ރިސޯޓުތަކުން ޕޮޒިޓިވްވާ އަދަދު މައްޗަށް، މޮނިޓަރިންގައި 42 ރިސޯޓެއް

ރެސިޑެންސް މޯލްޑިވްސް، ދިގުރަށް: އިއްޔެ އެކަނި ރިސޯޓްތަކުން 84 މީހަކު ޕޮޒިޓިވްވެފައިވޭ-- ފޮޓޯ: ކެނިޒަރޯ ހޮޓެލްސް އެންޑް ރިސޯޓްސް

ރެސިޑެންސް މޯލްޑިވްސް، ދިގުރަށް: އިއްޔެ އެކަނި ރިސޯޓްތަކުން 84 މީހަކު ޕޮޒިޓިވްވެފައިވޭ-- ފޮޓޯ: ކެނިޒަރޯ ހޮޓެލްސް އެންޑް ރިސޯޓްސް

ކޮވިޑް ހާލަތު މާލޭގައި ގޯސްވެފައިވާ މި ދުވަސްވަރު ރިސޯޓުތަކުން ވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، މޮނިޓަރިންގައި 42 ރިސޯޓެއް އޮތް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން މިހާރު ވަނީ ފެށިފަ އެވެ. މި ދުވަސްވަރު ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނާތީ މިހާރު ވަނީ އާ ފިޔަވަޅުތަކެއް އަޅާ އިތުރަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އަންގައިފަ އެވެ.

އެޗްޕީއޭން އެންމެ ފަހުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށް 42 ރިސޯޓެއް ވަނީ މޮނިޓަރިންއަށް ލާފަ އެވެ. އެއީ:

މޮނިޓަރިންގައިވާ ރިސޯޓުތައް

  1. އަދާރަން ސެލެކްޓް ހުދުރަންފުށި
  2. އަދާރަން ސެލެކްޓް މީދުއްޕަރު
  3. އަޔާޑާ މޯލްޑިވްސް
  4. އަމިން ގިރި
  5. ބެގްލިއޯނީ ރިސޯޓް މޯލްޑިވްސް
  6. ކެމްޕަސް އައިލެންޑް ފަރި އިރު ހުރާ
  7. ސެންޓާރާ ރަސްފުށި
  8. ސިނަމަން ހަކުރާ ހުރާ
  9. ރަންގަލި މޯލްޑިވްސް
  10. ދިގަލި މޯލްޑިވްސް
  11. އެއްލައިދޫ މޯލްޑިވަސް ބައި ސިނަމަން
  12. ފިނޮޅު މޯލްޑިވްސް
  13. ފުރަވެރި
  14. ގަންގެހި އައިލެންށް ރިސޯޓް
  15. ގިލި ލަންކަންފުށި
  16. ޖުމެއިރާ މޯލްޑިވްސް
  17. ކަނޑިންމާ މޯލްޑިވްސް
  18. ކިހާ މޯލްޑިވްސް
  19. ކުރަމަތި ޓޫރިސްޓް ރިސޯޓް
  20. ލަކްސް ސައުތު އަރި އެޓޯލް
  21. މާފުށިވަރު މޯލްޑިސް
  22. މެދުފުށި އައިލެންށް ރިސޯޓު
  23. މިރިހި އައިލެންޑް
  24. ނިޔާމަ މޯލްޑިވްސް
  25. ޕެރެޑައިޒް މޯލްޑިވްސް
  26. ޕަޓީނާ މޯލްޑިވްސް މޯލްޑިވްސް
  27. ޕުލްމަން މޯލްޑިވްސް
  28. ރެޑިސަން ބްލޫ މޯލްޑިވްސް
  29. ރެފުލްސް މޯލްޑިވްސް
  30. ރިއު އެޓޯލް އެންޑް ރިއު ޕްލޭސް
  31. ރޮބިންސަން ކްލަބް މޯލްޑިވްސް
  32. ސޭންޑީސް ބަތަލާ
  33. ޝެރަޓަން މޯލްޑިވްސް
  34. ސިއްރުފެންފުށި
  35. ސަން އައިލެންޑް
  36. ތާޖް ކޮރަލް ރީފް
  37. ރެސިޑެންސް މޯލްޑިވްސް
  38. ދަ ރިޓްޒް ކާލްޓަން
  39. ދަ ވެސްޓިން މޯލްޑިވްސް
  40. ވެލައްސަރު
  41. ޑަބްލިޔު މޯލްޑިވްސް
  42. ވޯލްޑޮފް އެސްޓޯރިއާ

ރިސޯޓުތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރު ވެފައިވާއިރު، ރިސޯޓްތަކަށް ޗުއްޓީއަށް ދާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި ރިސޯޓްތަކަށް ޒިޔާރާތް ކުރާ ފަތުރުވެރިންގެ ރައްކަލަށް އެޗްޕީއޭގެ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް ވެސް އެ އިދާރައިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮވިޑް ބަލި ފެތުރެމުންދާތީ 13 ރަށެއް މިވަގުތު ވެސް މޮނިޓަރިންގައި އެބަ އޮތެވެ. އަދި މި މަހުގެ މިހާތަނަށް އެޗްޕީއޭއިން ވަނީ 10 ރަށެއް ބަންދުކޮށްފައިވެ އެވެ.

މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ގދ. ގައްދޫ، ރ. އުނގޫފާރު އަދި ހދ. ހަނިމާދޫ އެވެ. އޭގެ އިތުރުން، މި މަހުގެ ތެރޭގައި މޮނިޓަރިންގެ ހާލަތަށް ގެނެއި ހދ. ނެއްލައިދޫ، ލ. ފޮނަދޫ، ހދ. ނޮޅިވަރަންފަރު، ށ. ފުނަދޫ، ބ. ދަރަވަންދޫ، ދ. ބަނޑިދޫ އަދި ލ. ގަން، އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައި އަދި ވެސް އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ.

އެ 13 ރަށުގެ ތެރެއިން ތިން ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައެވެ. އެއީ ތުލުސްދޫ އާއި މާފުށި އަދި އިހަވަންދޫއެވެ. އެ ލިސްޓުގައި މޮނިޓަރިންގެ ހާލަތުގައި އެންމެ ގިނަ ދުވަސް ވެފައި ވަނީ ތުލުސްދޫ އެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މިދިޔަ ޑިސެންބަރު 20، ގަ އެވެ.

ރާއްޖޭގެ ކޮވިޑް ހާލަތަށް ބަލާއިރު ކޮންމެ ދުވަހެއްގެ އަދަދުތައް މިހާރު އުޅެނީ 1000 އިން މަތީގަ އެވެ. އެގޮތުން އިއްޔެ އެކަނި 1420 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި ރިސޯޓްތަކުން 84 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. މި މަހުގެ މިހާތަނަށް 1500 މީހަކު ވަނީ ރިސޯޓުތަކުން ޕޮޒިޓިވް ވެފަ އެވެ.

އެއާއެކު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 105,001 އަށް އަރާފަ އެވެ. އެކްޓިވް ކޭސްގެ ގޮތުގައި 6,993 މީހުން ތިބިއިރު މިހާތަނަށް 97,730 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ޕޮޒިޓިވްވާ މީހުންނާއެކު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިހާރު 32 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox