ފޭސް ޓޫ ގައިވެސް ސާމްޕަލް ސެންޓަރެއް ހުޅުވައިފި

ހިޔާ ފްލެޓް ސަރަހައްދު މީހުން ހަރަކާތްތެރި ވަނީ: މާލެ ސަރަހައްދުގައި ހަ ސެންޓަރެއް ވަނީ ޓެސްޓު ހެދުމަށް ގާއިމް ކޯށްފައި-- ފޮޓޯ: ހުސެން ޝަޔާހު / އަދަދު

ހިޔާ ފްލެޓް ސަރަހައްދު މީހުން ހަރަކާތްތެރި ވަނީ: މާލެ ސަރަހައްދުގައި ހަ ސެންޓަރެއް ވަނީ ޓެސްޓު ހެދުމަށް ގާއިމް ކޯށްފައި-- ފޮޓޯ: ހުސެން ޝަޔާހު / އަދަދު

ހުޅުމާލެ ފޭސް ދޭއްގައި އުޅޭ މީހުންނަށް ފަސޭހަ ކުރުމަށް އެ ސަހަރައްދުގައި ސާމްޕަލް ސެންޓަރެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުޅުވައިފި އެވެ.

އެޗްޕީއޭއިން ބުނީ އެ ސެންޓަރު ހުޅުވާފައި ވަނީ ދެވަނަ ފިޔަވަހީގެ އެޗް-8 ފްލެޓް ކައިރީގައި ކަމަށެވެ. މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކޮވިޑްގެ ސާމްޕަލް ނެގުމަށް ހުޅުވި ފުރަތަމަ ސެންޓަރެވެ.

އެ ސެންޓަރު ހުޅުވަނީ މިއަދުން ފެށިގެން ކޮންމެ ދުވަހަކު މެންދުރު ފަހު 3:00 އިން ފެށިގެން އިރުއޮއްސި 6:30 އަށެވެ. އެ ސެންޓަރުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ފަރާތްތަކަށް ފަސޭހަ ވާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން އެޗްޕީއޭން މީގެ ކުރިން ވަނީ ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ވެސް ސެންޓަރެއްހަދާފަ އެވެ. އެ ދެ ސެންޓަރާއެކު މިހާރު މާލެ ސަރަހައްދުގައި ޖުމްލަ ހަ ސެންޓަރެއް ވަނީ ގާއިމްކޮށްފަ އެވެ.

އެއީ:

ސޯޝަލް ސެންޓަރު: ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:00އިން މެންދުރު 12:00 އަށް އަދި މެންދުރުފަހު 3:00 އިން ހަވީރު 6:00އަށް. މީގެ އިތުރުން ހުކުރު ދުވަހު މެންދުރުފަހު 3:00އިން ހަވީރު 6:00އަށް

ވިލިމާލެ ފްލޫ ކްލިނިކް: ކޮންމެ ދުވަހަކު ހަވީރު 4:00އިން ރޭގަނޑު 6:30އަށް

ރުށްގަނޑު 1، ހުޅުމާލެ: ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:00އިން މެންދުރު 12:00 އަށް އަދި މެންދުރުފަހު 3:00އިން ހަވީރު 6:00އަށް. މީގެ އިތުރުން ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ހަވީރު 6:00އަށް.

އެފްއޭއެމް ހިންގި އިމާރާތް: ކޮންމެ ދުވަހަކު މެންދުރުފަހު 2:00 އިން އިރުއޮއްސި 6:00އަށް.

ހުޅުމާލެ ދެ ވަނަ ފިޔަވަހި: ކޮންމެ ދުވަހަކު މެންދުރު ފަހު 3:00 އިން ފެށިގެން އިރުއޮއްސި 6:30އަށް.

ހެންވޭރު ދަނޑު: ކޮންމެ ދުވަހަކު މެންދުރުފަހު 3:00އިން ރޭގަނޑު 6:30އަށް.

އޭގެ އިތުރުުން މާލެ ސަރަހައްދުގައި ވަނީ ތިން ފްލޫ ކްލިނިކެއްވެސް ހުޅުވާފަ އެވެ. އެއީ ސެނަހިޔާ އާއި ވިލިމާލޭގެ އިތުރުން ހުޅުމާލޭގަ އެވެ.

ރާއްޖޭގައި ވެސް މިހާރު ވަގުތުން ނަތީޖާ ލިބޭ އެންޓިޖެން ޓެސްޓް ހަދަން ފަށަފައި ވާއިރު ސެންޓްރުތައްވެސް ވަނީ ހަދާފަ އެވެ. އެގޮތުން އެންޓިޖެން ޓެސްޓު ސޯޝަލް ސެންޓަރުންނާއި ސެނަހިޔާގެ އިތުރުން ހުޅުމާލެ ރުއްގަނޑު އެކެއް ސަރަހައްދުން ހެދެ އެވެ.

ރާއްޖޭގެ ކޮވިޑް ހާލަތު ގޯސްވަމުން ދާއިރު ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 7681 ސާމްޕަލް ޓެސްޓު ކޮށްފައިވާއިރު، އޭގެތެރެއިން 2707 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އެއާ އެކު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 15،721 އަށް އަރައިފަ އެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 120،168 އަށް އަރާފައި ވާއިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށް 52 މީހަކަށް ދަނީ ފަރުވާ ދެމުން ނެވެ.

ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިހާތަނަށް ކޮވިޑް ބަލި ރާއްޖެއިން ފެނުނުތާ 675 ދުވަސްވެފައި ވާއިރު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 270 އަށް އަރާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox