މަންޓާ އެއާއިން މި މަހު އައްޑޫ ސިޓީއަށް ދަތުރުތައް ފަށަނީ

ބ. ދަރަވަންދޫ އެއާޕޯޓުގައި މަންޓާ އެއާގެ ފްލައިޓެއް: މިހާރު މަންޓާއިން ދަތުރުކުރަނީ ދަރަވަންދޫ އާއި ކުޑަހުވަދޫއަށް އެކަނި. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ބ. ދަރަވަންދޫ އެއާޕޯޓުގައި މަންޓާ އެއާގެ ފްލައިޓެއް: މިހާރު މަންޓާއިން ދަތުރުކުރަނީ ދަރަވަންދޫ އާއި ކުޑަހުވަދޫއަށް އެކަނި. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މަންޓާ އެއާއިން އައްޑޫ ސިޓީއަށް މި މަހު ދަތުރުތައް ފަށާނެކަން މިއަދު އިއުލާނުކޮށްފި އެވެ.

މަންޓާ އެއާއިން މާލެ-އައްޑޫ ދަތުރުތައް ފެށުމާ ގުޅިގެން އެ އެއާލައިނުގެ ޑެޕިޔުޓީ ސީއީއޯ އަހުމަދު މައުމޫން (މާނު) "އަދަދު" ނޫހަށް ވިދާޅުވީ ސިވިލް އޭވިއޭޝަނުން ހުއްދަތައް ލިބުމާއެކީ ދަތުރުތައް ފަށާނެ ކަމަށެވެ. އެކަމަކު ސީދާ ތާރީހެއް ދަންނަވަން އަދި ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަލަނީ މި މަހު 15-20 ހިސާބުގައި ދަތުރުތައް ފެށޭވަރު ވާނެ ކަމަށް. އޭތި ޑިޕެންޑު ވާނީ ސިވިލް އޭވިއޭޝަން ހުއްދައަށް," މާނު ވިދާޅުވި އެވެ.

މަންޓާ އެއާއިން އައްޑޫއަށް ދަތުރުތައް ފެށުމުން ދުވާލަކު ފްލައިޓެއް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާނެ އެވެ. އަދި ސިވިލް އޭވިއޭޝަނުން ހުއްދަ ލިބުމާއެކީ އާންމުކޮށް ޓިކެޓް ވިއްކަން ހުޅުވާލާނެ އެވެ.

މަންޓާ އެއާއިން ބުނީ ޓިކެޓު ވިއްކާ އަގުތައް ވެސް ވަރަށް އަވަހަށް އާންމުކުރާނެ އެވެ.

އައްޑޫ ސިޓީއަށް ދަތުރުތައް ފަށަން ނިންމި ސަބަބާ ގުޅިގެން މާނު ވިދާޅުވީ މަންޓާ އެއާގެ ފެންވަރު ރަނގަޅު ހިދުމަތްތަކަށް އައްޑޫއިން ޑިމާންޑު އެބައޮތް ކަމަށެވެ. އަދި މިއީ އައްޑޫ ރައްޔިތުން ވަރަށް އެދެމުން އައި ކަމެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"މަންޓާ އެއާއިން ތަފާތު ހިދުމަތްތައް ލިބޭނެ. އައްޑޫ ރައްޔިތުން ވަރަށް ބޭނުންވޭ ގަމަށް މަންޓާ އެއާގެ ފްލައިޓެއް ޖައްސަން." މާނު ވިދާޅުވި އެވެ.

ފަސް ތަރީގެ ހިދުމަތްދޭ ހަމައެކަނި ޑޮމެސްޓިކް އެއާލައިނުގެ ގޮތުގައި މަޝްހޫރުވެފައިވާ މަންޓާ އެއާއަކީ ޑޮމެސްޓިކް އެއާލައިނުތަކުގެ ފަސިންޖަރުންނަށް ދޭ ހިދުމަތްތަކަށް ސަމާލުކަންދޭ އެއާލައިނެކެވެ. ޑޮމެސްޓިކް ދަތުރުކުރާ އެއާލައިނުތަކުގެ ތެރެއިން އެންމެ ހަގު އެއާލައިނަކީ ވެސް މަންޓާ އެވެ.

އެ އެއާލައިނުން ދަތުރުތަކުގައި ބޭނުންކުރާ އޭޓީއާރު 600-72 މަރުކާގެ ފްލައިޓުތަކަކީ ދެ ގޮނޑި ދޭތެރޭގައި ޖާގަ ތަނަވަސް ހިތްގައިމު ފްލައިޓުތަކެކެވެ. ދަތުރުކުރާ ވަގުތު ފަސިންޖަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ވެސް ފުރިހަމަވެފައި ތަފާތެވެ.

މަންޓާ އެއާއިން މިހާރު ދަތުރުކުރަނީ ދެ އެއާޕޯޓަކަށެވެ. އެއީ ދާލު އެއާޕޯޓާއި ދަރަވަންދޫ އެއާޕޯޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox