އެމްޓީސީސީގެ ފަންނީ ވަޒީފާތަކަށް ތަމްރީނުވާން 140 ޒުވާނުންނަށް ފުރުސަތު

އެމްޓީސީސީ ޓަވަރު. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

އެމްޓީސީސީ ޓަވަރު. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ފަންނީ ވަޒީފާތަކަށް ޒުވާނުން ތަމްރީނުކުރަން އެމްޓީސީސީން ގެންގުޅޭ ވިސްނުމުގެ ތެރެއިން މި އަހަރުގެ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމު" ގައި ބައިވެރިވެ، އެކި ވަޒީފާތަކަށް ތަމްރީނުވާން 140 ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ކާމިޔާބުކަމާއެކީ ޕްރޮގްރާމު ނިންމާ ބައިވެރިންނަށް ވަގުތުން ވަޒީފާ ލިބޭ ގޮތަށް ހިންގާ ހުނަވަރު ޕްރޮގްރާމުން މިފަހަރު ފުރުސަތު ހުޅުވާލީ އެމްޓީސީސީއަށް މި ވަގުތަށް އެންމެ ބޭނުންވާ ދާއިރާތަކުން މުވައްޒަފުން ތަމްރީނު ކުރާށެވެ. އެގޮތުން, ތަމްރީނުވާން ފުރުސަތު ހުޅުވާލި ވަޒީފާތަކުގެ ތެރޭގައި ހިމެނެނީ:

  • ބަސް ޑްރައިވަރުން
  • އެކްސްކެވޭޓާ އޮޕަރޭޓަރުން
  • ކްރޭން އޮޕަރޭޓަރުން
  • ލޯޑާ އޮޕަރޭޓަރުން
  • ވެލްޑަރުން
  • މެރިން މެކޭނިކްސް
  • ޓަގް މެކޭނިކްސް
  • ސައިޓް ސުވަޕައިޒަރުން
  • ޓިންކަރުން

އެމްޓީސީސީގެ ހުނަވަރު ޕްރޮގްރާމަކީ ތިން މަސް ދުވަހަށް ކުރިޔަށް ގެންދާ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމެކެވެ.

Advertisement

މި ޕްރޮގްރާމުތަކަށް ހޮވޭ ޒުވާނުން ތަމްރީނުވާނީ އެމްޓީސީސީގެ މަސައްކަތު ސައިޓުތަކުގައި، މަސައްކަތުގެ ދާއިރާއިން ތަމްރީނު ވެގެން ތިބި އެ ކުންފުނީގެ މުވައްޒަފުންނާ އެކީގަ އެވެ. އަދި، ޕްރޮގްރާމު ކުރިޔަށްދާ މުއްދަތުގެ ތެރޭގައި ހުރިހާ ބައިވެރިންނަށް 5،000ރ. ގެ އެލަވަންސެއް ވެސް ލިބޭނެ އެވެ. އަދި، ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތްކުރާ ނަމަ ހުރުމާއި ކެއުން އެމްޓީސީސީން ހަމަޖައްސާނެ އެވެ.

މި އަހަރުގެ ހުނަވަރު ޕްރޮގްރާމު އިއުލާނު ކުރައްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވި ގޮތުގައި، އެ ވަޒީފާތަކަކީ އާމްދަނީ އާއި ވަޒީފާގެ މުސްތަގުބަލަށް ބެލި ނަމަވެސް ރަނގަޅު ވަޒީފާތަކެކެވެ.

"މިއީ ވަރަށް ރަނގަޅު މުސާރަ ވެސް ލިބޭ ވަޒީފާތަކެއް. އަދި މިއީ ވަރަށް ބޮޑަށް ކުރިޔަށް ވެސް ދެވިދާނެ ވަޒީފާތަކެއް.. ޕްރޮގްރެސް ވެވޭނެ ވަރަށް ދުރަށް މީގެން ކޮންމެ ވަޒީފާއަކުން ވެސް" އާޒިމް ވިދާޅުވި އެވެ.

މިއީ ފަންނީ ވަޒީފާތަކެއް ކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ މިއިިން ކޮންމެ ވަޒީފާއެއް އެވަރެޖް މުސާރަ އުޅެނީ 10،000ރ. އާއި 25،000ރ. އާ ދެމެދު ކަމަށެވެ. އޭގެ މިސާލެއް ދެމުން އާޒިމް ވިދާޅުވީ އެމްޓީސީސީގެ މޮޅު އެކްސްވޭޓަރު އޮޕަރޭޓަރުންނަށް 25،000ރ. އާއި 28،000ރ. އާ ދޭތެރޭގެ އަދަދަކުން މުސާރަ ދޭ ކަމަށެވެ.

ހުނަަވަރު ޕްރޮގްރާމުގައި ބައިވެރިވާން ފުރުސަތު ހުޅުވާލާނީ އަންނަ ހަފުތާގެ ތެރޭގަ އެވެ. މި ޕްރޮގްރާމް ބެހެނީ ދެ ބަޔަކަށެވެ. އެއީ ހުނަވަރު ލައިސެންސިން ޕްރޮގްރާމާއި ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް އެވެ. މި ޕްރޮގްރާމާއި ގުޅޭ މައުލޫމާތު ދިނުމަށް ފެބްރުއަރީ މަހުގެ ކުރީކޮޅު މާލެ އާއި ކުޅުދުއްފުށި ސިޓީ އަދި ލ. ފޮނަދޫ ގައި އެމްޓީސީސީން އޯޕަން ޑޭތަކެއް ބާއްވާނެ އެވެ.

އެމްޓީސީސީން 2018 ވަނަ އަހަރު ފެށި ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ މަގުސަދަކީ ފަންނީ/ޓެކްނިކަލް ވަޒީފާތަކަށް ދިވެހިން ލިބުމުގައި ހުރި ދަތިތައް ހައްލު ކުރުމެވެ. މިދިޔަ އަހަރު އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި އެ ކުންފުނިން މި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވެ އެވެ. އަދި މިހާރު އެމްޓީސީސީގެ ވަޒީފާގައި އޭގެ ތެރެއިން 14 މީހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެމްޓީސީސީގެ އަމާޒަކީ މި ޕްރޮގްރާމުގެ ތެރެއިން އެ ކުންފުންޏަށް ބޭނުންވާ ހެވީވެހިކަލްކަލް އޮޕަރޭޓަރުންނާއި، ކަނޑުގައިދުއްވާ އުޅަނދުފަހަރު އޮޕަރޭޓަރުންނާއި، އިންޖިނިއަރުންނާއި، ވެލްޑަރުންނާއި، ސާވެޔަރުން ތަމްރީނުކޮށް، ކުންފުނީގައި ދިވެހިންގެ ދައުރު އިތުރަށް ފުޅާކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox