މިއީ ރަށެއްގައި ސަޕޯޓަރުންނަށް ބަލާލަން ލިބޭނެ ރަނގަޅު ގައުމީ ފައިނަލެއް: ސެންޓޭ

އިއްޔެ ބޭއްވި ވެލެންސިއާގެ ޕްރެކްޓިހުގެ ތެރެއިން ސެންޓޭ.-- ފޮޓޯ: އަދަދު

އިއްޔެ ބޭއްވި ވެލެންސިއާގެ ޕްރެކްޓިހުގެ ތެރެއިން ސެންޓޭ.-- ފޮޓޯ: އަދަދު

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މާދަމާ ހަވީރު ރ. އަލިފުށީ ޓާފް ދަނޑުގައި ކުޅެން ނިންމާފައިވާއިރު، މިއީ ރަށެއްގައި ތިބެގެން ސަޕޯޓަރުންނަށް ބަލާލަން ލިބޭނެ ރަނގަޅު ގައުމީ ފައިނަލަކަށްވާނެ ކަމަށް ކްލަބް ވެލެންސިއާގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ބުނެފި އެވެ.

އަލިފުށީ ޓާފް ދަނޑުގައި މާދަމާ ހަވީރު ކުޅޭ ފައިނަލް މެޗުގައި ވެލެންސިއާ ނުކުންނާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ.

ސެންޓޭ އަކީ 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް، ހދ. ކުޅުދުއްފުއްޓާއި ސ. ހިތަދޫގައި ކުޅުނުއިރު، ނިއު ރޭޑިއަންޓް ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. މީގެ އިތުރުން ރަށްރަށުގައި އޮންނަ ރަށު ފެންވަރު ނޫނީ އަތޮޅު ފެންވަރުގެ މުބާރާތްތަކުގައި ކުޅެން ސެންޓޭ އެކި ރަށްރަށަށް ދެޔެ އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު ބަލަން އެކި ރަށްރަށުން ވެސް މާދަމާ އަލިފުއްޓަށް މީހުންނަށް އަންނަން ނިންމާފައިވެ އެވެ.

ފައިނަލުގެ ކުރިން ސެންޓޭ، "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ބުނީ ރަށްރަށަށް މުބާރާތްތައް ކުޅެން ދާއިރު، އެ ރަށްރަށުގައި އޮންނަ ފުޓްބޯޅަ ފޯރި ފެންނަ ކަމަށެވެ. އެ ގޮތަށް ބަލާއިރު، މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް އަލިފުށީގައި ކުޅެން ނިންމުމުން ސަޕޯޓަރުންނަށް އެ ލިބެނީ ރަށުގައި ތިބެނެގެން ފެންވަރު ރަގަޅު ފައިނަލެއް ބަލާލުމުގެ ފުރުސަތު ކަމަށެވެ.

"ހަަމަ ގައުމީ ޓީމުގެ މެޗެއް ބަލާލުން ފަދަ ކަންނޭނގެ ވާނީ ދެ ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާއިރު. އެއީ މި ދެ ޓީމު (ވެލެންސިއާ އާއި މާޒިޔާ) ގައި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން މި ތިބީ. އެ ގޮތަށް ބަލާއިރު، މިއީ ސަޕޯޓަރުންނަށް ރަށުގައި ތިބެގެން ބަލާލަން ލިބޭނެ ރަނގަޅު ގައުމީ ފައިނަލަކަށް ވާނެ،" ސެންޓޭ ބުންޏެވެ.

"ރަށްރަށަށް މެޗުތައް ކުޅެން ދިއުމުން އެ އޮންނަ ފޯރި ފެނޭ. އެ ފަދަ މާހައުލެއްގައި މާދަމާގެ ގައުމީ ފައިނަލް ކުޅެލަން ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ،"

އިއްޔެ ބޭއްވި ވެލެންސިއާގެ ޕްރެކްޓިހުގެ ތެެރެއިން ސެންޓޭ ބޯޅަ ހިފައިގެން.-- ފޮޓޯ: އަދަދު

ސީޒަން ހުޅުވަން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި މިދިޔަ މަހު މާޒިޔާ އިން ވަނީ 5-0 އިން ވެލެންސިއާ ބަލިކޮށްފަ އެވެ. އެއީ ވެލެންސިއާ އިން ސީޒަނަށް ޓީމު ހަމަވެގެން މަދު ޕްރެކްޓިސްތަކެއް އެެކުގައި ކޮށްގެން ކުޅުނު މެޗަކަށް ވާތީ އެ ޓީމަށް އެ މެޗުގައި އުނދަގޫތަކެއް ހުރި ކަމަށް ވެލެންސިއާ ޓީމުން ވަނީ ބުނެފަ އެވެ.

މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުން ވެލެންސިއާ އިން ފުރުސަތު ހޯދީ މެޗަކުން ބަލިނުވެ އެވެ. ޖުމްލަ ހަތް މެޗު ކުޅުނުއިރު، ހަ މެޗުން މޮޅުވި އެވެ. އެއްވަރުވީ ކްލަބް އީގަލްސްއާ 2-2 އިންނެވެ. ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގެ ފަހު މެޗުގައި މާޒިޔާގެ މައްޗަށް ވެލެންސިއާ އިން ކުރިހޯދީ 1-0 އިންނެވެ.

ސެންޓޭ ބުނީ މި މުބާރާތުގައި މެޗަކުން ބަލިނުވެ ފައިނަލަށް އާދެވުމަކީ ޓީމުގެ ކޮންފިޑެންސާއި މޯޓިވޭޝަނަށް ބަލާއިރު ރަނގަޅެއް ކަމަށެވެ.

ފައިނަލް މެޗު އަލިފުށީގައި ކުޅޭއިރު، މާޒިޔާ އާއި ވެލެންސިއާ އަށް ވެސް ކުރިމަތިވާނެ ގޮންޖެހުމަކީ މެޗުތައް ގަލޮޅު ދަނޑުގެ ވިނައިގައި ކުޅެފައި، ކުއްލިއަކަށް ޓާފް ދަނޑެއްގައި ކުޅެން ޖެހުމުން އެ ހުންނަ ދަތިތައް ކަމަށް ސެންޓޭ ވަނީ ފާހަގަކޮށްފަ އެވެ.

ވެލެންސިއާ އިން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް ދިއުމުގައި އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާނެ އެއް ކުޅުންތެރިއަކީ ސެންޓޭ އެވެ. ވެލެންސިއާ އިން ޕްރެޒިޑެންޓްސް ކަޕްގައި ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުގެ މޮޅު ކުޅުންތެރިއަކީ ސެންޓޭ އެވެ. ސެންޓޭ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ގްރީން ސްޓްރީޓްސް، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ޓީސީ ސްޕޯޓްސް ކްލަބް މެޗުންނެވެ. ސެންޓޭ ލަނޑު ލިސްޓުގެ ކުރީގައި އޮތީ ހަތް މެޗުން ހަތް ގޯލު ޖަހައިގެންނެވެ.

އަލިފުށީ ޓާފް ދަނޑުގައި މާޒިޔާ އާއި ވެލެންސިއާ ކުޅޭ ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗު ފަށާނީ މާދަމާ ހަވީރު 16:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox