މުޅިދައުލަތާ ވާދަކުރަން ޖެހުނު، ޕީޕީއެމަށް ވެސް މިއީ ކާމިޔާބީއެއް: ޝިޔާމް

ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް. އޭނާ ވިދާޅުވީ ޕީޕީއެމަށް ވެސް މިއީ ކާމިޔާބީއެއް ކަމަށް.

ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް. އޭނާ ވިދާޅުވީ ޕީޕީއެމަށް ވެސް މިއީ ކާމިޔާބީއެއް ކަމަށް.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ނުކުރެވުނަސް، މި އިންތިހާބުގައި ނެރެވުނު ނަތީޖާއަކީ އިދިކޮޅު ޕީޕީއެމަށް ވެސް ބޮޑު ކާމިޔާބީއެއް ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަަހީދު އަވަހާރަވުމުން ހުސްވެފައިވާ އެ ދާއިރާގެ ގޮނޑިއަށް މެމްބަރަކު ހޮވަން މިއަދު ބޭއްވި އިންތިހާބު ކާމިޔާބުކުރެއްވީ ވެރިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީ އެވެ. މިއަދުގެ އިންތިހާބަށް ފަހު ޝިޔާމް "އަދަދު"އަށް ވިދާޅުވީ ވަރަށް މަދު ވަސީލަތްތަކަކާއެކު ޕީޕީއެމުން ވެސް ކުރީ ތައުރީފު ހައްގު މަސައްކަތެއް ކަމަށެވެ. މި އިންތިހާބަށް ޕީޕީއެމުން ކެމްޕޭން ކުރީ ވަރަށް ގިނަ ފިއްތުންތަކާ އެެކީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ މުހައްމަދު ރާޝިދަށް އެހެން ނަމަވެސް ޝިޔާމް މަރުހަބާ ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ ހަމަ ވަރަށް ފުރިހަމަ ކާމިޔާބީއެއް، މުޅި ދައުލަތާ ދެކޮޅަށް ހޯއްދެވި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް ވެސް އަަޅުގަނޑު ހަމަ މަރުހަބާ ދަންނަވަން. އެމަނިކުފާނާ އެކީގައި މަސައްކަތް ކުރެއްވި ޓީމްތަކުން އެކުރެއްވީ ހަމަ ވަރަށް ކޮމެންޑަބުލް މަސައްކަތްތަކެއް. ވަރަށް ފުރިހަމަ މަސައްކަތްތަކެއް ފެނިގެން ދިޔައީ،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އިންތިހާބުގައި ޕީޕީއެމުން ވާދަކުރަން ޖެހުނީ މުޅި ދައުލަތާ ކަމަށެވެ.

"އެހެންވީމާ ޕީޕީއެމަށް ލިބުނު ކާމިޔާބީއެއް މިއީ އެއްގޮތަކުން އިނގޭތޯ،" ޝިޔާމް ވިދާޅުވި އެވެ.

"ގިނަ ޝަކުވާތަކެއް އެބަހުރި"

ޝިޔާމް ވިދާޅުވީ އިންތިހާބުގައި ހިނގައިދިޔަ ގިނަ ކަންތައްތަކެއްގެ ޝަކުވާ ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ އެއް ކަމަކީ ފޯކައިދޫގައި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލް ހުންނަވަން ހަމަޖެއްސި ތަނުގެ މައްސަލަ އެވެ. ފޯކައިދުއަކީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝީދުގެ ރަށެވެ. ޝިޔާމް ވިދާޅުވި ގޮތުގައި އެ ރަށުގައި އިސީގެ އޮފިޝަލް ހުންނެވީ "އެމްޑީޕީގެ އައްޑާއެއް" ފަދަ ތަނެއްގައި ކަމަށް ވާތީ ޕީޕީއެމުން ޝަކުވާއެެއްގެ ގޮތުގައި އެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގައި އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މީޑިއާގައި ރޭ ވިދާޅުވީ އެއީ އޮޅިގެން ހިނގި ކަމެއް ކަމަށާއި އެކަމަށް މައާފަށް އެދޭ ކަމަށެވެ.

"މިކަހަލަ ޒަމާނެއްގައި އެހާ ފާޅުކަން ބޮޑު ގޮތެއްގައި އެކަންތައް ކުރައްވާފައި ދެން ހެޔޮ ނުވާނެ ނޫންތޯ މިގޮތަށް ވިދާޅުވާން،" ފުއާދުގެ އެ ވާހަކައަށް އިޝާރާތްކުރައްވައި ޝިޔާމް ވިދާޅުވި އެވެ.

ޕީޕީއެމްގެ މެމްބަރުންގެ ނުރުހުން އަމާޒުވި ކަމެއް މިއަދު ހެނދުނު މާލޭގައި ވެސް ހިނގި އެވެ. އެއީ ވޯޓްލާ މަރުކަޒު، އިސްކަންދަރު ސްކޫލްގެ ކުރިމަތީގައި ހުރި ތަނެއްގައި އެމްޑީޕީގެ އިސް ބޭފުޅުންތަކެއް މަރުކަޒުވެގެން ތިއްބެވި ތިއްބެވުމެވެ. އެތަނަކީ "ޖަގަހައެއް" ކަމަށް ތުހުމަތުކޮށް ޕީޕީއެމްގެ އާއްމު މެމްބަރުން އެތަނުގައި ނުރުހުން ފާޅުކުރި އެވެ. އެ ސަރަހައްދުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ވެސް އޭރު ހިނގި އެވެ.

ޝިޔާމް ވިދާޅުވީ އެކަން ވެސް ޝަކުވާއެއްގެ ގޮތުގައި އީސީއަށް ހުށަޅާފައިވާ ކަމަށެވެ.

ފޯކައިދުއަށް ފެނަކަ ކޯޕަރޭޝަނުގެ އިސް ބޭފުޅަކު ވަޑައިގެން މުވައްޒަަފުންނަށް ވަޒީފާގެ ބިރު ދައްކައި އެމްޑީޕީއަށް ވޯޓްދޭން މަޖުބޫރުކުރި ކަމަށް ކުރެވޭ ތުހުމަތެއް ވެސް ޕީޕީއެމުން ވަނީ އީސީއަށް ހުށަހަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox