ބިދޭސީން ދިވެހި ބަހުން ވާހަކަ ދެއްކުމުގެ މުބާރާތެއް ބާއްވަނީ

ދިވެހި ބަހުގެ އެކެޑަމީން ބާއްވާ މުބާރާތުގެ އެގްރިމެންޓުގައި ސޮއި ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން: މީގެ ކުރިން ޓީވީއެމް އިން ވެސް އެކަހަލަ ޕްރޮގްރާމެއް ގެނެސްދިން -- ފޮޓޯ: އެކެޑަމީ

ދިވެހި ބަހުގެ އެކެޑަމީން ބާއްވާ މުބާރާތުގެ އެގްރިމެންޓުގައި ސޮއި ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން: މީގެ ކުރިން ޓީވީއެމް އިން ވެސް އެކަހަލަ ޕްރޮގްރާމެއް ގެނެސްދިން -- ފޮޓޯ: އެކެޑަމީ

ބިދޭސީން ދިވެހި ބަހުން ވާހަކަ ދެއްކުމުގެ މުބާރާތެއް ކުރިއަށް އޮތް ރޯދަ މަހު ބޭއްވުމަށް ދިވެހި ބަހުގެ އެކެޑަމީން ނިންމައި، އެކަމުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

އެކެޑަމީގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ފައުޒާން ވިދާޅުވީ ބިދޭސީން ދިވެހި ބަހުން ވާހަކަ ދެއްކުމުގެ ޕްރޮގްރާމް ބޭއްވުމުގެ މަގްސަދަކީ ރީތިކޮށް، ހަމައަށް ދިވެހި ބަހުން ވާހަކަ ދައްކަން އެނގޭ ބިދޭސީން އުފެއްދުން ކަމަށެވެ.

"ރޯދަ މަހުގެ ހަތަރު ހަފްތާއަށް މި މުބާރާތް ބެހިގެންދާ ގޮތަށް ރާވާފަ އޮންނާނީ. އެއީ ހަތަރު ޕްރޮގްރާމް. ފުރަތަމަ ބުރުން ނަގަނީ 20 މީހުން ދެން އޮތް ބުރަށްދާން. ދެން 10. ފައިނަލުގައި ފަސް ބައިވެރިން،" ފައުޒާން ވިދާޅުވި އެވެ.

ދިވެހި ބަހުގެ އެކެޑަމީން އެ މުބާރާތް ބާއްވަނީ ވީޓީވީއާ ގުޅިގެންނެވެ. އެ ޕްރޮގްރާމް ގެނެސްދޭނީ ވެސް އެ ވީޓީވީގެ ޗެނަލަކުންނެވެ. އެ މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލުގައި ދިވެހި ބަހުގެ ތަޖުރިބާކާރުން އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރާއި އަންވަރު އިބްރާހިމް އާއި އައިމިނަތު އިބްރާހިމް ހިމެނިވަޑައިގަންނަވާނެ އެވެ.

މުބާރާތުގެ ފަނޑިޔާރުންގެ ޕެނެލްގެ މެމްބަރުން: ވަނަ ހޮވުމުގައި ބަލާނެ އެއް ކަމަކީ ބަހުގެ ހަމަތައް ބޭނުން ކުރާ ގޮތް -- ފޮޓޯ: އެކެޑަމީ
މުބާރާތުގެ ފަނޑިޔާރުންގެ ޕެނެލްގެ މެމްބަރުން: ވަނަ ހޮވުމުގައި ބަލާނެ އެއް ކަމަކީ ބަހުގެ ހަމަތައް ބޭނުން ކުރާ ގޮތް -- ފޮޓޯ: އެކެޑަމީ

މުބާރާތުގެ ފަނޑިޔާރުންގެ ޕެނެލްގެ މެމްބަރުން: ވަނަ ހޮވުމުގައި ބަލާނެ އެއް ކަމަކީ ބަހުގެ ހަމަތައް ބޭނުން ކުރާ ގޮތް -- ފޮޓޯ: އެކެޑަމީ

މުބާރާތުގައި ބަލާނީ ބަހުގެ ހަމަތަކަށް ބަލައިގެން ވާހަކަ ދައްކަން އެނގޭތޯ ކަމަށް އެކަޑެމީގެ އެސިސްޓެންޓް ޑިރެކްޓާ ފައުޒާން ވިދާޅުވި އެވެ. އޭގެ އިތުރުން ހުށަހެޅުމާއި ކުއްލި މައުލޫއަށް ވާހަކަ ދެއްކުމުގެ ގާބިލްކަން ހުރި މިންވަރަށް ވެސް މުބާރާތުގެ ފަނޑިޔާރުން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބިދޭސީން ދިވެހި ބަހުން ވާހަކަ ދެއްކުމުގެ މުބާރާތުން އެއް ވަނަ ހޯދާ މީހަކަށް 5،000ރ. ލިބޭނެ ކަމަށް ދިވެހި ބަހުގެ އެކެޑަމީން ބުނެ އެވެ. ދެ ވަނައަށް އަންނަ މީހަކަށް ލިބޭނީ 3000ރ. އެވެ. އަދި ތިން ވަނަ އަށް އަންނަ ފަރާތަކަށް 2،000ރ. ލިބޭނެ އެވެ.

މީގެ ކުރިން ބިދޭސީން ދިވެހި ބަހުން ވާހަކަ ދެއްކުމުގެ ޕްރޮގްރާމެއް، ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ޓެލެވިޒަން މޯލްޑިވްސް އިން ވެސް ގެނެސްދިނެވެ. ރާއްޖޭގައި ދިރިއުޅެމުންދިޔަ ބިދޭސީ ދަރިވަރުންނާއި މަސައްކަތްތެރިންގެ ތަރުހީބު އެ ޕްރޮގްރާމަށް ލިބިފައިވެ އެވެ. އަދި ދިވެހިންގެ މެދުގައި ވެސް އެ ޕްރޮގްރާމް މަޝްހޫރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox