ހުލާސާކޮށް އިއްޔެ: އައިލެންޑް އޭވިއޭޝަނުން އާ ތިން ބޯޓު ގަތުން

މޯލްޑިވިއަނުން ގެނައި އޭޓީއާރް 600-72 މަރުކައިގެ ބޯޓެއް: މިއީ ތެލުގެ ހަރަދު ކުޑަ ކޮންމެ މޫސުމެއްގައި ވެސް ދުއްވޭނެ ބޯޓެއް -- ފޮޓޯ: އޭޓީއާރް

މޯލްޑިވިއަނުން ގެނައި އޭޓީއާރް 600-72 މަރުކައިގެ ބޯޓެއް: މިއީ ތެލުގެ ހަރަދު ކުޑަ ކޮންމެ މޫސުމެއްގައި ވެސް ދުއްވޭނެ ބޯޓެއް -- ފޮޓޯ: އޭޓީއާރް

ދިވެހިރާއްޖޭގެ ގައުމީ އެއާލައިން އައިލެންޑް އޭވިއޭޝަން ސާވިސާސް އަށް މުޅިން އާ ތިން ބޯޓު ގަނެފައިވާ ކަމަށް އެ ކުންފުނިން އިއުލާން ކުރީ އިއްޔެ އެވެ.

އައިލެންޑް އޭވިއޭޝަނުން ގަތީ އޭޓީއާރް މަރުކާގެ ތިން ބޯޓެވެ. އެއީ އޭޓީއާރް 600-72 ގެ ދެ ބޯޓާއި އޭޓީއާރް 600-42 ގެ އެއް ބޯޓެވެ. އެ ތިން ބޯޓާއެކު އައިލެންޑް އޭވިއޭޝަންގެ ފްލީޓު 26 ބޯޓަށް އިތުރުވާނެ އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ އެ ތިން ބޯޓު ގަތުމަކީ ކުންފުނީގެ ކުރިމަގަށް އަދި ތަރައްގީއަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

"އޭޓީއާރު އާއެކު މިވެވުނު އެއްބަސްވުމަކީ މި ކުންފުނީގެ ކުރިއެރުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް. އަޅުގަނޑު ގަބޫލުކުރަނީ އާ އިންޖީނާއެކު އޭޓީއާރުން މިއުފައްދާ ބޯޓުތަކަކީ އަޅުގަނޑުމެންގެ ފްލީޓް ބަދަލު ކުރުމަށް ވިސްނާއިރު މިވަގުތު މާކެޓުން ލިބޭނެ އެންމެ ރަނގަޅު ބޯޓު ކަމަށް," އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަނާއެކު އޮތް ގުޅުން ރަނގަޅުކޮށް އެ ކުންފުނީގެ ކުރިއެރުމުގައި ބައިވެރިވުމަކީ ލިބޭ ފަހުރެއް ކަމަށް އޭޓީއާރް ކުންފުނިން ވެސް ބުންޏެވެ.

"އޭޓީއާރުގެ ބޯޓުތަކަކީ ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް އެންމެ އެކަށޭނެ ބޯޓުތަކެއްކަން ވޭތުވެދިޔަ ސާޅީހަކަށް އަހަރުތެރޭ ސާބިތުކޮށްދީފައި. މި އެއްބަސްވުމާއެކު ދިވެހިރާއްޖޭގެ ޤައުމީ އެއާލައިންގެ ހިދުމަތް ފުޅާކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަކީ ލިބޭ ފަހުރެއް," އޭޓީއާރް ކުންފުނީގެ ސީއީއޯ ސްޓެފާނޯ ބޯޓޮލީ ވިދާޅުވި އެވެ.

މިވަގުތު އައިލެންޑް އޭވިއޭޝަނުގެ ބޯޓު ފްލީޓުގައި ހިމެނެނީ ޑޭޝް-8 މަރުކާގެ 10 ބޯޓާއި ކަނޑަށް ޖައްސާ 11 ޓްވިން އޮޓޯ އެއާކްރާފްޓާއި ދެ އެއާބަހެވެ.

އޭޓީއާރް ކުންފުންޏަކީ ފްރާންސްގެ ބޯޓު ހަދާ ކުންފުންޏަކާއި އިޓަލީގެ ބޯޓު ހަދާ ކުންފުންޏެއް އެކުވެގެން 1981 ވަނަ އަހަރު ހެދި ކުންފުންޏެވެ. އެ ކުންފުނީގެ ބޯޓު ހަދާ ފެކްޓަރީ ހުންނަނީ ފްރާންސްގެ ބްލެންޏެކްގަ އެވެ.

އޭޓީއާރް 600-42 އަދި އޭޓީއާރް 600-72

އޭޓީއާރް 600-72 މަރުކާގެ ބޯޓުތަކުގައި ޖުމްލަ 78 ގޮނޑި ބެހެއްޓޭނެ އެވެ. މި ބޯޓުގެ ހާއްސަކަމަކީ ތެޔޮ އަންދާ މިންވަރު ކުޑަވުމެވެ. އެ ބޯޓު ދަތުރު ކުރާ ކޮންމެ 100 ކިލޯމީޓަރަކަށް އަންދަނީ ގާތްގަނޑަކަށް ކޮންމެ ފަސިންޖަރަކަށް އެންމެ 2.8 ލީޓަރުގެ ތެލެވެ.

އޭޓީއާރް 600-72 އަކީ ތަފާތު ވެށިތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ ބޯޓެވެ. އެގޮތުން ފިނި އަދި ހޫނު ސަރަހައްދުތަކުގައި ވެސް މައްސަލައެއްނުޖެހި ބޯޓު ދުއްވޭނެ އެވެ. އުސް ތަންތަނުގައި ގާއިމްވެފައި ހުންނަ ރަންވޭތަކަށް ޖެއްސޭނެ އެވެ. އަދި ވަރަށް ހާއްސަ އެއް ސިފައަކީ ވަރަށް ގިނަ ބާވަތްތަކުގެ ރަންވޭތަކަށް މައްސަލައެއްނުޖެހި ތިރި ކުރުމުގެ ގާބިލްކަން ބޯޓަށް ލިބުމެވެ. އެގޮތުން ތާރު ނާޅައި އޮރް ރަންވޭތަކަށް ޖެއްސުމުގެ ގާބިލްކަމާއި ހިމަ އަދި ކުރު ރަންވޭތަކަށް ޖެއްސުމުގެ ގާބިލްކަން ވެސް ބޯޓުގައި ހުރެ އެވެ.

އޭޓީއާރް 600-42 އަކީ އޭޓީއާރް 600-72 އަށް ވުރެ ތަންކޮޅެއް ކުޑަ ބޯޓެކެވެ. މި ބޯޓުގައި ޖުމްލަ ޖެހޭނީ 50 ގޮނޑި އެވެ. މިއީ ކުދި އެއާލައިން ކުންފުނިތަކުން ގެންގުޅޭ ބާވެފައިވާ ކުދި ބޯޓުތައް ބަދަލު ކުރާއިރު ގަތުމަށް ރަނގަޅު ބޯޓެއް ކަމަށް ކުންފުނިން ބުނެ އެވެ.

އެއީ އެތެރޭގެ އުދުހުންތަކަށް ވަރަށް ހާއްސަ ބޯޓެއް ކަމަށް އޭޓީއާރް ކުންފުނިން ބުނެ އެވެ. އެތެރޭގެ އުދުހުންތަކަށް އާންމުކޮށް ބޭނުންކުރާ ބޯޓުތަކަށްވުރެ އެ ބޯޓުގެ ތެލުގެ ހަރަދު 30 ޕަސެންޓު ކުޑަވާނެ އެވެ. އަދި ބޯޓުގެ ހާއްސަ އެއް ސިފައަކީ މަދުވެގެން 1000 މީޓަރު ނުވަތަ 3280 ފޫޓު ހުރި ރަންވޭއެއްގައި ބޯޓު މައްސަލައެއް ނެތި ޖެއްސޭނެ ކަމެވެ.

މުހިންމު ބައެއް ހަބަރުތައް

  • ދައުލަތުން އުފައްދާފައިވާ ނަމަވެސް މިހާރު މަސައްކަތެއްނުކޮށް ބޭކާރު ގޮތުގައި ވުޖޫދުގައި އޮތް ނުވަ ކުންފުންޏެއް އުވާލުމުގެ މަސައްކަތް ފަށާފައިވާކަން ފައިނޭންސް މިނިސްޓްރީން ބުނީ އިއްޔެ އެވެ. އުވާލާ ކުންފުނިތަކުގެ ތެރޭގައި ކޫއްޑޫ އާއި ފެލިވަރު ހިމެނެ އެވެ.
  • ރިސޯޓުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިއްޔެ ވަނީ މައްޗަށް ޖެހިލައިފަ އެވެ. މިވަގުތިު މޮނީޓަރިންގެ ހާލަތުގައި އެކަނި ވެސް 42 ރިސޯޓެއް އެބަ އޮތް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
  • ބ. ކުޑަރިކިލީގައި ޑޮކްޓަރަކު ނެތިގެން ރަށުގެ ރައްޔިތުން މުޒާހަރާ ކުރުމުން ސަރުކާރުން އެ ރަށަށް ޑޮކްޓަރަކު ފޮނުވީ އިއްޔެ އެވެ. ރައްޔިތުން ހިތްހަމަނުޖެހުނީ މިދުވަސްވަރު ރަށުގައި ހުމާއި ރޯގާ ފެތުރޭއިރު ހެލްތު ސެންޓަރުގައި ޑޮކްޓަރަކު ނެތީމަ އެވެ.

ދުވަހުގެ ކޯޓޭޝަން

ބްރޯޑްކާސްޓު ކުރުމުގެ ފީތައް ވަރަށް ބޮޑުތަން ކުޑަ ކުރުމަށްފަހު އެ ބަދަލާ ގުޅޭ ގޮތުން "އަދަދު" އާ ވާހަކަ ދައްކަވަމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ގައިސް ވިދާޅުވީ:

"ހުރިހާ ފީތައް 50 ޕަސެންޓް ކުޑަކޮށްފި. މިހާރު ހުރި ފީތައް ބޮޑުކަމަށް ފެންނާތީ. ރަމްޒީ ގޮތުން ނަގާ ފީއެއް. އާމްދަނީއެއްގެ ގޮތުގައި ނަގާ ފީއެއް ނޫން އެއީ. އިންޑަސްޓްރީގައި އިތުރަށް މީހުން ބައިވެރިވުމަށް ފުރުސަތު ދިނުމުގެ ގޮތުން."

ދުވަހުގެ ފޮޓޯ

ޕްރެޒިޑެންޓްސް ކަޕުގައި ޓީސީ ސްޕޯޓްސް އާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލު ކުރި މެދުގެ ތެރެއިން ދެ ކުޅުންތެރިއަކު ބޯޅަ ހޯދުމަށް މަސައްކަތް ކުރަނީ:
ޕްރެޒިޑެންޓްސް ކަޕުގައި ޓީސީ ސްޕޯޓްސް އާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލު ކުރި މެދުގެ ތެރެއިން ދެ ކުޅުންތެރިއަކު ބޯޅަ ހޯދުމަށް މަސައްކަތް ކުރަނީ:

ޕްރެޒިޑެންޓްސް ކަޕުގައި ޓީސީ ސްޕޯޓްސް އާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލު ކުރި މެދުގެ ތެރެއިން ދެ ކުޅުންތެރިއަކު ބޯޅަ ހޯދުމަށް މަސައްކަތް ކުރަނީ: ޕޮއިންޓުގެ ގޮތުން އެއްވަރުވެގެން ޓޭބަލްގެ އެންމެ ކުރީގައި މި ވަގުތު އޮތީ ވެލެންސިއާ އަދި މާޒިޔާ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"ޔޫތު ވަލްނަރެބިލިޓީ އިން ދަ މޯލްޑިވްސް"

އެއީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ތައްޔާރު ކުރި ދިރާސާ އެވެ. އެ ދިރާސާ ޝާއިއުކޮށްފައި ވަނީ ފެބްރުއަރީ، 2019 ގަ އެވެ. އެ ދިރާސާކުރުމުގައި ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ އެހީ ހޯދާފައިވެ އެވެ.

އެ ދިރާސާގައި ރާއްޖޭގެ ޒުވާނުންގެ ހާލަތު ދަނެގަތުމަށް ވަރަށް ގިނަ އަދަދެއްގެ މީހުންނާ ސުވާލުކޮށްފައިވެ އެވެ. އެގޮތުން އިގްތިސާދާއި ޒުވާނުންނަށް އޮތް ފުރުސަތުގެ ކުޑަކަމާއި އެ ނޫން ވެސް މުހިންމު މައްސަލަތައް އިންޓަވިއުތަކުގައި ޒުވާނުން ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox