މިދިޔަ އަހަރު 125 ކުއްޖަކަށް ގާނޫނީ އެހީތެރިކަން، ގިނައީ ޑްރަގްގެ މައްސަލަތައް

ފުލުހުންތަކެއް ޒުވާނަކު ހައްޔަރުކޮށްގެން ޖިޕަށް އަރުވަނީ: ކުޑަކުދިންގެ މެދުގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަ -- ފޮޓޯ: ފައިލް

ފުލުހުންތަކެއް ޒުވާނަކު ހައްޔަރުކޮށްގެން ޖިޕަށް އަރުވަނީ: ކުޑަކުދިންގެ މެދުގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަ -- ފޮޓޯ: ފައިލް

ނިމިދިޔަ 2021 ވަނަ އަހަރު ދައުލަތުގެ ފަރާތުން 125 ކުއްޖަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިންއިރު އެންމެ ގިނައީ މަސްތުވާތަކެތީގެ ކުށްތަކާ ގުޅިގެން ދިން ގާނޫނީ އެހީ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ޖިނާއީ ކުށްތަކުގައި ތުހުމަތުވާ ކޮންމެ ކުއްޖަކަށް ދައުލަތުގެ ހަރަދުގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެން ޖެހެ އެވެ.

އެގޮތުން، މަސްތުވާތަކެއްޗާ ގުޅުންހުރި 70 މައްސަލައެއްގައި ތުހުމަތުވާ ކުދިންނަށް ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް މިދިޔަ ހޯމަ ދުވަހު ބަންޑާރަ ނައިބުގެ އޮފީހުން އާންމުކުރި މައުލޫމާތަށް ބަލާއިރު އެނގެ އެވެ. އަދި ރޭޕް އާއި ޖިންސީ ގޯނާ ފަދަ ބަދުއަހްލާގީ އަމަލުތަކުގެ 15 މައްސަލައަކާއި، މާރާމާރީގެ 13 މައްސަލައެއްގެ އިތުރުން މަރުގެ ތިން މައްސަލައެއް ވެސް ހިމެނެ އެވެ.

ކުޑަކުދިންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދީފައިވާ މައްސަލަތަކުގެ ބާވަތްތައް

މަސްތުވާތަކެތީގެ ކުށްތައް - 70

ރޭޕް، ޖިންސީ ގޯނާ ފަދަ ކުށްތައް - 15

މާރާމާރީގެ ކުށްތައް - 13

ވައްކަމާއި މަކަރާއި ހީލަތުގެ ކުށްތައް - 11

ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށްތައް - 8

ބިރުދެއްކުމާއި ބްލެކްމެއިލް ކުރުމުގެ ކުށްތައް - 8

މުދަލަށް ގެއްލުންދިނުމުގެ ކުށްތައް - 5

މަރުގެ މައްސަލަތައް - 3

ފުލުހުންގެ ވާޖިބަށް ހުރަސް އަޅާ، މަރުގެ އިންޒާރު ދިނުމުގެ ކުށްތައް - 3

ޖިނާއީ ބޮޑެތި ކުށްތަކުގައި ހައްޔަރުކުރާ ކުޑަކުދިން ބައިތިއްބަން ކ. ހިންމަފުށީގައި ހެދި ޑިޓެންޝަން ސެންޓަރުގެ މަސައްކަތް ނިންމުމަށްފަހު، އެތަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ ވިދާޅުވީ އެ ސެންޓަރަކީ ކުށްކުރާ ކުދިންގެ މައްސަލަތަކަށް ލިބުނު ބޮޑު ހައްލެއް ކަމަށެވެ.

އެގޮތުން ކުށްކުރާ ކުދިންނަށް ރަނގަޅު ތަރުބިއްޔަތު ދެވި އަލުން މުޖުތަމައުއަށް ނެރުމަކީ އެންމެބޮޑު ބޮޑު އަމާޒުކަމަށް މިނިސްޓަރު އެދުވަހު ވިދާޅުވި އެވެ.

އަލަށް އިމާރާތް ކުރި ސެންޓަރު ފަރުމާކޮށްފައި ވަނީ އެ ކުދިންނަށް ތައުލީމް އުނގަންނަވައިދެވޭނެ ގޮތަށް ކްލާސްރޫމާއި ތަމްރީން ކޮޓަރިތަކާއި ވެސް އެކު އެވެ. ގިނަ ހިދުމަތްތަކާއި އެކު އެ ޖަލު ހަދާފައި ވަނީ ބައިނަލްއަގްވާމީ ފެންވަރަށެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހޭ ކުޑަކުދިންގެ އަދަދު ފާއިތުވި އަހަރުތަކުގެ ތެރޭގައި އިތުރުވަމުންދާ ކަމަށް ދާދި ފަހުން ހެލްތު މިނިސްޓްރީން ހެދި ދިރާސާއަކުން ދައްކަ އެވެ. އުމުރުން އަށް އަހަރުން ފެށިގެން މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިން ރާއްޖޭގައި ތިބި ކަމަށް މި ދިރާސާގެ ހޯދުންތަކުން ދައްކަ އެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ވެސް ކުޑަކުދިން ބައިވެރިވާ މިންވަރު އިތުރުވެފައިވާކަން މި ދިރާސާއިން ވަނީ ހާމަވެފަ އެވެ. އެގޮތުން، މަސްތުވާތަކެތީގެ ބޮޑުން އޭގެ ވިޔަފާރި ކުރުމަށް އުމުރުން 15 އަހަރާއި 17 އަހަރުގެ ކުދިން ބޭނުންކުރާކަން ވަނީ ފާހަގަކުރެވިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox