މާޒިޔާ އާއި ވެލެންސިއާ އަށް އަލިފުށިން ހޫނު މަރުހަބާ އެއް

Jan 20, 2022, 6:57 PM
މާޒިޔާ ޓީމަށް މިރޭ އަލިފުށިން ހޫނު މަރުހަބާއެއް ކިޔަނީ.

މާޒިޔާ ޓީމަށް މިރޭ އަލިފުށިން ހޫނު މަރުހަބާއެއް ކިޔަނީ.

އަންނަ އާދިއްތަ ދުވަހު ކުޅޭ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ވާދަކުރާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކްލަބް ވެލެންސިއާ އަށް ރ. އަލިފުށިން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ރާއްޖޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތުގެ ފައިނަލް ތިން ވަނަ ފަހަރަށް އަތޮޅު ތެރޭގައި ކުޅޭއިރު، މި ފަހަރު ފައިނަލް މެޗު ބާއްވަނީ އަލިފުށީ ޓާފް ދަނޑުގަ އެވެ. ސަރުކާރުން މުޅި ރާއްޖެ އަށް ފުޓްބޯޅަ ފުޅާކުރުމުގެ ސިޔާސަތުގައި ރަށްރަށުގައި އަޅާ ޓާފްދަނޑުތަކުގައި ރާއްޖޭގެ އެންމެ ބޮޑެތި މެޗުތައް ކުޅުމަކީ ގެންގުޅޭ ތަސައްވުރެކެވެ. މި މެޗަކީ އޭގެ ފެށުމެކެވެ.

އަލިފުށްޓައް މިއަދު އެންމެ ފުރަތަމަ އައީ ވެލެންސިއާ އެވެ. މިއަދު ހެނދުނު ވެލެންސިއާ ޓީމު އަލިފުށްޓައް އައިއިރު، މާޒިޔާ އަލިފުށްޓައް އައީ މިރޭ އެވެ. ދެ ވަގުތެއްގައި ޓީމު އައި ކަމުގައި ވިޔަސް އަލިފުށީ ކައުންސިލާއި ރަށުގެ ރައްޔިތުން ގުޅިގެން ވަނީ ޓީމަށް މަރުހަބާ ކިޔުމަށް ރަށުގެ ޖެޓީ ކައިރީގައި ހަރަކާތްތަކެއް ބާއްވައިފަ އެވެ.

އަލިފުށީ ޖެޓީ ކައިރީގައި ބަހައްޓާފައި ހުރި ޕްރެޒިޑެންޓްސް ކަޕްގެ ރަމްޒީ ބޮޑު ޓްރޮފީ:

ޕްރެޒިޑެންޓްސް ކަޕް ފައިނަލަށް އަލިފުށިން ވަމުން އަންނަ ތައްޔާރީތަކާ ބެހޭގޮތުން، ޕީއެސްއެމް އިން ގެނެސްދޭ "ރޯޑްޓުއަލިފުށި" ކައުންޓްޑައުން ޝޯގައި ވާހަަކަދައްކަމުން އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން ވިދާޅުވީ ރަށުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެކު ޕްރެޒިޑެންޓްސް ކަޕްގެ ތައްޔާރީތައް ވަރަށް ފުރިހަމަ އަށް ވަމުން އަންނަ ކަމަށެވެ.

މިދިޔަ މަހު 26 ވަނަ ދުވަހު އަލިފުށީ ކައުންސިލާއި ޔޫތު މިނިސްޓްރީ އަދި އެފްއޭއެމްގެ އޮފިޝަލުން ވަނީ އަލިފުށީގައި ޕްރެޒިޑެންޓްސް ކަޕް ފައިނަލް ހޯސްޓް ކުރުމުގައި ފުރިހަމަ ކުރަން ޖެހޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ. އެ ބައްދަލުވުމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އާއި އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓްގެ ޝާހު އިސްމާއިލް (ސާޔާ) އާއި އިސްމާއިލް ރިޔާޒް ބައިވެރިވެވަޑައިގެންނެވި އެވެ.

ސަރުކާރުގެ ހަރަދުގައި އަލިފުށީގައި އެޅި ޓާފް ދަނޑު ނިމުނުކަން ރަސްމީކޮށް އިއުލާނުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 16 ވަނަ ދުވަހު ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގަ އެވެ. ޔޫތު މިނިސްޓްރީ އާއި އެފްއޭއެމުން ގުޅިގެން އަންނަނީ ފައިނަލް މެޗު ކުޅުމުގެ ކުރިން އަލިފުށީ ދަނޑުގައި ކުރަން ޖެހޭ އިތުރު މަސައްކަތްތަކެއް ނިންމަމުންނެވެ. އެ ގޮތުން ރޮސްޓްރަމްގެ މަސައްކަތާއި ޗޭންޖިމް ރޫމުގެ މަސައްކަތްތައް ކުރަމުން އަންނައިރު، ސަޕޯޓަރުން ތިބޭނެ ސަރަަހައްދުގެ ކަންކަން ވެސް އަންނަނީ ހަމަޖައްސަމުންނެވެ. އަލިފުށީގައި ފައިނަލް ކުޅޭތީވެ، ކައިރި ރަށްތަކުގެ ސަޕޯޓަރުން ވެސް މެޗު ބަލަން އަންނާނެ އެވެ.

ވެލެންސިއާގެ ކުޅުންތެރިންނަށް މިއަދު އަލިފުށިން މަރުހަބާ ކިޔަނީ.-- ފޮޓޯ: އަލިފުށީ ކައުންސިލް

މާލޭން ބޭރުގައި އެންމެ ފުރަތަމަ ކުޅުނު ފައިނަލަކީ 1970 ވަނަ އަހަރުގެ މުބާރާތެވެ. އައްޑޫގައި އޮތް އެ ފައިނަލުގައި ޑީއެންސީ އާއި މާލޭ ޒަމާނީ މިއުޒިކީ ކްލަބް 1-1 އިން އެއްވަރުވެ ޖެހުނީ ދެ ޓީމަށް ޖޮއިން ޗެމްޕިއަންކަން ދޭށެވެ. އޭގެ ފަހުން ދެ ވަނަ ފަހަަރަށް 2015 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް މާލޭން ބޭރުގައި ކުޅުނެވެ. އެ ފަހަރު މުޅި މުބާރާތް ހޯސްޓްކުރީ ހދ. ކުޅުދުއްފުއްޓާއި ސ. ހިތަދޫގަ އެވެ. އެއީ ގަލޮޅު ދަނޑު ވިނަގަނޑު ހަލާކުވެެގެން މުބާރާތް މާލެއިން ބޭރަށް ބަދަލުކުރީ އެވެ. ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވީ މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަންވެގެން ވިނަގަނޑު މަތީގައި އެޅި ރަބަރުގަނޑެއްގެ ސަބަބުންނެވެ. ފައިނަލް މެޗު ކުޅުނީ ސ. ހިތަދޫ ޒޯން ސްޓޭޑިއަމްގަ އެވެ. ނިއު ރޭޑިއަންޓް 3-1 އިން ބަލިކޮށް، މުބާރާތުގެ ތަށި އުފުލާލީ މާޒިޔާ އިންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޝަރަފްވެެރިކޮށްދެއްވާ ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހު ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox