބަރުލަމާނީ ނިޒާމަށް ބަދަލުނުކޮށްފިނަމަ, އެމްޑީޕީއަށް ދެން ވެރިކަމުގައި ނުތިބެވޭނެކަން ޔަގީންވެފައިވާ ކަމަށް އެ ޕާޓީގެ ވަޓްސްއެޕް ގްރޫޕްގައި ހާމަކުރައްވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ:

"...ޝުކުރިއްޔާ! އެކަމަކު 50 ޕަސެންޓް ހުރަސް ނުކުރި, ބަރުލަމާނީއަށް ބަދަލުނުވެއްޖެނަމަ އަޅުގަނޑުމެން ވެރިކަމުގައި ނުތިބޭނެ."

ދުވަހުގެ ފޮޓޯ

ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ އެކުވެރިކަމުގެ ތިން މެޗަށް ބަންގްލަދޭޝްގެ ގައުމީ ވޮލީބޯޅަ ޓީމު އިއްޔެ މެންދުރުފަހު މާލެ އައުން. ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ބަންގްލަދޭޝް ވޮލީބޯޅަ ޓީމާ ދެކޮޅަށް ރާއްޖޭން ކުޅޭ ފުރަތަމަ މެޗު އޮންނާނީ މާދަމާރޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ އެކުވެރިކަމުގެ ތިން މެޗަށް ބަންގްލަދޭޝްގެ ގައުމީ ވޮލީބޯޅަ ޓީމު އިއްޔެ މެންދުރުފަހު މާލެ އައުން. ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ބަންގްލަދޭޝް ވޮލީބޯޅަ ޓީމާ ދެކޮޅަށް ރާއްޖޭން ކުޅޭ ފުރަތަމަ މެޗު އޮންނާނީ މާދަމާރޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ އެކުވެރިކަމުގެ ތިން މެޗަށް ބަންގްލަދޭޝްގެ ގައުމީ ވޮލީބޯޅަ ޓީމު އިއްޔެ މެންދުރުފަހު މާލެ އައުން. ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ބަންގްލަދޭޝް ވޮލީބޯޅަ ޓީމާ ދެކޮޅަށް ރާއްޖޭން ކުޅޭ ފުރަތަމަ މެޗު އޮންނާނީ މާދަމާރޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"އަ ސްޓަޑީ އޮފް ދަ ކްލަސްޓާ ސްކޫލްސް ޕޮލިސީ އިން ދަ މޯލްޑިވްސް"

އެއީ 2006 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ލަންޑަނުގެ އިންސްޓިޓިއުޝަން އޮފް އެޑިއުކޭޝަންގައި ޕީއެޗްޑީ ހާސިލްކުރައްވަމުން ގެންދެވި ޑރ. އާމާލް އަލީ ލިޔުއްވާފައިވާ ތީސިސް އެކެވެ. އެ ތީސިސް ގައި ވަނީ ޖުލައި 1999، ގައި ރާއްޖޭގައި ތާރަފްކުރި ކްލަސްޓާ ސްކޫލް ޕޮލިސީ ތަންފީޒްކުރާ ގޮތާއި، އޭގެ ސަބަބުން ސްކޫލްތަކަށް ލިބުނު ކުރިއެރުން ސްޓޭކްހޯލްޑަރުންގެ ބަސް ހިމެނޭހެން ގެެނެސްދީފަ އެވެ. މި ތީސިސް ޝާއިއުކޮށްފައި ވަނީ މެއި، 2006 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox