ހުލާސާކޮށް އިއްޔެ: ހުކުމް ތަންފީޒުކުރަން އަސްހަދު ރާއްޖެ ގެނެސްދޭން އެދުން

ގައުމީ ފުޓްބޯޅަ ޓީމުގެ އިވެންޓެއްގައި އަސްހަދު އަލީ (އަޑުބަރޭ) ވާހަކަ ދައްކަނީ --

ގައުމީ ފުޓްބޯޅަ ޓީމުގެ އިވެންޓެއްގައި އަސްހަދު އަލީ (އަޑުބަރޭ) ވާހަކަ ދައްކަނީ --

ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށް ސާބިތުވެ 15 ދުވަހުގެ ޖަލު ހުކުމެއް ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީއަށް އިއްވުމާ ގުޅިގެން އެ ހުކުމް ތަންފީޒްކުރުމަށް އޭނާ ރާއްޖެ ގެނެސްދިނުމަށް ފުލުހުންގެ ކިބައިން ކަރެކްޝަންސް އިން އެދުނީ އިއްޔެ އެވެ.

އޭނާ ވަނީ ޖިންސީ ކުށުގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ފުރުމަށް ހުއްދަ ދިންއިރު ހަތަރު މަސް ދުވަހަށް ޖާމިނުވެފައި އެވެ. ނަމަވެސް، އެ މުއްދަތުގެ ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރުވެފައި ނުވާތީ އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގެ އަޑު އެހުމެއް ބާއްވާފަ އެވެ. އެ އަޑުއެހުމަށް ހާޒިރުވާން އަސްހަދަށް ޗިޓު ލިބުނު ނަމަވެސް ހާޒިރުވެފައެއް ނުވެ އެވެ.

އެހެންވެ ގާޒީ ވަނީ އޭނާ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމަވައި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ޖާމިނު އެއްބަސްވުމާ ވެސް އޭނާ ހިލާފްވާ ކަމަށް ކަނޑައެޅި ނަމަވެސް އެ ކުށަށް އަދަބު ދެއްވާފައެއް ނުވެ އެވެ. އަދި ހުކުމް ތަންފީޒު ކުރުމުގެ އަމުރެއް މުއައްސަސާތަކުގެ މައްޗަށް ވެސް ނެރުއްވި އެވެ.

މި ހުކުމް ކުރި އަސްހަދުގެ ޢައިރު ހާޒިރުގަ އެވެ. އޭރު އޭނާ ހުންނެވި އަލީ ވަހީދު ވެސް ދިރިއުޅުއްވާ އިނގިރޭސިވިލާތުގަ އެވެ. އެއާއެކު، ކަރެކްޝަނުން ވަނީ ހުކުމް ތަންފީޒުކުރަން އޭނާ ރާއްޖެ ގެނެސްދޭން ފުލުސް އޮފީހުގައި އެދިފަ އެވެ. އޭނާ ރާއްޖެ ގެނެވޭނީ ފުލުހުން ފުރިހަމަކުރަން ޖެހޭ ކަންކަން ނިމުމުން ކަމަށް ކަރެކްޝަނުން ބުނެ އެވެ. ފުލުހުން މިކަމުގައި ބަހެއް ބުނެފައެއް ނުވެ އެވެ.

އަލީ ވަހީދުގެ މައްޗަށް ވެސް އޮތީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށް ސާބިތުވެ ދެ މަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އޭނާގެ ހުކުމް ތަންޒީފުކުރަން ރާއްޖެ ގެނެސްދޭން ކަރެކްޝަނުން ވަނީ ފުލުހުންގެ ކިބައިން އެދިފަ އެވެ. ނަމަވެސް، އެއްވެސް ކަމެއް މިހާތަނަށް ކުރެވިފައެއް ނުވެ އެވެ.

ޖަލު ހުކުމް އިއްވުމުން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަސްހަދު ވަކިކުރައްވާފަ އެވެ.

ޖާމިނު އެއްބަސްވުމާއި ހިލާފު

އަލީ ވަހީދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން އޭނާގެ ޕާސްޕޯޓް ޖުލައި 10، 2020 އިން ފެށިގެން ހިފަހެއްޓުމަށް ނިންމާފައި އޮތް އަމަރު ބާތިލްކުރީ ހަތަރު މަސް ދުވަހަށް އަސްހަދު ޖާމިނުވާ ގޮތަށް ފެބްރުއަރީ 9، 2021 ގަ އެވެ.

އެ މައްސަލައިގެ އަޑު އެހުންތައް އޮންލައިކޮށް ކުރިޔަށް ގެންދިޔުމަށް ކްރިމިނަލް ކޯޓުން ނިންމި އެވެ. ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ އަލީ ވަހީދުގެ ޝަރީއަތް, އޭނާ ރާއްޖޭން ބޭރުގައި ހުރެ އޮންލައިންކޮށް ކުރިއަށް ނުގެންދަން އަންގާފަ އެވެ.

ނޮވެމްބަރު 28، 2021 ގައި އޮތް އަޑުއެހުމުގައި އަސްހަދު ވަނީ ޖާމިނު އެއްބަސްވުމާއި އެއްގޮތަށް ހަތަރު މަސްވުމުން އޮންލައިންކޮށް އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދީފައިވާނެ ކަމަށް ބުނެފަ އެވެ. އަދި އޭގެ ފަހުން އަލީ ކޯޓަށް ހާޒިރު ނުވުމަކީ އޭނާ ޒިންމާވާން ޖެހޭ ކަމެއް ނޫން ގޮތުގައި އަސްހަދު އޮތީ ފާހަގަކުރައްވާފަ އެވެ.

އެހެން ނަމަވެސް އަލީ ވަހީދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް 72 ގަޑިއިރުގެ މުހުލަތެއް ދީ އެ މުއްދަތުގެ ތެރޭގައި އަލީ ހާޒިރު ނުވެއްޖެނަމަ ފިޔަވަޅު އަޅާނެކަން ވެސް އެ ދުވަހު އަސްހަދަށް އޮތީ އަންގާފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާ ހާއްސަކޮށްފައި އޮތީ ޖާމިނުވުމަށެވެ. އެ މާއްދާގައި އޮތީ ބަންދުކޮށްފައި ހުރި މީހަކަށް އެހެން މީހަކު ޔަގީންކަންދީ ޖާމިނު ވެއްޖެނަމަ އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލެވިދާނެ ކަމެވެ.

މިހެން ޖާމިނުވާ މީހުން ކޯޓުގައި އެއްބަސްވުމެއްގައި ސޮއިކުރަން ޖެހޭއިރު އޭގައި، ހަވާލުވާ މީހަކު ކުށް ކުރިޔަ ނުދީ ބަލަހައްޓާނެ ކަމާއި ތަހުގީގީ އިދާރާތަކާއި ކޯޓުތަކަށް ހާޒިރުވާން އެންގުމުން ގަޑިއަށް ހާޒިރު ކުރާނެ ކަމަށް އިގުރާރުވާން ޖެހެ އެވެ. އަސްހަދު ވެސް ވަނީ އަލީ ވަހީދާ ޖާމިނުވުމުގެ ގޮތުން އެފަދަ އިގުރާރެއްގައި ސޮއި ކުރައްވާފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ފަށަން ކްރިމިނަލް ކޯޓުގައި ތާވަލުކުރީ އިއްޔެ އެވެ.
  • "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ފެށުމަށް ބޭނުންވާ ފުރަތަމަ ހަތަރު ލޯންޗު ގަލްފް ކްރާފްޓުން އެމްޓީސީސީ އާ ހަވާލުކުރުމުން އެ ކުންފުނިން ވަނީ ހދ. އަތޮޅުގެ ހަތަރު ރަށަކަށް އިއްޔެ ޓެސްޓް ދަތުރެއް ކޮށްފަ އެވެ.
  • ގދ. ކާޑެއްދޫ އެއާޕޯޓާއި ހަވާލުވެ އެތަން ހިންގަން ބޭނުންވާ ކަމަށް ވިލާ އެއާ އިން ބުނީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި އެކަމުގެ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތް ކުރާ ބައިނަލް އަގުވާމީ ޖަމާއަތެއް ކަމަށްވާ ގްލޯބަލް ސެންޓާ ފޯ އެޑަޕްޓޭޝަންގެ ސީއީއޯ ޑރ. ޕެޓްރިކް ވެރޮކޮޔަން އަންނަ އާދީއްތަ ދުވަހު ރާއްޖެއަށް ވަޑައިގަންނަވާ ސަބަބު ހާމަކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުގައްރިރު އަހްމަދު ސަލީމް ވިދާޅުވީ:

"ޕެޓްރިކްގެ އޯގަނައިޒޭޝަނާ އެކުގައި ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައި 200 މިލިޔަން ޑޮލަރު މޮބިލައިޒްކުރުމަށް. އެ ފައިސާ ހޯދުމުގެ މަސައްކަތް ފެށުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު މި ދަތުރުފުޅަކީ."

ދުވަހުގެ ފޮޓޯ

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިރޭ ކުޅުނު މެޗުގައި
އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިރޭ ކުޅުނު މެޗުގައި

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ. ގްރީން ސްޓްރީޓްސް އާ ވާދަކޮށް މި މެޗު 4-0 އިން ކާމިޔާބުކުރީ ސަސް. ރޭގެ މޮޅާ އެކު ތިން ވަނައިގައި އޮތް ސަސް އިން ވަނީ ތިން މެޗުން ހަ ޕޮއިންޓް ހޯދާފައި. ސެމީ ފައިނަލަށް ކޮލިފައިވުމުގެ ފުރުސަތު އަދިވެސް އެ ޓީމަށް އެބައޮތް -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދިރާސާތަކުން ކިޔާލުމަށް

"އަންޑަސްޓޭންޑިން ޖެންޑާ އިން މޯލްޑިވްސް - ޓުވާޑްސް އިންކްލޫސިވް ޑިވެލޮޕްމަންޓް"

އެއީ 2016 ވަނަ އަހަރު ވޯލްޑް ބޭންކުން ޝާއިއުކޮށްފައިވާ ދިރާސާ އެކެވެ. އެ ދިރާސާގައި ވަނީ މާލީ ގޮތުންނާއި، އިގްތިސާދީ ގޮތުންނާއި، ސިޔާސީ ގޮތުންނާއި އަދި އިޖުތިމާއީ ގޮތުން ތަރައްގީ ވުމަށް މިންތީގެ ހަމަހަމަކަމުގެ މުހިންމު ކަމަށް އަލިއަޅުވާލާފަ އެވެ.

ރާއްޖޭގައި މިންތީގެ ހަމަހަމަކަން އޮތް މިންވަރާއި އެފަދަ ހަމަހަމަކަން ގާއިމްކުރުމަށް ހުރި ހުރަސްތައް ވަނީ ބަޔާންކޮށްދީފަ އެވެ. ހަމައެހެންމެ މިލޭނިއަމް ޑިވެލޮޕްމަންޓް ގޯލްތައް ހާސިލްކުރުމަށް މިންތީގެ ހަމަހަމަކަމުގެ މުހިންމުކަން ބަޔާންކޮށް ސިޔާސަތުތައް ބައްޓަން ކުރުމުގައި ހަތް ފިޔަވަޅެއް އެޅުމަށް މި ދިރާސާގެ އަލީގައި ވޯލްޑް ބޭންކުން ލަފާ ދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިތުރު ހަތަރު ގައުމެއްގައި އަނެއްކާ ވެސް އެމްބަސީ ހުޅުވަނީ

އެ ހަތަރު ގައުމުގައި އެމްބަސީ ހުޅުވުން ބޭރުގައި ހުރި ރާއްޖޭގެ މިޝަންތަކުގެ އަދަދު 25 އަށް އަރާނެ އެވެ. އެ ހުރިހާ ތަނަކަށް ސަރުކާރުން މަހަކު 54 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. އެއީ އަހަރަކު 648 މިލިއަން ރުފިޔާ އެވެ.

ޑްރަގާއެކު އަތުލައިގަތް އަޒޭ، ޖުމައިހު އަދި ވިޝާލް ބަންދަށް

އެ މައްސަލައިގައި ހައްޔަރު ކުރި ފިލްމީ ތަރިންނަކީ އަހުމަދު އަޒްމީލް (އަޒޭ)، 44، އާއި އިސްމާއިލް ޖުމައިހު، 35، އާއި މުހައްމަދު ވިޝާލް (ރޯމަން)، 29، އެވެ. އޭގެ އިތުރުން ދެން ހައްޔަރު ކުރީ ޝާހިލް މުހައްމަދު، 42، އެވެ.

މަޖިލީހުގައި ތަގުރީރު ކުރެއްވި ނަވީ ޕިއްލޭއަށް ނޯބެލް އެވޯޑު

ޕިއްލޭގެ ތަގުރީރުގައި ރާއްޖޭގައި ހައްދު ޖެހުން ހުއްޓާލަން ސަރުކާރަށް ގޮވާލުމުން އެއިރު ވަރަށް މައްސަލަ ބޮޑުވި އެވެ. ޑިސެމްބަރު 23، 2011، ގައި އެއިރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު އެއްވުމުގެ އެއް ޑިމާންޑަކީ ވެސް ޕިއްލޭގެ ވާހަކަ ސަރުކާރުން ކުށްވެރި ކުރުމެވެ.

ކޮންމެ ފަސް މީހަކުން އެކަކު ނަފްސާނީ ބައްޔެއް ތަހައްމަލު ކުރޭ

"ރާއްޖޭގެ ހާލަތަށް ބަލާއިރު، 2020 ން 2021 އަށް ކުރިއަށް ގެންދެވުނު ސްޓެޕް ސާވޭގެ ނަތީޖާތަކުން ދައްކާގޮތުގައި، ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާކަން ފާހަގަވެފައިވޭ،" މިނިސްޓްރީ އިން ބުންޏެވެ.

ދޮޅުލައްކަ ޑޮލަރު ވަގަށް ނެގި ބީއޯސީގެ މުވައްޒަފަކު ޖަލަށްލައިފި

ހަސަން ވަހީދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލި އެވެ. އެއީ ފޭކު ޓްރާންސްފާ ރިކުއެސްޓެއް އުފެއްދި މައްސަލައިގައި އުފުލި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ވައްކަން ކުރި މައްސަލައިގައި އެހެން މީހެއްގެ މުދަލަށް ވެރިވެގަތުމުގެ ކުށުގެ ދައުވާ އެވެ.

ރަނިން މޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް: ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިން މޭޓުން އިޢުލާނުކުރުމަކީ، އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް އޮތް ފުރުސަތު ހަނިވެދާނެ ކަމެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ނަޝީދު މިހެން ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވާ ފައިސަލް ނަސީމްގެ ރަނިން މޭޓަކަށް އާދަމް އާޒިމް ހަމަޖެއްސެވުމާ ގުޅިގެންނެވެ.

ބިދޭސީ ކުންފުނިތަކަށް ބައެއް ވިޔަފާރި ކުރުން މަނާވެއްޖެ

ރީޓެއިލް، ހޯލްސޭލް އަދި ލޮޖިސްޓިކްސްގެ ވިޔަފާރި ބިދޭސީ ކުންފުނިތަކަށް ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރީ ސެޕްޓެމްބަރު، 2024، ގަ އެވެ. ގާނޫނުގައި ބިދޭސީ ވިޔަފާރިތަކަށް ދިން އިންތިގާލީ މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހެވެ.

Newsletter

Get the latest news delivered straight to your inbox