ވެލެންސިއާ ބޭނުމީ މެޗަކުން ބަލިނުވެ ޕްރެޒިޑެންޓްސް ކަޕް ފައިނަލަށް ދާން

Jan 19, 2022, 6:43 AM
މާޒިޔާ މެޗަށް ވެލެންސިއާ އިން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާ މެޗަށް ވެލެންސިއާ އިން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޕްރެޒިޑެންޓްސް ކަޕްގައި ކްލަބް ވެލެންސިއާ އިން މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ނުކުންނައިރު، އަމާޒަކަށް ވާނީ އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދިއުމުގެ ޓާގެޓް ހާސިލްކުރުން ކަމަށް ވެލެންސިއާގެ އެސިސްޓަންޓް ކޯޗު އާފިއު މުހައްމަދު ބުނެފި އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ޕޮއިންޓް ތާވަލަށް މި ވަގުތު ބަލާއިރު، އެއް ވަނައިގައި ވެލެންސިއާ އޮތީ 16 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ތިން ވަނައިގައި އޮތް މާޒިޔާ އަށް ވަނީ 15 ޕޮއިންޓް ލިބިފަ އެވެ.

ގްރީން ސްޓްރީޓްސް އާއި ވެލެންސިއާ އަށް މިއަދުގެ މެޗުތައް އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދެވޭނެ އެވެ. ގްރީން ސްޓްރީޓްސް މިއަދު ހަވީރު ކުޅޭނީ އީގަލްސްއާ އެވެ. ގްރީން މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން މާޒިޔާ ފައިނަލަށް ދާން ފުރުސަތު އޮތީ މިރޭ ވެލެންސިއާ އަތުން މޮޅުވެގެންނެވެ.

މިއަދު ހަވީރު ގްރީން ސްޓްރީޓްސް އަތުން އީގަލްސް މޮޅުވެއްޖެނަމަ ވެލެންސިއާ މިރޭގެ މެޗަށް ނުކުންނައިރު ވެސް އޮންނާނީ ފައިނަލުގެ ޖާގަ ކަށަވަރުވެފަ އެވެ. އެކަމަކު، އެ ފަދަ ހާލަތަކަށް އެއްވެސް ފޯކަސް އެއް ނުބަހައްޓައި، ވެލެންސިއާގެ ވިސްނުމަކީ މި ފަހަރުގެ މުބާރާތުގައި ބަލިނުވެ ފައިނަލުގެ ޖާގަ ހޯދާ ހަމައެކަނި ޓީމަށް ވުމެވެ.

ވެލެންސިއާގެ މެޗެއްގެ ތެރެއިން އާފިއު: މިރޭ މާޒިިޔާ އަތުން މޮޅުވާން ބޭނުންވާ ކަމަށް ވަނީ ބުނެފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

"ވެލެންސިއާ ނުކުންނާނީ އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދިއުމުގެ މަގުސަދުގައި. މިސާލަކަށް ގްރީން ސްޓްރީޓްސް މެޗުން އެ ޓީމު ބަލިވެއްޖިއްޔާ. ވެލެންސިއާ ފައިނަލަށް ދިޔައީ. އެކަމަކު އެ ހާލަތުގައި ވެސް ފައިނަލް މެޗުގެ ކުރިން މާޒިޔާ އެކީގައި ކުޅެލަން ލިބުން މިއީ ރަނގަޅު މެޗަކަށް ރަނގަޅު ތަޖުރިބާ އަކަށް ވެފައި މެޗު ފަސޭހަ ނުކޮށް ނުނަގައި މޮޅަކަށް ނުކުންނާނީ،" އާފިއު ބުންޏެވެ.

އާފިއު ބުނީ މާޒިޔާ މެޗުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން ޖެހޭ ސަބަބުތަކެއް ވެސް އެބަހުރި ކަމަށެވެ. މިއީ ފައިނަލުގެ ކުރިން ކުޅެލަން ލިބޭ ފަހު މެޗު ކަމަށްވެފައި، މާޒިޔާ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ފައިނަލުގެ ކުރިން ރަނގަޅު ނަތީޖާއެއް ނެރެވިއްޖެނަމަ އެއީ ވެލެންސިއާގެ ކޮންފިޑެންސަށް ވެސް ރަނގަޅެއް ކަމަށެވެ.

ވެލެންސިއާ ސީޒަން ފަށަން ޖެހުނީ މާޒިޔާ އަތުން ބަލިވެގެންނެވެ. ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ވެލެންސިއާ ވަނީ މާޒިޔާ އަތުން 5-0 އިން ބަލިވެފަ އެވެ. އާފިއު ބުނީ އޭރުގެ ހާލަތާ މިހާރު މެޗު ކުޅެން މި ޖެހޭ ވަގުތުގެ ތަފާތުތަކެއް އެބަހުރި ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް އޭރު ވެލެންސިއާ އޮތީ ރަނގަޅަށް ތައްޔާރުވެފައެއް ނޫން. އެކަމަކު، މާޒިޔާ އިނީ ސީޒަނަކަށް ތައްޔާރުވާން ޖެހޭ އެންމެ ރަނގަޅަކަށް ތައްޔާރުވެގެން. މިހާރު ސިޓުއޭޝަން ބަދަލުވެފައި މީނީ. އެއީ ގިނަ މެޗުތަކެއް ލިބި، ޕްރެކްޓިސް ކުރެވިފައި. މެޗާ ހަމައަށް ދާއިރު މީނީ ތައްޔާރުވާން ޖެހޭ ވަރަށް ފުރިހަމަ އަށް ތައްޔާރުވެވިފައި،" އާފިއު ބުންޏެވެ.

ވެލެންސިއާ ހަަތަރު ކުޅުންތެރިން ކައިރިން މާޒިޔާގެ ހަމްޕު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ފަހަރުގެ މެޗުގައި ވެސް އަންނާނެ ތަފާތެއް އާފިއު ވަނީ ފާހަގަކޮށްފަ އެވެ. އެއީ މާޒިޔާގައި ވެލެންސިއާ އަށް ވުރެ ގިނަ ގައުމީ ޓީމުގެ ކުޅުންތެރިން ތިބުމުން އެ ކަމުން ފެންނަ ތަފާތެވެ.

އެންމެ ފަހުން އީގަލްސްއާ 2-2 އިން ވެލެންސިއާ އެއްވަރުވި މެޗުގައި އެ ޓީމުން ކުޅުނީ އެކި ސަބަބުތަކާ ހުރެ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ނުލަ އެވެ. އެއީ ބަލިހާލަތުގެ ސަބަބުންނާއި ސަސްޕެންޝަން އަދި އަނިޔާގެ މައްސަލަތަކާ ހެދި އެވެ.

އާފިއު ބުނީ ބޭނުންކުރެވޭ ކުޅުންތެރިންނަށް ބަލާއިރު، ވެލެންސިއާގެ ހުރިހާ ކުޅުންތެރިން ވެސް ހުރީ ފިޓްކޮށް ކަމަށެވެ.

ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާއާ ދެކޮޅަށް ވެލެންސިއާ ޓީމަށް އަލީ އަޝްފާގު (ދަގަނޑޭ) ކުޅުނެވެ. އެކަމަކު، ޕްރެޒިޑެންޓްސް ކަޕްގައި ދަގަނޑޭ ވެލެންސިއާ މެޗަކުން ނުފެނެ އެވެ.

ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި ވެލެންސިއާ އެންމެ ފަހުން ކުޅުނީ 2008 ވަނަ އަހަރު އެވެ. އެ ފަހަރު ވިކްޓްރީ އަތުން 3-2 އިން ވަނީ މޮޅުވެފަ އެވެ. މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލް އޮތީ އަންނަ އާދިއްތަ ދުވަހު ރ. އަލިފުށީ ޓާފް ދަނޑުގަ އެވެ.

ވެލެންސިއާ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މިރޭ ނުވައެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox