ޖެނުއަރީ މަހު ފުލުހުންނަށް 800 އަށްވުރެ ގިނަ މައްސަލަ، އެންމެ ގިނައީ ވައްކަން

ދެ ފުލުހަކު މާލެ ސަރަހައްދުގައި ހަރަކާތްތެރިވަނީ: ޖެނުއަރީ މަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ 881 މައްސަލައިގެ ތެރެއިން 336 މައްސަލަ އަކީ ވައްކަމާ ގުޅުންހުރި މައްސަލަ--ފޮޓޯ: ފުލުހުން

ދެ ފުލުހަކު މާލެ ސަރަހައްދުގައި ހަރަކާތްތެރިވަނީ: ޖެނުއަރީ މަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ 881 މައްސަލައިގެ ތެރެއިން 336 މައްސަލަ އަކީ ވައްކަމާ ގުޅުންހުރި މައްސަލަ--ފޮޓޯ: ފުލުހުން

މިއަހަރުގެ ފުރަތަމަ މަހުގެ ތެރޭގައި ފުލުހުންގެ ހިދުމަތަށް އެންމެ ގިނައިން ހުށަހަޅާފައި އޮތީ ވައްކަމުގެ މައްސަލަތައް ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މމި ހިނގާ ޖެނުއަރީ މަހުގެ އިއްޔެއާ ހަމައަށް އެ އޮފީހަށް ހުށަހެޅީ 881 މައްސަލަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. ވައްކަމުގެ 336 މައްސަލައެއް ޖެނުއަރީ މަހު ހުށަހެޅި އެވެ.

މި ޖެނުއަރީ މަހު ފުލުހުންނަށް ހުށަހަޅާފައިވާ އެހެން މައްސަލަތަކުގެ ތެރޭގައި، މަސްތުވާ ތަކެތެއްޗާއި ގުޅުންހުރި 113 މައްސަލައަކާއި ޖިންސީ ފުރައްސާރައިގެ 27 މައްސަލައަކާއި މާރާމާރީގެ 34 މައްސަލައެއް ވެސް ހިމެނެ އެވެ.

Advertisement

އޭގެ އިތުރުން، ގެވެށި އަނިޔާގެ 23 މައްސަލައަކާއި ފޭކު ފައިސާ ގެންގުޅުމުގެ އަށް މައްސަލަ އަކާއި ޗެކް ބައުންސިންގެ ދެ މައްސަލައެއް ވެސް މި މަހު ތެރޭގައި ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.

ފާއިތުވި 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ އަހަރުގެ ޖެނުއަރީ މަހު ވެސް ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓްކޮށްފައި އޮތީ ވައްކަމުގެ މައްސަލަތަކެވެ. އަދި މިދިޔަ އަހަރު އެއްކޮށް ވައްކަމުގެ 4754 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ.

ފުލުހުންގެ ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެ އިދާރާއަށް ހުށަހަޅާފައިވާ މައްސަލަތަކާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ މިންވަރު 23 ޕަސެންޓު މަދެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހިސާބުތަކަށް ބަލާއިރު އެ މަހު މަސްތުވާ ތަކެއްޗާއި ގުޅުން ހުރި 137 މައްސަލައަކާއި ޖިންސީ ފުރައްސާރަ ކުރިކަމުގެ 37 މައްސަލައަކާއި މާރާމާރީގެ 47 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.

މިދިޔަ އަހަރުގެ ޖުމްލަ ތަފާސްހިސާބުތަކަށް ބަލާއިރު، މަސްތުވާތަކެއްޗާ ގުޅުން ހުރި 1576 މައްސަލައަކާއި ޖިންސީ ފުރައްސާރައިގެ 386 މައްސަލަ އަކާއި މާރާމާރީގެ 649 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox