ޔޫތު ޗެމްޕިއަންޝިޕް: ޓީސީ ބަލިކޮށް ޔުނައިޓެޑް ވިކްޓްރީ އެއް ވަނައިގައި ސެމީއަށް

Feb 3, 2022, 1:05 PM
ޔޫތު ޗެމްޕިއަންޝިޕް: ޓީސީ ބަލިކޮށް ޔުނައިޓެޑް ވިކްޓްރީ އެއް ވަނައިގައި ސެމީއަށް

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީން ފުރުސަތު ހޯދައިފި އެވެ.

މި މެޗަށް ނުކުތްއިރު ވެސް ޓީސީ އޮތީ ފުރަތަމަ ދެ މެޗުން މޮޅުވެ، ސެމީން ޖާގަ ޔަގީންކޮށްފަ އެވެ. ސެމީ ފައިނަލުން ފުރުސަތު ހޯދަން ޔުނައިޓެޑް ވިކްޓްރީ އަށް މިއަދުގެ މެޗުން ޕޮއިންޓަކުން ވެސް ފަރުޖައްސައިލެވެން އޮތެވެ. އެކަމަކު، ޔުނައިޓެޑް ވިކްޓްރީ މި މެޗުން މޮޅުވެ ސެމީން ފުރުސަތު ހޯދީ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ.

ގްރޫޕް ބީގައި ޔުނައިޓެޑް ވިކްޓްރީ އަށް ތިން މެޗުން ހަތް ޕޮއިންޓް ލިބުނުއިރު، ދެ ވަނަ އަށް ދިޔަ ޓީސީ އަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ތިން ވަނައިގައި އޮތް މަހިބަދޫ ސްޕޯޓްސް ކްލަބަށް އެއް ޕޮއިންޓް ލިބިފައިވާއިރު، ވެލެންސިއާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ވެލެންސިއާ އާއި މަހިބަދޫ މިރޭގެ މެޗަށް ނުކުންނައިރު، ދެ ޓީމު ވެސް ވަނީ މުބާރާތުން ކަޓައިފަ އެވެ.

ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ޔުނައިޓެޑް ވިކްޓްރީގެ މޫސާ ލުފްސާން ބޯޅަ ހިފައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ލީޑުނަގަން އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ ޓީސީ އަށެވެ. މެޗުގެ ތިން ވަނަ މިނިޓްގައި އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) ފޮނުވާލި ހިލޭ ޖެހުމަކުން ޔުނައިޓެޑް ވިކްޓްރީގެ ގޯލްކީޕަރު އަލީ ޝައިބާން އަތުގައި ޖެހިފައި ނުކުތް ވަގުތު ގޯލަށް ޖަހަން ޓީސީ ކުޅުންތެރިންނަށް ދެ ފަހަރެއްގެ މަތިން ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.

އޭގެ ފަހުން ވެސް ފުލުފުލުގައި ޓީސީ އަށް ލަނޑު ޖަހަން ދެ ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ. ޓީސީގެ ފުރަތަމަ ދެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ފަހުމާން އަބްދުލް ހަމީދު ފޮނުވާލި ބޯޅަ އެއް ގޯލުގެ އަރިމަތިން ދިޔައިރު، ޔޫސުފް ސިދާމް އަލީ ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.

ޔުނައިޓެޑް ވިކްޓްރީން މެޗުގައި ލީޑުނެގީ ޓީސީގެ ޑިފެންސްލައިން ތެެރެއިން ހެދި ގޯހެއްގެ ފައިދާ ނަގައިގެންނެވެ. މެޗުގެ 12 ވަނަ މިނިޓްގައި ޓީސީގެ ކެޕްޓަން އަހުމަދު މައީޝް މުހައްމަދު ފަހަތަށް ޖައްސާލި ބޯޅައެއް އޭރިއާތެރެއިން ހޯދައި، ޔުނައިޓެޑް ވިކްޓްރީގެ އަބްދުލް ރަހުމާން ތިބްޔާން އަލީ ސައީދު ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

އޭގެ އަށް މިނިޓް ފަހުން ޔުނައިޓެޑް ވިކްޓްރީގެ މިޑްފީލްޑަރު އަބްދުﷲ އަމީން އަލީ ކޯނަރަކުން ހުރަސްވި ބޯޅައެއްގައި ބޮލުން ގޯލެއް ޖެހި އެެވެ. އެހެން ނަމަވެސް އަމީން އެ ބޯޅަ ގޯލަށް ފޮނުވާލުމުގެ ކުރިން ޓީސީގެ ކުޅުންތެރިއަކަށް ފައުލުކޮށްފައި ކަމަށް ރެފްރީ ނިންމުމުން އެ ގޯލު ބަލައިނުގަންނަން ނިންމި އެވެ.

ޔުނައިޓެޑް ވިކްޓްރީ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޓީސީން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތުގައި ނަފްކޮ ފޮނުވާލި ހިލޭޖެހުމެއް ދަނޑިކައިރިން ދިޔައިރު، ފަހުމާނަށް ލިބުނު ބޯޅަ ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ.

ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ދެ ވަނަ ގޯލެއް ޖަހަން ޔުނައިޓެޑް ވިކްޓްރީ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ހާފުގެ މެދެއްހާ ހިސާބުން ހުސްކޮށްލާފައި ޔުނައިޓެޑް ވިކްޓްރީގެ ތިބްޔާން އެ ޓީމުގެ ޒައިޝާން އަޝްރަފަށް ދިން ބޯޅަ ހިފައިގެން އޭރިއާތެެރެއަށް ވަދެ، ޒައިޝާން ފޮނުވާލި ބޯޅަ ޓީސީގެ ކީޕަރު ޔޫސުފް ޔުނާން އާމިރް ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީގެ ތިބްޔާން ބޯޅަ ހިފައިގެން އޭރިއާތެރެއިން ވަދެ، ގޯލަށް ޖެހި ބޯޅަ ވެސް ކީޕަރު ޔުނާން ވަނީ ހުއްޓުވައިފަ އެވެ.

އޭގެ އިރުކޮޅެއް ފަހުން ޔުނައިޓެޑް ވިކްޓްރިން ވަނީ ލިބުނު ފުރުސަތެއްގެ ބޭނުންހިފައި ދެ ވަނަ ގޯލު ޖަހައިފަ އެވެ. މެޗުގެ 60 ވަނަ މިނިޓްގައި ތިބްޔާން ދިން ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު އަލީ މީސާގް އީސާ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން އެރި ޓީސީގެ އަހުމަދު ޒައުލް ނާޒިމް އަށް މެޗުގެ 72 ވަނަ މިނިޓްގައި ކޯނަރަކުން ބޮލުން ޖަހަން ލިބުނު ބޯޅަ ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ފަހުން މެޗުގެ 85 ވަނަ މިނިޓްގައި ޒައުލް ފޮނުވާލި ބޯޅަ ކީޕަރު ޝައިބާން ވަނީ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox