އެފްރިކާގެ އަންހެން ފުޓްބޯޅަ މުބާރާތް ފަހު ވަގުތު ފަސްކޮށްފި

Mar 6, 2026, 5:30 AM
އެފްރިކާގެ އަންހެން ފުޓްބޯޅަ މުބާރާތް ފަހު ވަގުތު ފަސްކޮށްފި

ރަބަތު، މޮރޮކޯ (މާޗް 6) - އެފްރިކާގެ އަންހެން ފުޓްބޯޅަ މުބާރާތް، ވިމެންްސް އެފްރިކަން ކަޕް އޮފް ނޭޝަންސް (ވެފްކޮން)ގެ މި އަހަރު ބާއްވަން އޮތް މުބާރާތް ފަހު ވަގުތު ފަސް ކުރަން، އެފްރިކާގެ މައި ފުޓްބޯޅަ ޖަމިއްޔާ، ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން ނިންމައިފި އެވެ.

މި މަހުގެ 17 އިން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް މޮރޮކޯގައި ކުރިއަށްގެންދަން ނިންމާފައި އޮތް ވެފްކޮން ފަށަން 12 ދުވަހަށް ވެފައިވަނިކޮށް، މުބާރާތް ފަސްކުރަން ނިންމީ ވަރަށް ގިނަ ގޮތްގޮތުން ވިސްނާފައި ކަމަށް ކާފް އިން ވަނީ ބުނެފަ އެވެ.

މި ފަހަރުގެ ވެފްކޮން އަކީ އަންނަ އަހަރު ބްރެޒިލްގައި ބާއްވާ ފީފާ ވިމެންސް ވޯލްޑް ކަޕްގެ ކޮލިފައިންއާ އެއްކޮށް ކުރިއަށްދާ މުބާރާތެކެެވެ. މުބާރާތް ފަސްކުރަން ކާފް އިން ނިންމީ މުބާރާތް ބާއްވާ ހޯސްޓް މޮރޮކޯގައި ހުރި ކަންބޮޑުވާން ޖެހޭ ކަންތައްތަކެއްގެ ސަބަބުންނެވެ.

Advertisement

އެ ގޮތުން، ދާދި ފަހުން، މޮރޮކޯގައި ހޯސްޓްކުރި އެފްރިކަން ކަޕްގެ ފައިނަލުގައި މޮރޮކޯ އާއި ސެނެގާލް ކުޅުނު މެޗުގައި ހިނގައިދިޔަ ކަންތައްތަކަށް ފަހު، މޮރޮކޯގައި މުބާރާތް ހޯސްޓްކުރުމާ މެދު ކާފް އިން ވަނީ ގިނަ ކަންތައްތަކަކަށް ސަމާލުކަން ދޭން ނިންމައިފަ އެވެ.

ކާފް އިން މިހާރު ނިންމާފައި އޮތީ ޖުލައި 25 އިން އޮގަސްޓް 16 އަށް ވެފްކޮން ކުޅޭ ގޮތަށެވެ. އެ މުއްދަތުގައި މުބާރާތް ބާއްވާއިރު، މުބާރާތް ބާއްވާ ގައުމު ބަދަލުކުރާނެތޯ އުފެދިފައިވާ ސުވާލަށް ކާފް އިން ސީދާ ޖަވާބެއް ނުދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox