ޕީއެންސީ އޮފީސް ހުޅުވާތީ ބައެއް ބަސް ރޫޓުތަކުގެ ދަތުރުތައް މެދުކަނޑާލަނީ

މާލެ ސަރަހައްދުގައި އެމްޓީސީސީ އިން ދުއްވާ ބަހެއް ބަސް ހުއްޓިއެއް ކައިރި މަޑުކޮށްލައިގެން ---- ފޮޓޯ: އަދަދު

މާލެ ސަރަހައްދުގައި އެމްޓީސީސީ އިން ދުއްވާ ބަހެއް ބަސް ހުއްޓިއެއް ކައިރި މަޑުކޮށްލައިގެން ---- ފޮޓޯ: އަދަދު

ވެރިކަން ކުރާ ޕީއެންސީ އިން މީގެ ކުރިން ޖަގަހަ ހިންގި އިމާރާތް މަރާމާތުކޮށް ހަތަރު ބުރީގެ އޮފީހެއް ހުޅުވަން މިރޭ ބާއްވާ ޖަލްސާއާ ދިމާކޮށް މާލެ އާއި ހުޅުމާލެއާ ދެމެދު ކުރާ ބަސް ދަތުރުތަކެއް ހުއްޓާލަން އެމްޓީސީސީ އިން ނިންމައިފި އެވެ.

އެމްޓީސީސީ އިން ބުނީ މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގެ މަގުތައް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން، އެ ކުންފުނިން ދެމުން ގެންދާ އާރުޓީއެލް ބަހުގެ ހިދުމަތުގެ ތެރޭގައި ހިމެނޭ R2 (ކާނިވަލް ސަރަހައްދުން ހުޅުމާލެ ފޭސް އެކަކަށް ދަތުރުކުރާ ރޫޓު) އަދި R8 (ކާނިވަލް ސަރަހައްދުން ހުޅުމާލެ ފޭސް ދޭކަށް ދަތުރުކުރާ ރޫޓު) ގެ ދަތުރުތައް މިރޭ 8:00 އިން 12:00 އަށް މެދުކެނޑޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން މާލެ ތެރޭގެ ބަސް ރޫޓުތަކުގެ ތެރެއިން އަމީނީ ރޫޓުގެ ބަސް ދަތުރު އެ ވަގުތަށް ހުއްޓާލައި އޯކިޑު ރޫޓުގެ ބަސް ދަތުރުކުރާ ގޮތަށް ބަދަލު ގެންނާނެ ކަމަށް ވެސް އެމްޓީސީސީ އިން ބުނެފައިވެ އެވެ.

ޕީއެންސީގެ ޖަލްސާ އާއި ގުޅިގެން މިރޭ އެއްވެސް މަގެއް ބަންދުކުރާ ކަމަކަށް ފުލުހުން މިހާތަނަށް ބުނެފައެއް ނުވެ އެވެ.

އާޓިފިޝަލް ބީޗު ކުރިމަތީ ހުންނަ ޕީއެންސީގެ އޮފީސް ހުޅުވުމަށް ބާއްވާ ޖަލްސާ ފަށަނީ މިރޭ 8:30 ގަ އެވެ. މި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ ވަޒީރުން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މަޖިލީހުގެ ގިނަ މެންބަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox