އެފްރިކަން ކަޕް: ޕެނަލްޓީ ޖަހައިގެން އައިވަރީ ކޯސްޓު ބަލިކޮށް މިސްރު ކުއާޓާ އަށް

Jan 26, 2022, 7:06 PM
މިސްރު މޮޅުވި ޕެނަލްޓީ ޖެހުމަށް ފަހު ސަލާހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިސްރު މޮޅުވި ޕެނަލްޓީ ޖެހުމަށް ފަހު ސަލާހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޑުއާލާ، ކެމަރޫން (ޖެނުއަރީ 26) - އެފްރިކަން ކަޕް އޮފް ނޭޝަންސްގައި މިރޭ ޕެނަލްޓީ ޖަހައިގެން 5-4 އިން އައިވަރީ ކޯސްޓް ބަލިކޮށް މިސްރު މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މިރޭގެ މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ނިމުނުއިރު، މިސްރާއި އައިވަރީ ކޯސްޓް އޮތީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ޕެނަލްޓީގައި މިސްރު މޮޅުވީ އައިވަރީ ކޯސްޓަށް އެއް ޕެނަލްޓީ ނާކާމިޔާބުވުމުންނެވެ. ކުއާޓާ ފައިނަލުގައި މިސްރުން ކުޅެން ޖެހޭނީ މޮރޮކޯއާ ދެކޮޅަށެވެ.

މިރޭ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ނުރައްކާތެރި ހަމަަލާ ފޮނުވާލީ މިސްރުގެ ފޯވާޑް އޮމާރް މާމޫޝް އެވެ. އޭނާ ޖެހި ޝޮޓް ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ. އޭގެ ފަހުން މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހު ޖެހި ބޯޅަ އާއި އެ ޓީމުގެ މުސްތަފާ މުހައްމަދު ފޮނުވާލި ހަމަލާ ހުއްޓުވީ އައިވަރީ ކޯސްޓުގެ ކީޕަރު ބަދުރާ އަލީ ސަންގާރޭ އެވެ.

Advertisement

ފުރަތަމަ ހާފުގައި އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭ އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނުއިރު، އެ ޓީމުން ވެސް ވަނީ ގޯލަށް އަމާޒުކޮށް ރަނގަޅު ދެ ޝޮޓެއް ފޮނުވާލައިފަ އެވެ. އެ ގޮތުން އިބްރާހިމް ސަންގާރޭ، އޭރިއާތެރެއިން އެކްރަބެޓިކް ކިކަކުން ފޮނުވާލި ބޯޅަ އާއި ސަބެސްޓިއަން އަލެއާ ފޮނުވާލި ހަމަލާ މިސްރުގެ ކީޕަރު މުހައްމަދު އަލްޝަނާވީ ވަނީ މަތަކޮށްފަ އެވެ.

މިސްރުން ދެ ވަނަ ހާފުގައި އެ ޓީމުގެ ތަރި ސަލާހަށް ދޭ ބޯޅަތައް ގިނަކޮށްގެން، އެޓޭކްކުރެވޭތޯ ބެލި ނަމަވެސް ގޯލެއް ޖެހޭ ގޮތެއްނުވި އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި އައިވަރީ ކޯސްޓްގެ ވިލްފްރިއެޑް ޒަހާ ވެސް ގޯލެއް ޖެހޭތޯ ބެލި އެވެ. އެކަމަކު، އޭނާ އަށް ވެސް އެކަން ކާމިޔާބެއްނުވި އެވެ.

މެޗުގެ 88 ވަނަ މިނިޓްގައި މިސްރުގެ ކީޕަރު އެލްޝަނާވީ އަށް އަނިޔާވެގެން އޭނާގެ ބަދަލުގައި ދެ ވަނަ ކީޕަރު މުހައްމަދު އަބޫގަބާލް (ގަބާސްކީ) ކުޅެން އެރި އެވެ. އައިވަރީ ކޯސްޓަށް ގޯލެއް ޖަހައިދޭން ސަންގާރޭ އޭރިއާބޭރުން ޖެހި ބޯޅަ ކީޕަރު ގަބާސްކީ ވަނީ މަތަކޮށްފަ އެވެ.

އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ނިމުނުއިރު ވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހީ ޕެނަލްޓީ އެވެ.

ދެ ޓީމުން ފޮނުވާލި ޕެނަލްޓީތަކުގެ ތެރެއިން ނާކާމިޔާބުވީ އައިވަރީ ކޯސްޓްގެ ޑިފެންޑަރު އެރިކް ބާއީ ޖެހި ޕެނަލްޓީ އެވެ. ބާއީ ޖެހި ޕެނަލްޓީ ކީޕަރު ގަބާސްކީ ވަނީ މަތަކޮށްފަ އެވެ. އައިވަރީ ކޯސްޓުން ޕެނަލްޓީތައް ކާމިޔާބުކުރީ ސަންގާރޭ، ޒަހާ، މެކްސްވެލް ކޯނޭޓް އަދި ނިކޮލަސް ޕެޕޭ އެވެ. މިސްރުގެ ފުރަތަމަ ހަތަރު ޕެނަލްޓީ ޖެހީ ހަމްދީ ފާތީ، މުހައްމަދު އަލްމޮނެއިމް، އަބޫ އަލް ފަތޫހު، ޒިޒޯ އެވެ. މިސްރު މޮޅުވި ޕެނަަލްޓީ ވައްދާލީ ސަލާހު އެވެ.

ކުއާޓާގެ މެޗުތަކަށް ބަލާއިރު، ފުރަތަމަ މެޗުގައި ބުރްކީނާ ފާސޯ ކުޅޭނީ ޓިއުނީޝިއާއާ އެވެ. ދެ ވަނަ ކުއާޓާ ފައިނަލުގައި ސެނެގޯލް ކުޅޭނީ އިކުއޭޓްރަލް ގިނީއާ އެވެ. ތިން ވަނަ ކުއާޓާ ފައިނަލުގައި ގެމްބިއާ އާއި ކެމަރޫން ކުޅޭއިރު، ކުއާޓާ ފައިނަލްގެ ފަހު މެޗުގައި މިސްރު ބައްދަލުކުރާނީ މޮރޮކޯއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox