ޓީސީން ފަހު މެޗުގައި ބުރު ވެސް ބަލިކޮށްފި

Feb 6, 2026, 3:18 AM
ޓީސީގެ ނަފްކޮ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ޓީސީގެ ނަފްކޮ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގައި ކުޅުނު ފަހު މެޗުގައި ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށްފި އެވެ.

މުހައްމަދު އާތިފް (އާތީ) ހަވާލުވި ފަހުން ކުޅުމާއި ނަތީޖާތަށް ވެސް ރަނގަޅުކުރި ޓީސީން ވަނީ ލީގުގައި ކުޅުނު ފަހު ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ. ޓީސީން ވަނީ ބުރު ބަލިކުރުމުގެ ކުރިން، ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓްސް އަތުން ވެސް މޮޅުވެފަ އެެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގައި ޓީސީން ލީޑުނެގީ 29 ވަނަ މިނިޓްގައި ސްރީ ލަންކާގެ ޗަލަނަ ޗަމީރާ ހިލޭޖެހުމަކުން ޖެހި ގޯލަކުންނެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ބުރުގެ ގޯލުގައި ހުރި އަބްދުﷲ އަރުޝަން އަތް މަތިން ގޮހެވެ.

ފުރަތަމަ ލަނޑު ޖެހިތާ ދެ މިނިޓް ފަހުން ޓީސީން ދެ ވަނަ ލަނޑު ޖެހި ވެސް ހިލޭ ޖެހުމަކުން ތަނަވަސްވި ފުރުސަތެއްގަ އެވެ. މި ފަހަރު، ޗަމީރާ ފޮނުވާލި ހިލޭ ޖެހުމަކުން ކީޕަރު އަރުޝަން އަތުގައި ޖެހިފައި ރީބަައުންސް ނުކުތް ވަގުތު ހުސެއިން ޝަރީފް (ހުސީ) ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

ދެ ގޯލުގެ ލީޑެއްގައި ފުރަތަަމަ ހާފު ނިންމާލި ޓީސީން ތިން ވަނަ ލަނޑު ޖެހީ މެޗުގެ 67 ވަނަ މިނިޓްގަ އެވެ. މިއީ، އަހްނަފް މުހައްމަދު ތަސްނީމް (ނަފްކޮ) ޖެހި ގޯލެކެވެ. ޓީސީގެ އިބްރާހިމް ޖިމޯ ޖެހި ބޯޅައެއް ބަދަލު ކީޕަރު ހަސަން އަލީފް އިބްރާހިމް އަތުގައި ޖެހިފައި ނުކުތް ވަގުތު ނަފްކޮ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.

މި މޮޅާ އެކު ޓީސީން ލީގު ނިންމާލީ ހަތް ވަނައިގަ އެވެ. އެއީ، 18 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. އަދި، ބުރު އަށް 18 މެޗުން ލިބުނު 29 ޕޮއިންޓާ އެކު އެ ޓީމަށް ގަދަ ހަތަރެއްގެ ޖާގައެއްގެ އިތުރުން، ޕްރެޒިޑެންޓްސް ކަޕްގެ ސީދާ ޖާގައެއް ވެސް ވަނީ ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox