ހުލާސާކޮށް އިއްޔެ: ވެލެންސިއާ ޕްރެޒިޑެންޓްސް ކަޕް އުފުލައިލުން

ވެލެންސިއާގެ ކުޅުންތެރިންނާއި އޮފިޝަލުން ޕްރެޒިޑެންޓްސް ކަޕުގެ ތައްޓާއެކު: ވެލެންސިއާއަކީ ރާއްޖޭގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ޓީމު -- ފޮޓޯ: އަބްދުﷲ އަބީދު/އަދަދު

ވެލެންސިއާގެ ކުޅުންތެރިންނާއި އޮފިޝަލުން ޕްރެޒިޑެންޓްސް ކަޕުގެ ތައްޓާއެކު: ވެލެންސިއާއަކީ ރާއްޖޭގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ޓީމު -- ފޮޓޯ: އަބްދުﷲ އަބީދު/އަދަދު

މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ބަލިކޮށް ޕްރެޒިޑެންޓްސް ކަޕުގެ ތަށި ކްލަބް ވެލެންސިއާއިން އުފުލައިލީ ރޭގަ އެވެ.

ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ވެލެއިންސިއާ މުބާރާތުގެ ތަށި ނެގީ 2-1 ގެ ނަތީޖާއަކުން މާޒިޔާ ބަލިކޮށްގެނެވެ. ރޭ ތަށި އުފުލާލުމުން މިއީ ވެލެންސިއާއިން މި މުބާރާތް ކާމިޔާބު ކުރި ހަ ވަނަ ފަހަރެވެ.

ރ. އަލިފުށީގެ ޓާފު ދަނޑުގައި ކުރިއަށްގެންދިޔަ އެ ފައިނަލުގައި ފުރަތަމަ ގޯލު ޖެހީ މެޗު ފެށިތާ ފަސް މިނެޓުގެ ތެރޭގައި ވެލެންސިއާގެ ލަންކާ ޑިފެންޑަރު ޑަކްސަން ޕުސްލަކް އެވެ. މާޒިޔާއިން ލަނޑު ޖެހީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައި އޮއްވާ އެ ޓީމުގެ ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) އެވެ.

މެޗުގައި ވެލެންސިއާއިން މޮޅުވި ލަނޑު ޖެހީ 90 މިނެޓު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި އެ ޓީމުގެ ސްޕެއިންގެ ފޯވާޑް ބޯހާސް މާޓިން އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ވެެލެންސިއާގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެވެ. އެ މުބާރާތުގައި ފާސިރު ވަނީ ޖުމްލަ ހަތް ގޯލު ޖަހައިފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލެންސިއާގެ ބޯހަސް އެވެ.

"ހަގީގަތުގައި އެއް ކުލައިގެ ޓްރެވަލް ކިޓެއް ވެލެންސިއާގައި ނެތް. އެކަމަކު މި ކުޅުންތެރިން ކުރި ހިތްވަރާއި ކޯޗިން ޓީމު ކުރި މަސައްކަތުން މިއަދު އެނގިގެން މި ދިޔައީ ތަށި ހޯދުމުގެ ގާބިލުކަން ވެލެންސިއާގެ ސްކޮޑުގައި ހުރިކަން. މިއީ ވިނިން ފޯމިއުލާގެ މައްޗަށް ބިނާކޮށް ކުރި ބުރަ މަސައްކަތުން ހޯދި ކާމިޔާބެއް. އިރާދަ ކުރެއްވިއްޔާ އެއް ކުލައިގެ ޓްރެވަލް ކިޓް ވެސް އަދި ހޯދޭނެ،" ތަށި އުފުލައިލުމަށްފަހު، ވެލެންސިއާގެ މާލީ ހާލަތަށް ރިއާޔަތްކޮށް އެ ޓީމުގެ ކޯޗު އިސްމާއިލް އާސިފް (ކުޑަ ހީނާ) ވިދާޅުވި އެވެ.

ކްލަބް ވެލެންސިއާގެ ތާރީހު

ކްލަބް ވެލެންސިއާ ކުޅިވަރު ކުޅޭ ޓީމެއްގެ ގޮތުގައި ސަރުކާރުގައި ރަޖިސްޓްރީ ކުރީ އޮކްޓޯބަރު 16، 1979 ގަ އެވެ. ވެލެންސިއާ އުފެއްދުމުގެ ވިސްނުން އައީ ސިފައިންގެއިން އިންތިޒާމްކޮށްގެން ބޭއްވި "ޖޫނިއާ ފުޓްބޯލް ޕޫލް" ގައި ރަނާއި ނޫ ކުލައިގެ ހެދުމުގެ ކުޅުނު ކުޅުންތެރިންގެ ފަރާތުންނެވެ.

ވެލެންސިއާ އުފެއްދުމުގައި އުޅުނު ބައެއް އިސް ފަރާތްތައް އަދިވެސް ކްލަބާއެކު އެބަ މަސައްކަތް ކުރެ އެވެ. އެ ކްލަބް އުފެއްދުމުގައި 14 ވަރަކަށް މީހުން އަމަލީ ގޮތުން ވަރަށް ބުރަ މަސައްކަތެއް ކުރި އެވެ. އެއީ:

  1. އަދީލް ޖަލީލް
  2. އިބްރާހިމް "ދާލު" މަނިކު
  3. މުހައްމަދު "ދިއްދޫ" އަލީ
  4. އަހުމަދު "ދޮނާ" މުހައްމަދު
  5. ސައްލި ސައީދު
  6. އަހުމަދު "ހީނާ" ސަލީމް
  7. އަބްދުލް ހަމީދު "އައްޑޯ" އަބްދުލް ޣަފޫރު
  8. އަލީ އާދަމް މަނިކު
  9. ހަސަން "ބޮޑޭ" ނިޒާރު
  10. އަހުމަދު ނާޒިމް
  11. އަހުމަދު ފަޔާޒް
  12. އަހުމަދު "ރޮބިންސް" އިސްމާއިލް
  13. އަހުމަދު "ސައްޕެ" ޝަފީގް
  14. އަބްދުލް "ފިނިވައި" ހަމީދު

ވެލެންސިއާ އަށް ކިޔުމަށް އެންމެ ފުރަތަމަ ހުށަހެޅި ނަމަކީ "ޔޫތު ރިކްރިއޭޝަން މޫވްމަންޓް" އެވެ. ނަމަވެސް ސަރުކާރުން އެ ނަން ފާހެއް ނުކުރި އެވެ. ދެން ހުށަހެޅި ނަމަކީ "ޖުވެނައިލް ވެލެންސިއާ އެތުލެޓިކޯ" އެވެ. އެކަމަކު އެ ނަން ވެސް ފާހެއްނުވި އެވެ. ފާސްކޮށްދިނީ ތިން ވަނަ ފަހަރަށް ހުށަހެޅި ނަން "ކްލަބް ވެލެންސިއާ" އެވެ.

ވެލެންސިއާއަކީ ދިވެހި ތާރީހުގައި އެންމެ ގިނަ ކާމިޔާބު ހޯދާފައިވާ އެއް ޓީމެވެ. އެ ޓީމުގެ އެންމެ ފާހަގަކޮށްލެވޭ އެއް މޮޅަކީ ވާދަވެރި ނިއުރޭޑިއަންޓް ސްޕޯޓްސް 7-0 ބަލިލޮށް 1993 ވަނަ އަހަރު ގައުމީ ތަށި ނެގުމެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކުޅުންތެރިއަކަށް މުސާރަ ދީގެން ކުޅުވަން ފެށީ ވެސް ވެލެންސިއާއިން ކަމަށްވެ އެވެ. އެންމެ ފުރަތަމަ މުސާރަ ލިބުނު ކުޅުންތެރިއަކީ މޫސާ މަނިކް (ކުޑަ މޫސަ) އެވެ. ކުޑަ މޫސަ 1993 ވަނަ އަހަރު ވެލެންސިއާއަށް ގެންދިޔުމުގެ ކުރިން 12 އަހަރު އޭނާ ކުޅުނީ ނިއުރޭޑިއަންޓަށެވެ.

ދިވެހިރާއްޖޭގެ ތާރީހުގައި އުފެދުނު އެންމެ ހުނަރުވެރި ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އެންމެ ފުރަތަމަ އަދި އެންމެ ގިނަ ދުވަހު ކުޅުނީ ވެލެންސިއާއަށެވެ. އޭނާ ވެލެންސިއާގައި ވިދަން ފެށީ އުމުރުން އެންމެ 16 އަހަރުގައި އެ ޓީމުން ފަހިކޮށްދިން ފުރުސަތުގަ އެވެ.

ކްލަބް ވެލެންސިއާގެ ކާމިޔާބީ

  • ގައުމީ ފުޓުބޯޅަ މުބާރާތް (1993، 1994، 1998، 1999)
  • ކަޕް ވިނާސް ކަޕް (1995، 1996، 1998، 2005، 2007)
  • ޕްރެސިޑެންޓް އޮފް ދަ މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕް (1992، 1996، 2002)
  • އެފްއޭ ކަޕް (1998، 1995، 1999، 2004, 2016)
  • ދިވެހި ލީގު (2001، 2002، 2003، 2004، 2008)
  • މާލެ ލީގު (2005)
  • ޕްރެސިޑެންޓްސް ކަޕް (2008، 2021)
  • މައިލޯ ޗެރިޓީ ޝީލްޑް (2009)

މުހިންމު ބައެއް ހަބަރުތައް

  • މާލޭގެ ޒިކުރާ މިސްކިތް ހުރި ބިމުގައި މިސްކިތެއް އެޅުމުގައި ބަދަލުގައި ހުޅުމާލެ ފޭސް ދޭއްގައި މިސްކިތެއް އެޅުމަށް އިސްލާމިކް މިނިސްޓްރީން ނިންމީ އިއްޔެ އެވެ. ހުޅުމާލޭގައި އަޅާނީ 3000 މީހުންގެ ޖާގައިގެ 35 މިލިއަން ރުފިޔާގެ މިސްކިތެކެވެ.
  • ކޮވިޑް-19 އަށް އަމިއްލައަށް ޓެސްޓު ކުރެވޭ ހޯމް ކިޓުތަކަށް ހުއްދަ ދޭން ވިސްނަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ އިއްޔެ އެވެ. އޭގެ ކިޓަކުން ޓެސްޓު ކުރުމުން ގާތްގަނޑަކަށް 15 މިނެޓުގެ ތެރޭގައި ނަތީޖާ ލިބެ އެވެ.
  • ޑިޕާޓްމަންޓް އޮފް ނެޝިނަލް ރެޖިސްޓްރޭޝަނުގެ މުވައްޒަުން އޮފީހަށް ނުނިކުމެ ގެއިން މަސައްކަތް ކުރާ ގޮތަށް ހަމަޖެއްސުމުން، އައިޑީ ކާޑުތަކުގެ މަސައްކަތް ލަސްވާނެތީވެ، މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ކުރިއަށް އޮތް ހަ މަސް ދުވަހު ބަލައިގަތުމަށް ނިންމީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އައިޑީ ކާޑުތަކުގެެ މުއްދަތު އިތުރު ކުރުމަށްފަހު ޑިޕާޓްމަންޓް އޮފް ނެޝިނަލް ރެޖިސްޓްރޭޝަނުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ:

"މި ދަނޑިވަޅުގައި ރައްކާތެރިކަމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުން މިޑިޕާޓްމަންޓަށް ހާޟިރުވާންޖެހޭ ފަރާތްތަށް ވީހާވެސް މަދުކުރުމަށްޓަކައި މުއްދަތު ހަމަވާ ކާޑުތަކުގެ މުއްދަތު 31 ޖުލައި 2022ގެ ނިޔަލަށް އިތުރުކޮށްފިން."

ދުވަހުގެ ފޮޓޯ

ވެލެންސިއާ އާއި މާޒިޔާ އިއްޔެ ކުޅުނު ފައިލަން މެޗު ބަލަން ހުރި ސަޕޯޓަރަކު ދަނޑުގައި ހަރަކާތްތެރިވަނީ: މިއީ ވެލެންސިއާއިން އެ ތަށި އުފުލައިލި ދެ ވަނަ ފަހަރު -- ފޮޓޯ: އައްޒާމް އަލިފުޅު/އަދަދު
ވެލެންސިއާ އާއި މާޒިޔާ އިއްޔެ ކުޅުނު ފައިލަން މެޗު ބަލަން ހުރި ސަޕޯޓަރަކު ދަނޑުގައި ހަރަކާތްތެރިވަނީ: މިއީ ވެލެންސިއާއިން އެ ތަށި އުފުލައިލި ދެ ވަނަ ފަހަރު -- ފޮޓޯ: އައްޒާމް އަލިފުޅު/އަދަދު

ވެލެންސިއާ އާއި މާޒިޔާ އިއްޔެ ކުޅުނު ފައިލަން މެޗު ބަލަން ހުރި ސަޕޯޓަރަކު ދަނޑުގައި ހަރަކާތްތެރިވަނީ: މިއީ ވެލެންސިއާ އިން އެ ތަށި އުފުލައިލި ހަ ވަނަ ފަހަރު -- ފޮޓޯ: އަބްދުﷲ އަބީދު/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"ވިމެން އެސް ޕީސް ބިލްޑާސް އެންޑް އެޖެންޓްސް އޮފް ޗޭންޖް އިން މޯލްޑިވްސް"

މިއީ މާޗް، 2021 ގައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ ފަރާތުން ޝާއިއު ކުރި ރިޕޯޓެވެ. އެ ރިޕޯޓު ތައްޔާރު ކުރެއްވީ އެ އޮފީހުގެ ސީނިއާ ކޮންސަލްޓަންޓު ރޮބަޓް ޖޭމްސް ޓެމްޕްލާ އެވެ. އަދި އެ ދިރާސާ ކުރިއަށްގެންދިއުމަށް ޖަޕާނު ސަރުކާރުން ވެސް އެހީތެރިކަން ދީފައިވެ އެވެ.

އެ ދިރާސާގައި، ސިޔާސީ ގޮތުންނާއި އިޖްތިމާއީ ގޮތުން ރާއްޖެ ބަދަލުވަމުންދާ ދިޔުމުގައި އަންހެން ކުޅެންޖެހޭ މުހިންމު ރޯލުގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ. އަދި އަންހެނުންގެ ހައްގުތައް ރަނގަޅު ކުރެވިދާނެ ބައެއް ގޮތްތަކާއި ގައުމުގެ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރެވިދާނެ ގޮތްތަކުގެ މައްޗަށް ވެސް އެ ދިރާސާގައި ވާހަކަ ދައްކާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox