މުޅި ރާއްޖެ އަށް ބާއްވާ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނަށް ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވަނީ

Feb 6, 2022, 8:46 AM
2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި ތ. ތިމަރަފުށި ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި ތ. ތިމަރަފުށި ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

މުޅި ރާއްޖެ އަށް ހުޅުވާލައިގެން 2023/2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ކުޅެން ނިންމާފައިވާއިރު، އެ މުބާރާތުގެ ކޮލިފިކޭޝަން ބައިގައި ރަޖިސްޓްރީވާން ދީފައިވާ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެ އެވެ.

އެފްއޭއެމްގެ އޮފިޝަލަކު މިއަދު "އަދަދު" އަށް ބުނީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން ފަށަން ނިންމާފައިވާ ދިވެހި ޕްރިމިއާ ކޮލިފިކޭޝަންގައި ބައިވެރިވާ ޓީމުތައް އިތުރުވަމުން އަންނަ ކަމަށެވެ. އަދި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ހުރިހާ ޓީމެއް ވެސް ރަޖިސްޓްރީވުމުގެ ކަންތައްތައް ނިންމުމަށް އެފްއޭއެމުން ވަރަށް ބޮޑަށް އެދެ އެވެ.

ކޮލިފިކޭޝަންގައި ބައިވެރިވާން އެދޭ ފަރާތްތަކުން (ޓީމުތަކުން) މާދަމާގެ 14:00 ގެ ކުރިން އެފްއޭއެމަށް ލިޔުމަކުން ހުށަހަޅަން ޖެހޭނެ އެވެ. މުބާރާތުގައި ބައިވެރިވުމަށް ލިޔުން ފޮނުވާއިރު، އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެ އިންތިޒާމް ވެސް އެފްއޭއެމުން ވަނީ ހަމަޖައްސައިފަ އެވެ. އެ ގޮތުން އީމެއިލް ކުރަން ޖެހޭނީ league@famaldives.com އަށެވެ. މި އީމެއިލް ފިޔަވައި އެހެން މެއިލްތަކަށް ފޮނުވޭ ލިޔުންތައް ބަލައިނުގަނެވޭނެ ކަމަށް އެފްއޭއެމުން ވަނީ އަންގައިފަ އެވެ.

މުބާރާތުގައި ބައިވެރިވެވޭނީ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީވެފައިވާ ޓީމުތަކަށެވެ. އެފްއޭއެމުން މުބާރާތުގައި ޓީމުތައް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހު 10 ވަނަ ދުވަހު އެވެ. މިހާތަނަށް ގިނަ ޓީމުތަކަކުން އަންނަނީ މުބާރާތުގައި ބައިވެރިވަމުންނެވެ.

2023/2024 ދިވެހި ޕްރިމިއާ ލީގު: މުޅި ރާއްޖެ ބެހޭނީ ހަތަރު ޒޯނަކަށް!

އެފްއޭއެމުން 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ފުޅާކުރާއިރު، ރާއްޖެ ބެހިގެންދާނީ ހަަތަރު ޒޯނަކަށެވެ. ޒޯން އެކެއްގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އެވެ. ޒޯން ދޭއްގައި ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ ހިމެނޭއިރު، ޒޯން ތިނެއްގައި އޮތީ ތ، ލ، ގއ، ގދ، ޏ، ސ އެވެ. އަދި ޒޯން ހަތަރަކީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަނެވެ. މި ޑިވިޝަނުގައި ހިމެނޭނީ މާލެ، ހުޅުމާލެ، ވިލިމާލޭގެ ޓީމުތަކެވެ.

ފޯމެޓަށް އަންނަ އެންމެ ބޮޑު ބަދަލަކީ މީގެއިން ކޮންމެ ޒޯނެއްގައި (އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ޑިވިޝަން) ތިން ޑިވިޝަނެއް ކުރިއަށް ގެންދިއުމެވެ. ތިން ޑިވިޝަނަށް ޓީމުތައް ހޮވުމުގައި އެންމެ ފުރަތަމަ ބޭއްވިގެންދާނީ ރަށު ފެންވަރުގައި ބޭއްވޭ "އޯޕަން ޑިވިޝަން" އެކެވެ. އޯޕަން ޑިވިޝަނުގެ ބޭނުމަކީ ކޮންމެ ރަށެއްގައި ވެސް އޮންނަ ކޮންމެ ޓީމަކަށް (ކޮންމެ ޖަމިއްޔާ އަކަށް) ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ލީގުތަކުގައި ބައިވެރިވެވޭނީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ ދަށުން ރަޖިސްޓްރީ ކުރެވި ގާނޫނީ ގޮތުން ވެސް ބަލައިގަނެފައިވާ ޓީމުތަކަށެވެ.

ދިވެހި ޕްރިމިއާ ލީގު 2023/2024 ވަނަ އަހަރު ފަށާއިރު އޮންނާނީ މި ވަގުތު ވެސް ޕްރިމިއާ ލީގުގައި އޮތް އަށް ޓީމުގެ އިތުރުން ހަތަރު ޒޯންގެ ޗެމްޕިއަނުންނެވެ. މީގެ ތެރެއިން މާލެ ޒޯންގެ ޗެމްޕިއަން ގޮތުގައި ކަނޑައަޅާނީ 2022 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނުން ކަމަށް ވަނީ ނިންމައިފަ އެވެ. ދެން އޮތް ތިން ޖާގަ ލިބޭނީ ޒޯން ޗެމްޕިއަނުންނަށެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު ލީގެއްގެ ގޮތުގައި އަންނަ އަހަރު ފަށަން ނިންމާފައިވާ ލީގަށް ކޮލިފައިވުމުގެ ގޮތުން ރަށްރަށުން މިހާރު ވަނީ ޓީމު އެކުލަވާލުމުގެ މަސައްކަތް ފަށައިފަ އެވެ. އެ ގޮތުން ފުޓްބޯޅައިގެ މަޝްހޫރު ރަށެއް ކަމަށްވާ ބ. އޭދަފުށިން ވަނީ ކްލަބް އޭދަފުށި ޓީމުގެ ކޯޗަކަށް ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކާއި ގައުމީ އެކި ލެވަލްތަކުގެ ޓީމުތަކުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއްކޮށްފައިވާ ކޯޗު މުހައްމަދު އާތިފް (އާތީ) ހަމަޖައްސައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox