އަޅުގަނޑުމެން ދަރަނިވެރިވުން ގުޅިފައި ވަނީ މޫސުމަށް އަންނަ ބަދަލާ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު، ސްރީލަންކާ ޔޫތު ޕާލަމެންޓް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ: އެމަނިކުފާނު ވިދާޅުވީ ދަރަނިވެރިވުން ގުޅިފައި ވަނީ މޫސުމަށް އަންނަ ބަދަލާ ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު، ސްރީލަންކާ ޔޫތު ޕާލަމެންޓް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ: އެމަނިކުފާނު ވިދާޅުވީ ދަރަނިވެރިވުން ގުޅިފައި ވަނީ މޫސުމަށް އަންނަ ބަދަލާ ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ގައުމުތައް ދަރަނިވެރިވުމާ ވެސް މިހާރު ގުޅިފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުމާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ޔޫތު ޕާލަމެންޓްގައި ތަގުރީރު ކުރައްވަމުން ނަޝީދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި ދައުލަތުގެ ދަރަނި އެތައް ގޮތަކުން ގުޅިފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުމާއެކު ދަރަންޏަކީ ވެސް ދެކުނު އޭޝިއާގެ ގައުމުތަކަށް ދިމާވެފައިވާ ސީރިއަސް މައްސަލައެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ދަރަނި، މޫސުމަށް އަންނަ ބަދަލުތަކާ އެތައް ގޮތަކުން ގުޅިފައިވާ ކަމަށް ވެސް އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑުމެން އެންމެން ބޭނުންވޭ އިންފްރާ ސްޓްރަކްޗާ. އަދި އަޅުގަނޑުމެން އެންމެން ވެސް ދަރަނިވެރިވާންޖެހޭ. އެކަމަކު މެޑަމް ސްޕީކާ، އަޅުގަނޑުމެން ލޯނު ނެގި އިރު ދުނިޔޭން ބުނަމުން ދިޔައީ މޫސުން ގޯސްވުމާ ކާބަން ބޭރުކުރުމާ ގުޅުމެއް ނެތޭ،" ނަޝީދު ވިދާޅުވި އެވެ.

Advertisement

އެމަނިކުފާނު ވިދާޅުވި ގޮތުގައި އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް، (އައިޕީސީސީ) އިން ތަކުރާރުކޮށް ބުނަމުން ދިޔައީ "މޫސުން ގޯސްވާނީ ( މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންވާން ފަށާނީ) 50 އަހަރު ފަހުން ކަމަށެވެ.

"އެކަމަކު މިދިޔަ އަހަރު އަޅުގަނޑުމެން ކޮޕް 26 އަށް ދިޔަ އިރު، އައިޕީސީސީ ރިޕޯޓް އޮތީ ވަރަށް ސާފުކޮށް. އެ ރިޕޯޓްގައި ބުނީ މޫސުން ގޯސްވުން ގުޅިފައި ވަނީ ކާބަން ބޭރުކުރުމާ އޭ،" އެމަނިކުފާނު ވިދާޅުވި އެެވެ.

މޫސުމަށް އަންނަ ބަދަލުތަކުންވާ ގެއްލުމުގެ މިސާލުތައް ނަޝީދު ދެއްކެވީ ސްރީލަންކާއިންނެވެ. ފަހަކަށް އައިސް އެގައުމުގައި ފެންބޮޑުވުން އިތުރުވެފައިވާ ކަމަށް އެގޮތުން ވިދާޅުވި އެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ލަންކާގެ ދަނޑުވެރިކަމަށް ވެސް ކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކާ ހަވާލާދީ އެމަނިކުފާނު ވިދާޅުވި އެވެ.

"ސްރީލަންކާގެ މޫސުން އެންމެ ފަހުން ގޯސްވި އިރު ސްރީލަންކާއަށް އެތައް ބިލިޔަން ޑޮލަރެއްގެ ގެއްލުން ކުރިމަތިވި. އެއީ [ތަންތަނަށް ] ލިބުނު ގެއްލުމާއި އާމްދަނީ މަދުވުމުގެ ސަބަބުން. ލޯނުތައް ނެގި އިރު އަަޅުގަނޑުމެން ނުވިސްނާ މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކަކަށް،" ނަޝީދު ވިދާޅުވި އެވެ.

އެހެން ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރައުސްމާލު ގެއްލޭކަން މިހާރު ފެންނަން އެބަ އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަ އެމަނިކުފާނު ފެއްޓެވީ ސިޔާސަތު ކަނޑައެޅުމުގައި ޒުވާނުންގެ ބައިވެރިވުން މުހިންމުވާ ގޮތުގެ މިސާލެއްގެ ގޮތުގަ އެވެ. ޒުވާނުން އެމީހުންނަށް ސިޔާސީ ބާރުވެރިކަން ލިބޭނެ ދުވަހެއް ފެންނަންދެން ހިމޭނުން ތިބެފައި އިހުގެ ގޮތް ގޮތަށް ކަންތައް ކުރުމަކީ މިހާރު ކުރެވެން އޮތް ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox