އެފްރިކަން ކަޕް ފައިނަލް: ސަސްޕެންޝަންތަކާއި ބޮޑެތި ޖޫރިމަނާތަކެއް

Jan 29, 2026, 10:42 AM
އެފްރިކަން ކަޕް ކާމިޔާބުކޮށް ސެނެގާލުން އެ ގައުމުގައި ބޭއްވި ބަސް ޕެރޭޑުގެ ތެރެއިން.

އެފްރިކަން ކަޕް ކާމިޔާބުކޮށް ސެނެގާލުން އެ ގައުމުގައި ބޭއްވި ބަސް ޕެރޭޑުގެ ތެރެއިން.

ރަބަތު، މޮރޮކޯ (ޖެނުއަރީ 29) - މި މަހު ނިމިގެންދިޔަ އެފްރިކަން ކަޕްގެ ފައިނަލްގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން، އެފްރިކާގެ މައި ފުޓްބޯޅަ އިދާރާ، ކާފްގެ ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ބަލައި، ކުޅުންތެރިންނާއި ކޯޗުން ސަސްޕެންޑްކުރުމުގެ އިތުރުން ފެޑެރޭޝަން ވެސް ޖޫރިމަނާކޮށްފި އެވެ.

މި މަހު 18 ވަނަ ދުވަހު ކުޅުނު ފައިނަލުގައި، މޮރޮކޯ އަށް 50 އަހަރު ތެރޭ ފުރަތަމަ ތަށި ހޯދަން ރަނުގެ ފުރުސަތެއް ލިބުނެވެ. އިތުރު ވަގުތުގެ ތެރޭގައި މޮރޮކޯ އަށް ލިބުނު ޕެނަލްޓީއެއް ޖަހަން 24 ވަރަކަށް މިނިޓް މަޑުކުރަން ޖެހުނެވެ. އެއީ، ސެނެގާލް ސަޕޯޓަރުންގެ ހަމަނުޖެހުންތަކާ ހެދި އާއި ދަނޑުގެ ސެކިއުރިޓީ ހާލަތު ކޮންޓްރޯލްގެ ދަށަށް ގެނައުމުގެ އިތުރުން، ހިތްހަމަނުޖެހިގެން ދަނޑުން ފޭބި ސެނެގާލްގެ ކުޅުންތެރިންނާއި ކޯޗު މަލިކް ތިއޯ އަލުން މެޗު ކުޅެން އެއްބަސްވުމަށް ނެގި ވަގުތެވެ.

ހާލަތު ހަމަޖައްސައި، މެޗުފެ ފުރިހަަމަ ވަގުތުގައި ކުޅެން ލިބުނު އެންމެ ފަހު ބޯޅައިގައި މޮރޮކޯގެ ބްރަހިމް ޑިއާޒް ޖެހި ޕެނަންކާ ޕެނަލްޓީ ދިޔައީ، ސެނެގާލް ކީޕަރު އެޑޮއާޑް މެންޑީ އަތަށެވެ. މި ފަހަރުގެ އެފްރިކަން ކަޕްގެ އެންމެ ގިނަ ގޯލު (5 ލަނޑު) ޖެހި ބްރަހިމް އަށް އެންމެ މުހިންމު ފުރުސަތުގެ ބޭނުން ނުހިފުނެވެ. އަދި، އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޕާޕޭ ގޭއި ޖެހި ގޯލުން ފަސް އަހަރު ތެރޭ ދެ ވަނަ ފަހަރަށް ސެނެގާލަށް އެފްރިކާގެ ޗެމްޕިއަންކަން ލިބުނީ އެވެ.

Advertisement

އެކަމަކު، ސެނެގާލުން ޗެމްޕިއަންކަން ހޯދިއިރު، އެ މެޗުގައި ކަންތައްތައް ދިޔަ ގޮތުގެ މައްސަލަ ބަލަން ކާފް އިން ނިންމީ އެވެ. އަދި، އެންމެ ފުރަތަަމަ ކަމެއްގެ ގޮތުން، ސެނެގާލްގެ ކޯޗު ތިއޯ ސަސްޕެންޑް ކުރަން ވަނީ ނިންމައިފަ އެވެ.

މައްސަލަ ބަލައި ނިންމިއިރު، ތިއޯ ވަނީ ފަސް މެޗަށް ސަސްޕެންޑްކޮށްފަ އެވެ. އަދި، ތިއޯ އަށް ވަނީ 100،000 ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހިފަ އެވެ. ސެނެގާލްގެ ފޯވާޑް، އިލިމަން އެންޑިއާއޭ އަށް ވަނީ ދެ މެޗުގެ ސަސްޕެންޝަނެއް އަތުވެފަ އެވެ. އެއީ، ރެފްރީއާ ދިމާކުރުމުގެ ގޮތުން، ބޭއަދަބީގެ މުއާމަލާތު ކޮށްފައިވާތީ އެވެ. މީގެ އިތުރުން، ކުޅުންތެރިން ދަނޑުން ފޭބި މައްސަލައިގައި ސެނެގާލް ފުޓްބޯޅަ ފެޑެރޭޝަން، 615،000 ޑޮލަރުން ވަނީ ޖޫރިމަނާކޮށްފަ އެވެ.

މޮރޮކޯ ޓީމުގެ އިސްމާއިލް ސައިބާރީ އަށް ތިން މެޗުގެ ސަސްޕެންޝަނަކާއި 100،000 ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހުނުއިރު، އެ ޓީމުގެ ތަރި، އަޝްރަފް ހަކީމީ ވަނީ ދެ މެޗަށް ސަސްޕެންޑްކޮށްފަ އެވެ. މީގެ ތެރެއިން އެއް މެޗުގެ ސަސްޕެންޝަނަށް އަމަލުކުރަން ޖެހޭނީ 12 މަސް ދުވަސް ފަހުންނެވެ.

މެޗު ފުރިހަމަ ނުކޮށް ސެނެގާލް ކުޅުންތެރިން ދަނޑުން ފޭބުމުން، މެޗު އަލުން ކުޅެން އެޕީލްކޮށް، މޮރޮކޯ އިން ލީ ޕްރޮޕޯސަލް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. ކާފްގެ ޑިސިޕްލިނަރީ ކޮމީޓީން ބުނީ އަޅާފައިވާ ފިޔަވަޅުތަކަކީ، އެ ބައްރުގެ މެޗުތަކުގައި ތަންފީޒުކުރާނެ ކަންކަން ކަމަށާއި އެހެންކަމުން އޭގެ ސަބަބުން، މި އަހަރު އޮތް ފީފާ ވޯލްޑް ކަޕްގައި މީގެއިން އެއްވެސް ފަރާތަކަށް އަސަރެއް ނުކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox