ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުން ދާތީ އެސްޓީއޯއިން ތެލުގެ އަގު ބޮޑުކޮށްފި އެވެ.
ރާއްޖެ އަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ކުންފުނި، އެސްޓީއޯއިން އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ "މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ ފާއިތުވި ހަތް އަހަރު ތެލުގެ އަގު ބޮޑުނުވާ މިންވަރަކަށް ބޮޑުވެފައި" ކަމަށެވެ.
"މިހެން ވުމުން، މި ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގުވެސް ވަނީ ވަރަށް ބޮޑުވެފަ،"
އެހެންވެ، މި އަދުން ފެށިގެން އެސްޓީއޯގެ ސަބްސިޑިއާރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑްތަކުން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 12.06ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް 12.44ރ. އަށެވެ.
އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގު ބޮޑުކުރީ މިދިޔަ އޮކްޓޯބަރު މަސް ތެރޭގަ އެވެ. އެފަހަރު އަގަށް ގެނައި ބަދަލާއެކު، ޝެޑްތަކުން ޕެޓްރޯލް ލީޑޓަރެއް ވިއްކަމުން ދިޔައީ 11.16ރ. އަށެވެ. އަދި ޑީސަލް ލީޑަރެއް 11.84ރ. އަށެވެ.
ސާފުނުކުރާ ތެޔޮ ފީފާއެއް ވިއްކާ އަގު އުފުލެމުން ގޮސް މިހާރު މިހާރު ތެޔޮ ފީފާއެއްގެ އަގު ހުރީ 100 ޑޮލަރުން މަތީގަ އެވެ.










