އެމްބާޕޭ ރެއާލަށް: ރޮނާލްޑޯ ދެއްކީ ތަފާތު ވާހަކައެއް!

Feb 2, 2022, 3:54 AM
އެމްބާޕޭ ރެއާލަށް: ރޮނާލްޑޯ ދެއްކީ ތަފާތު ވާހަކައެއް!

މެޑްރިޑް (ފެބްރުއަރީ 2) - ރެއާލް މެޑްރިޑުން މި ސީޒަން ނިންމާފައި ހިލޭ ޓްރާންސްފާއެއްގައި ބޮޑު މުސާރަ ލިބޭ ކޮންޓްރެކްޓެއްގައި ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ގެންނަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، އެ ޑީލާ ބެހޭގޮތުން ބްރެޒިލްގެ ކުރީގެ ފޯވާޑް ރޮނާލްޑޯ ނަޒާރިއޯ ހިޔާލުފާޅުކޮށްފި އެވެ.

އަންނަ ޖުލައި މަހު އެއް ވަނަ ދުވަހު ރެއާލާ ގުޅެން އެމްބާޕޭ ނިންމާފައިވަނީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ކަމަށް ފްރާންސާއި ސްޕެއިނުގެ ނޫސްތަކުން ވަނީ މިދިޔަ ދެ ދުވަހު ރިޕޯޓްކޮށްފަ އެވެ. އަދި އެ ކޮންޓްރެކްޓްގައިވާ ގޮތުން އެމްބާޕޭ އަށް އަހަރަކު 41 މިލިއަން ޕައުންޑް (55 މިލިއަން ޑޮލަރު) ލިބޭނެ ކަމަށް ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ. އެ ގޮތަށް އެ ޑީލް ގޮސްފިނަމަ އެމްބާޕޭ އަށް ލިބޭ އާމްދަނީ ވެގެންދާނީ ކްލަބަކުން ރަސްމީކޮށް ކުޅުންތެރިއަކަށް ދޭނެ އެންމެ ބޮޑު މުސާރަ އަށެެވެ.

ކުރިން ރެއާލަށް ކުޅުނު ރޮނާލްޑޯ ބުނެފައިވަނީ އެމްބާޕޭ ރެއާލަށް ދާން އުޅޭ ހަބަރުތައް މީޑިއާ އިން ފެނިފައިވާ ކަމަށާއި ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާ އަށް ވެވޭނެ ފެންވަރު އެމްބާޕޭގެ ކިބައިގައި އެބަހުރި ކަމަށެެވެ.

"ޓީވީތަކުންނާއި މީޑިއާ އިން އަހަރެން ދެކެފިން އަހަރަކު 50 މިލިއަން ޔޫރޯ ލިބޭ ގޮތަށް އެމްބާޕޭ ރެއާލަށް ދާން އުޅޭ ވާހަކަ. އެ ކަންކަމަށް ބަލާއިރު، އަހަންނަށް ދޭހަވަނީ އަހަރެމެން ފުޓްބޯޅަ ކުޅެވިފައި މިވަނީ ފައިސާގެ ގޮތުން ބަލާއިރު ނުރަނގަޅު ޖީލެއްގައޭ،" ރޮނާލްޑޯ ބުންޏެވެ.

"ފުޓްބޯޅަ މިހާރު ވިޔަފާރި އިންޑަސްޓްރީ އަކަށް ވެފައި އޮތް އޮތުމަށް ބަލާއިރު އަބަދުވެސް މި ފެންނަނީ އެއް ފަހަރަށް ވުރެ އަނެއް ފަހަރު ކުޅުންތެރިންގެ މުސާރަ ބޮޑުވަމުން އަންނަތަން. އެހެން އެ ގޮތަށް އެ ވަނީ އަހަރެމެންގެ ޒަމާނުގައި ފުޓްބޯޅަ ކުޅެގެން ގިނަ ކަންތައްތަކެއް ހާސިލްކޮށްފައިވާ މަންޒަރު މިހާރު މި އޮތް ޖީލަށް ފެންނަމުންދާތީ،"

އެމްބާޕޭ އަކީ ހުނަރުވެރި ކުޅުންތެރިއެއްކަން ފާހަގަކޮށް، ރޮނާލްޑޯ ބުނީ ސްޓްރައިކަރުންގެ ގޮތުގައި ބަލާއިރު، އެމްބާޕޭ އަށް ވުރެ ރަނގަޅު ތިން ކުޅުންތެރިއަކު އެބަހުރި ކަމަށެވެ. އެއީ ރެއާލްގެ ކެޕްޓަން ކަރިމް ބެންޒެމާ، ބަޔާން މިއުނިކްގެ ރޮބަޓް ލެވަންޑޯސްކީ އަދި ބޮރޫޝިއާ ޑޯޓްމަންޑްގައި މި ވަގުތު ހުރި އާލިން ބްރައުޓް ހާލަންޑް ކަމަށެެވެ.

މި ސީޒަނުގައި އެމްބާޕޭ ވަނީ 28 މެޗުން 19 ގޯލު ޖަހައިފަ އެވެ. ރޮނާލްޑޯ ބުނީ މި މަހު ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އާއި ރެއާލް ކުޅޭ މެޗަކީ އެމްބާޕޭގެ ކުޅުން ވަޒަންކޮށްލަން ލިބޭނެ ރަނގަޅު މެޗެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox