ހުލާސާކޮށް އިއްޔެ: މޭރީގެ މަރުގެ ތަފްސީލު ކޯޓުގައި ހާމަވަނީ

ހަލީމަތު ލަމްހާ ކޯޓުގައި: ދައުލަތުން ބުނީ ގްރޭސް މަރާލަންވީ ގޮތުގެ އިރުޝާދު ގްރޭސްގެ ފިރިމީހާ މާވިންއަށް ދިނީ ލަމްހާ ކަމަށް -- ފޮޓޯ: ސްކްރީން ކެޕްޗާ

ހަލީމަތު ލަމްހާ ކޯޓުގައި: ދައުލަތުން ބުނީ ގްރޭސް މަރާލަންވީ ގޮތުގެ އިރުޝާދު ގްރޭސްގެ ފިރިމީހާ މާވިންއަށް ދިނީ ލަމްހާ ކަމަށް -- ފޮޓޯ: ސްކްރީން ކެޕްޗާ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި މަސައްކަތް ކުރި ނަރުސް މޭރީ ގްރޭސް ޕިނޭޑާ މަރާލިކަމުގެ ތުހުމަތު ރައްދުވާ އޭނާގެ ފިރިމީހާ މާވިން އެސްވައި އާއި ފިރިހީމާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ ޝަރީއަތް ކޯޓުގައި އިއްޔެ ފެށުމާއެކު އެ މަރުގެ އާ ތަފްސީލު ކޯޓުގައި ހާމަވާން ފަށައިފި އެވެ.

އުމުރުން ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖެއް ވެސް ހުންނަ ގްރޭސް މަރާލީ އޮކްޓޯބަރު 19، 2021 ގަ އެވެ. އޭނާ މަރާލީ ހޮސްޕިޓަލުގެ ޑިއުޓީގައި އުޅެފައި ބްރޭކެއް ނަގައިގެން ގެއަށް ދިޔަ ވަގުތު ކަމަށް ފުލުހުން ބުނެ އެވެ. ގްރޭސް މަސައްކަތް ކުރީ އައިޖީއެމްއެޗުގެ ހީމޯ ޑަޔަލިސިސް ނަރުހެއްގެ ގޮތުގަ އެވެ.

ގްރޭސްގެ މަރު ރިޕޯޓް ކުރީ އޭނާގެ ފިރިމީހާ މާވިން، 29، އެވެ. ގްރޭސްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ވެސް އޭނާ އެވެ. މާވިން ބުނީ އޭނާއަށް ގްރޭސް ފެނުނީ ދަންޖެހި އަމިއްލައަށް މަރުވެފައި ހުއްޓާ ކަމަށެވެ. މާވިންއަކީ ހަމަ އެ ހޮސްޕިޓަލުގެ އެމަޖެންސީގައި މަސައްކަތް ކުރި ނަރުހެކެވެ. އޭނާގެ ލޯބިވެރިޔާ ހަލީމަތު، 24، ވެސް މަސައްކަތް ކުރީ އެމަޖެންސީ ޑިޕާޓްމަންޓުގެ ނަރުހެއްގެ ގޮތުގަ އެވެ.

ނަމަވެސް އޭގެ ހަފްތާއެއްހާ ދުވަސް ފަހުން ފުލުހުން އެ މައްސަލައިގެ ތަހުގީގުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައި ފިރިމީހާ ހައްޔަރު ކުރި އެވެ. ހަލީމަތު ހައްޔަރު ކުރީ ޑިސެމްބަރު 16، 2021 ގައި ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ މައްސަލައިގެ ޝަރީއަތް އިއްޔެ ފެށުމާއެކު މާވިން އާއި ހަލީމަތުގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތަފްސީލުތައް ކޯޓުގައި ހާމަވި އެވެ. އެގޮތުން ގްރޭސްގެ މަރުގެ މާސްޓާމައިންޑަކީ ހަލީމަތު ކަމަށް ދައުލަތުން ތުހުމަތު ކުރި އެވެ.

"އެ ސިރިންޖު އެއްކޮށް ހުސްކޮށްލުމަށްފަހު އޭނާ [ގްރޭސް] މަރުވިކަން ޔަގީން ކުރާތި،" ގްރޭސް މަރާލުމުގެ ކުޑައިރުކޮޅެއް ކުރިން ހަލީމަތު، މާވިންއަށް ފޮނުވި ފޯނު މެސެޖެއްގައިވާ އިބާރާތް ދައުލަތުން ކޯޓުގައި ހާމަ ކުރަމުން ބުންޏެވެ.

ހަލީމަތުގެ މެސެޖާއެކު މާވިން އަވަސްވެގަތީ "ފަސޭހައިން މީހަކު މަރާލާނެ ގޮތްތައް" އިންޓަނެޓު މެދުވެރިކޮށް ހޯދުމަށް ކަމަށް ދައުލަތުން ކޯޓުގައި ބުންޏެވެ. މާވިންގެ އިންޓަނެޓު ސާޗު ހިސްޓްރީ އާއި ލަމްހާގެ މެސެޖުތައް ދައުލަތުން ވަނީ ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅައިފަ އެވެ.

އެ މައްސަލައިގައި ލަމްހާ މާލޭގައި ދިރިއުޅެމުންދިޔަ ގެ ބަލައި ފާސް ކުރިއިރު ހޮސްޕިޓަލުން ވަގަށް ނަގާފައިވާ ބޭހާއި އިންޖެކްޝަން ފެނިފައިވާ ކަމަސް ފުލުހުން ބުނެ އެވެ.

މުހިންމު ބައެއް ހަބަރުތައް

  • ބޮލުގެ ނާށިގަނޑުން ބައެއް ނަގައިގެން އުމުރުން 66 އަހަރުގެ މީހެއްގެ ސިކުނޑީގައި އިން ޓިއުމަރެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ނައްތާލިލަން އިއުލާން ކުރީ އިއްޔެ އެވެ. ބެލެވޭ ގޮތުގައި އެއީ ނާށިގަނޑު ނަގައިގެން ރާއްޖޭގައި ކުރި އެފަދަ ކާމިޔާބު ފުރަތަމަ ސާޖަރީ އެވެ.
  • އިއްޔެ ރިކޯޑު އަދަދެއްގެ މީހުންނަށް ކޮވިޑް-19 ޖެހުނުކަން ރަސްމީ ހިސާބުތަކުން ދައްކައިފި އެވެ. އެޗްޕީއޭއިން އާންމުކުރި ނަމްބަރުތަކަށް ބަލާއިރު 2199 މީހުންގެ ހަށިގަނޑުން އިއްޔެ ކޮވިޑް ފެނުނެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދުތައް 10،500 އަށް ވުރެ ވަނީ މަތިވެފަ އެވެ.
  • މޯލްޑިވްސް ހައިޑްރޯގްރެފިކް ސާވިސްގެ ނަމުގައި މުޅިން އާ އޮފީހެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވީ އިއްޔެ އެވެ. އެ އޮފީހުގެ ބޭނުމަކީ ކަނޑުގެ ދިރާސާތައް ކުރުމާއި އެކަމާ ގުޅޭ މައުލޫމާތު އެއްކުރުމެވެ.

ދުވަހުގެ ކޯޓޭޝަން

ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމް ކުރުމާ ގުޅިގެން، މަރަށް މަރު ހިފުމުގެ ބަދަލުގައި ގިސާސް ފައިސާ ނަގަން ބޭނުންވި ސަބަބު ހާމަ ކުރަމުން، ޔާމީންގެ މަންމަ މަރިޔަމް ޝަފީގާ ވިދާޅުވީ:

"އަހަރެންގެ ދަރިފުޅުގެ ފުރާނައަކީ އަގުކުރެވޭނެ އެއްޗެއް ނޫން. ޔާމީންއަކީ މަރަށް މަރު ހިފުމާ ދެކޮޅަށް ވަކާލާތުކުރި މީހެއް. އެހެންކަމުން އޭނާގެ ނަމުގައި މީހަކުގެ ފުރާނަ ހިފާކަށް އަހަރެން ނޭދެން. ކޮންމެ އިންސާނަކަށްވެސް ދިރިހުރުމުގެ ޙައްޤަކީ އަސާސީ ޙައްޤެއްކަމަށް ޔާމީން ޤަބޫލުކުރި، އަދި އަހަރެން އެކަމަށް އޭނާއަށް ވަރަށް ތަޢުރީފުކޮށް ޤަދަރުކުރަން."

ދުވަހުގެ ފޮޓޯ

ތީމުގެ ޑޮކްޓަރުން
ތީމުގެ ޑޮކްޓަރުން

ސިކުނޑީގެ ނާށިގަނޑު ނަގައިގެން ޓިއުމަރު ނައްތާލުމަށް ޓްރީ ޓޮޕުގައި ސާޖަރީ ކުރިއަށް ގެންދިޔަ ޓީމުގެ ޑޮކްޓަރުން ފޮޓޯއަކަށް ހުއްޓިގެން: އެއީ ރާއްޖޭގައި ކުރި އެ ބާވަތުގެ ފުރަތަމަ ސާޖަރީ ކަމަށް ބެލެވޭ -- ފޮޓޯ: ޓްރީ ޓޮޮޕް ހޮސްޕިޓަލް

ދިރާސާތަކުން ކިޔާލުމަށް

"އަންޑާސްޓޭންޑިން ޖެންޑާ އިން މޯލްޑިވްސް - ޓުވާޑް އިންކްލޫސިވް ޑިވެލޮޕްމަންޓް"

އެއީ ވޯލްޑް ބޭންކުގެ ސޯޝަލް ޑިވެލޮޕްމަންޓް ސްޕެޝަލިސްޓު ޖެނާ އަލް-ހޯ އާއި ހަމަ އެ ބޭންކުގެ ސީނިއާ ޖެންޑާ ކޮންސަލްޓަންޓް ރޯހިނީ ޕްރަބާ ޕާންޑޭ، 2016 ވަނަ އަހަރުގެ ތެރޭގައި ތައްޔާރު ކުރި ދިރާސާއެކެވެ. އެ ދިރާސާ ޝާއިއު ކުރީ މެއި 13، 2016 ގަ އެވެ.

އެ ދިރާސާގައި އަންހެނުންނާއި ފިރިހެނުންނަށް އެކި ދާއިރާތަކުގައި ހުރި ތަފާތުތަކަށް ބަލާފައިވެ އެވެ. އެގޮތުން ޕްރައިވެޓް ސެކްޓާ އާއި ޕަބްލިކް ސެކްޓަރުގައި އެ ތަފާތު އޮތް މިންވަރަށް ބަލާފައިވެ އެވެ. އަދި އަންހެނުންނަށް ތައުލީމު ހާސިލް ކުރުމަށް ހުރި ފުރުސަތުތަކާއި ވަޒީފާއަށް ހުރި ފުރުސަތުތަކާއި އަންހެނުންނާއި ފިިރިހެނުންގެ މެދުގައި ހުރި އާމްދަނީގެ ފަރަގަށް ވެސް އެ ދިރާސާގައި ބަލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox